Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތ. ވޭމަންޑޫ

ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރިޔާސީ ވައުދެއް ކަމަށްވާ ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް އިއުލާން ކުރައްވައިފި

ވޭމަންޑޫގެ ބިމުގެ ދަތިކަން ހައްލުކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ފަށާފައި. ގާތްގަނޑަކަށް 113.19 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ. މި މަޝްރޫއު ނިމުމުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ސިނާއީ މަސައްކަތްތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ.

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2026 | ހުކުރު 05:11
ތ. ވޭމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ކުރިއަށް ގެންދަނީ.

ތ. ވޭމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ކުރިއަށް ގެންދަނީ. | ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ތ. ވޭމަންޑޫއަށް އިތުރު ކުރެވޭ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ވޭމަންޑޫއަށް އިތުރު ކުރެވޭ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި މަޝްރޫއު ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، ( އެމްޓީސީސީ) އިންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، 24 ސެޕްޓެންބަރު 2025 ގައި  ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ ގައި ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ބަނދަރު ތަރައްގީ ކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ހަވާލު ކޮށްފަ އެވެ.

އެދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ ކަމަށެވެ. 

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި، މިމަޝްރޫއުގެ ދަށުން 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީއާ މިމަޝްރޫއު ހަވާލުކުރީ 270 ދުވަހުން ނިންމާ ގޮަތަށް 113.19 މިލިއަން ރުފިޔާއަށެވެ.

އާބާދީގައި 1270 މީހުން ދިރިއުޅޭ ވޭމަންޑޫ އަށް ވަނީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ނަމަވެސް  ބިން ހިއްކައި ނިމުމާއެކު، މިމައްސަލައަށް ހައްލު ލިބޭނެ ކަމަށާއި، އެރަށުން ގޯތި ދޭނެ ޖާގަ ތަނަވަސްވެގެންދާނެ އެވެ. އަދި ސިނާއީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ލިބޭނެ އެވެ. 

ވޭމަންޑޫގެ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، މީގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބުގެ ކެންޕޭންގައި ވެސް މި ވާހަކަ ތަކުރާރު ކުރައްވާފައިވެ އެވެ. ނަމަވެސް ސަރުކާރަށް ދެއަހަރު ވެގެން ދިޔައިރު ވެސް މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. މިދުވަސްވަރާ ދިމާކޮށް މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކަމަށް އެރަށުގެ ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ. 

ތ. ވޭމަންޑޫއެމްޓީސީސީބިންހިއްކުންލޯކަލް ކައުންސިލް އިންތިޚާބު 2026ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

12 މާރިޗު 2026

ޤަދް ސަމިޢު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ.

12 މާރިޗު 2026
ޤަދް ސަމިޢު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ.
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ
12 މާރިޗު 2026

މިސަރުކާރުން ވަނީ ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައި، ރެފެރެންޑަމްގެ ސުވާލުން އެކަނި ވެސް އެކަން ހާމަވޭ: ނިޝާން

12 މާރިޗު 2026
މިސަރުކާރުން ވަނީ ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައި، ރެފެރެންޑަމްގެ ސުވާލުން އެކަނި ވެސް އެކަން ހާމަވޭ: ނިޝާން
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު
11 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު