Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ.މުހައްމަދު މުއިއްޒު

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

ޝާތިރު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އެއަށް ހުރިހާ ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށް. މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުންނަކީ މިނިވަންކަމެއް ނެތް ބައެއް ކަމަށް ސިފަކުރައްވައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެފަދަ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ޝާތިރު ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 08:15
އާދިއްތަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި، އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން.

އާދިއްތަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި، އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން. | ރާއްޖެއެމްވީ

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދޫނިތަކަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި ޝާތިރު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމްއަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އެއަށް ހުރިހާ ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ދިގުދަންމާލަން ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕީއެންސީގެ ދޫނިތަކަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ 2024 ވަނަ އަހަރު ރައްޔިތުން ނުކުމެ 87 ދޫންޏަށް ވޯޓު ދިން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އެ ދޫނިތައް ތިބި ހާލަތު ރައްޔިތުންނަށް ފެނިފައިވާ ކަަމަށެވެ. އެއްވެސް ދޫންޏަކަށް ފިޔަ އުފުލާ ނުލެވޭ ކަމަށާއި، މަޖިލީހުގައި ތިބީ  ފިޔަ، ތުން އަދި ފައި ބަނދެފައި ތިބި ދޫނިތަކެއް ކަމަށެވެ. 

އެހެންކަމުން އަނެއްކާ ވެސް ކައުންސިލްތަކަށް މިފަދަ ދޫނިތަކެއް އިންތިޚާބު ކޮށްފިނަމަ ވާނެ ގޮތަކާއި މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ގިނިކާމާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަކަށް ވޯޓު ދީގެން ރާއްޖޭގެ ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ. 

އަނގައިން ބުނެވޭ ދޫންޏެއް ނޫން. އުދުހިގަނެވޭ ދޫންޏެއް ނޫން. ބޭނުން ދިމާލަކަށް އުދުއްސައިލެވޭ ދޫންޏެއް ނޫން. ހަމައެކަނި ރިޔާސީ ގަނޑުވަރު ތެރެއިން އެ ވިދާޅުވާ އެއްޗެއް ވިދާޅުވީމަ ވިދާޅުވާ ގޮތަކަށް ވިދާޅުވާން ކެރޭ ދޫނިތަކެއް މި ތިބީ. އެކަހަލަ ދޫނިތަކެއް ނޫން ރައްޔިތުން ހޮވަން ބޭނުންވަނީ. ކާން ވެސް ދެނީ، ކޮންމެވެސް މުއްދަތެއް ހަމަކޮށްފައި، ރިޔާސީ ކޮއްޓަށް ވައްދާފައި، ކާންދޭ އެއްޗެއް ކާންދީފައި، ދެން ތިބޭ ގޮތަށް ތިބެނީ. އެކަން ތިބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ފެންނާނެ މިހާރު. ކޮބައިތޯ އެ ވިދާޅުވާ ދޫނިތައް ރައްޔިތުންގެ މަޖިލީހުގެ ކިޔާ ލަވައަކީ. އުދުހިގަނޭތޯ؟ ފިޔަ ހަލުވާލާތޯ؟ ނޫން ބަލަން ތިބީ. ބަދެފައި ތިބީ. މި ހުރިހާ ދޫނިތައް ކޮންޓްރޯލް ކުރަން ހުރީ ގިނިކާމާ ދޫންޏެއް. އެގިނިކާމާދޫނީގެ އަވާގައި އަނެއްކާވެސް ބަޔަކު ޖައްސަންވެގެން ނުކުމެ މި ކިޔަނީ ދޫންޏަށް ވޯޓުދޭށޭ. ނޫން، ދޫންޏަށް ވޯޓުދީގެންނުވާނެ. ދޫނިތައް ތިބީ ގިނިކާ މާ ދޫންޏެއްގެ ދަށުވެފައި. ގިނިކާ މާދޫނީގެ ދަށުވެފައި ތިބި ދޫނިތަކަކަށް ވޯޓު ތިބީމާ ވާނެ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން 

މީގެ އިތުރުން ޝާތިރު ވިދާޅުވީ މިސަރުކާރުން އިންތިޚާބުތަކާ ގުޅިގެން ވޯޓު ގަތުމުގެ ސަގާފަތް ގެނެސްފައިވާ ކަމަށާއި، މިއީ ދައުލަތުގެ ބަޖެޓުން ވޯޓު ގަންނަން ޚަރަދުކުރަމުންދާތާ ތިން ވަނަ އަހަރު ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް އިންތިޚާބުތަކާ ދިމާކޮށް އެ ފައިސާ ބަހާބެހުން ހުއްޓުވާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުން ފައިސާގެ އަޅުންނަށް ވާން ނުޖެހޭ ކަމަށެވެ.

ޝާތިރު އަބްދުއްރަހްމާންއެމްޑީޕީޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

16 މާރިޗު 2026
ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީ ކެންޑޭޓުންގެ ޕޯސްޓަރުތައް ނަގަނީ، މިނިވަން މުއައްސަސާތައް ނިދީގައި

ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީ ކެންޑޭޓުންގެ ޕޯސްޓަރުތައް ނަގަނީ، މިނިވަން މުއައްސަސާތައް ނިދީގައި

16 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތ އަދި ފ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތ އަދި ފ އަތޮޅަށް ފުރާވަޑައިގެންފި

16 މާރިޗު 2026
ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު އަންގާރަ ދުވަހު ހުޅުވާލަނީ

ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު އަންގާރަ ދުވަހު ހުޅުވާލަނީ

15 މާރިޗު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު