Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރުއީ ދާއިރާ

ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ކުޑަ ކުރެވޭތޯ އެބަ ބަލަން: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަނަކަށް ހެދުމަށްޓަކައި ބޮޑު ރިފޯމް ޕެކޭޖެއްގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށް. އަދި މި އިސްލާހީ ބަދަލުތަކުގެ ތެރެއިން ގައުމުގެ ހަމަޖެހުމަށްޓަކައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 09:17
"ޤަޟާޢީ އަހަރު 2026" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޤަޟާޢީ އަހަރު 2026" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޝައުރީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންތަނެއް ނޫން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީން ބޭއްވި ސައިކަލު ބުރަށްފަހު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑު ރީފޯމް ޕެކޭޖެއްގެ ތެރެއިން ގައުމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ގައުމުގެ ހަމަޖެހުން ގާއިމްކޮށް، ސިޔާސީ ހަލަބޮލިކަން އެކީއެކައްޗަކަށް ނައްތާލުމަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި، ހެވާއި ލާބަ ހޯދައިދިނުމުގައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިޔުމުގައި މިއީ ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޝަރުއީ ދާއިރާއަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ޝަރުއީ ދާއިރާއަކީ މިހާރަށްވުރެ ނުފޫޒު ފޯރުވުން ކުޑަކުރެވިފައި އޮތް މިނިވަން ނިޒާމަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި މިކަން ވެސް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، ގެންނަން ބޭނުންވާ ބޮޑު ރީފޯމް ގެނެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޖުޑިޝަރީ ރިފޯމް ވެސް އެބައޮތް. ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުމަށްޓަކައި ޑިޒައިން ކުރެވިގެން ކުރިންސުރެ އޮތް ގޮތް ނިޒާމުގެ ތެރެއިން، ގާނޫނީ ނިޒާމުގެ ތެރެއިން ބަދަލު ގެނެސްފި. އެއީ ޖުޑިޝަރީއަކީ ވެސް މިހާރަށްވުރެ ނުފޫޒު ފޯރުވުން ކުޑަކުރެވިފައި އޮތް މިނިވަން ނިޒާމަށް ހެދުމަށްޓަކައި ވެސް ކުރަންހުރި ކަންކަން އޮތީ ހަމަ ކުރިއަށް ގެންދިއުމަށް އައުމުގެ ކުރިންވެސް ދެންނެވި ގޮތަށް. އެހެން ވީމާ ބޮޑު ރިފޯމް ޕެކޭޖެއްގެ ތެރެއިން، ގައުމަށް އިސްލާހު ގެނައުމަށްޓަކައި ކުރެވޭ ކަންކަމުގެ ތެރެއިން މި އޮތީ، ދެން އިންތިޚާބެއް އެއް ދުވަހެއްގެ ބޭއްވުމަށް ވެސް ރައްޔިތުންގެ ގާތުގައި އެހުމަށް ހުށަހެޅިފައި. މިއަދާ ހަމައަށް އައިސް ރިފޯމް އެތައް ކަމެއް މި އައީ ކުރަމުން. ނިޒާމުގެ ތެރެއިންވެސް. އަދި ތަރައްގީގެ ގޮތުން ކުރަންހުރި ކަންކަމުގައިވެސް، އިޖުތިމާއީ ގޮތަށް ހުރި މައްސަލަތައް ހަދަން ކަމުގައިވިޔަސް، މި ފަދަ އެތައް ކަމަކު.
ރައީސް ޑރ.މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގައުމަށް ހެޔޮ އިސްލާހީ ބަދަލުތައް ގެންނާނެ ކަމަށާއި، ރައްޔިތުންނަށް ހެވާއިލާބަ ލިބޭ ގޮތަށް ކަންކަން ބައްޓަން ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ސަރުކާރާ ގުޅުންހުރި ގިނަ މައްސަލަތަައް ތަހުގީގު ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޯޓަށް ހުށަހެޅި ނަމަވެސް ކުރިއަށް ނުގެންދެ އެވެ. 

ޕީއެންސީޖުޑިޝަރީ ރިފޯމްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުޖުޑިޝަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް

ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް

15 މާރިޗު 2026
ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

15 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

14 މާރިޗު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު