Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްކިތްތައް

މި ރަމަޟާން މަހު ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްކަން ހާމަވެއްޖެ

މި ރަމަޟާން މަހު ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ އަމިއްލަ ފަރާތްތަކުގެ އެހީގައި ބިނާކޮށްފައިވާ ތަންތަން ކަމަށާއި، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހުޅުވާފައިވަނީ 5 މިސްކިތްކަން ވަނީ ހާމަވެފައި. މި ސަރުކާރުން ހުޅުވި މި 5 މިސްކިތަކީ ވެސް ކުރީ ސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ މަޝްރޫއުުތަކެއް. އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މި މަސް ނިމޭއިރު އަލަށް ހުޅުވޭ މިސްކިތްތަކުގެ އަދަދު 20 އަށް އަރާނެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 08:02
ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި، އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު.

ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި، އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު. | މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

މި ރަމަޟާން މަހަށް މިސަރުކާރުން ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ، މި ރަމަޟާން މަހު ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްތައް ކަމަށާއި، މި މިސްކިތްތައް އިމާރާތް ކުރުމުގައި ސަރުކާރުގެ ހިއްސާއެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހަރަދު ކޮށްގެން ހުޅުވާފައިވަނީ އެންމެ 5 މިސްކިތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ދައުލަތުން ހަރަދުކޮށްގެން ހުޅުވި މިސްކިތްތަކަކީ، ދިއްދޫ އިސްލާމިކް ސެންޓަރު، ކުރެންދޫ މިސްކިތް، މަނަދޫ މިސްކިތް، މަރަދޫ މިސްކިތް، އަދި ގަން މިސްކިތެވެ. އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްތަކަކީ، ފޯކައިދޫ މިސްކިތް، އޮޅުވެލިފުށި މިސްކިތް، ގަން ބަނދަރު މިސްކިތް، އިހަވަންދޫ މިސްކިތް، ހުޅުމާލެ ފޭސް-2 ގައި ހުޅުވި މިސްކިތް،  ބަރުބަރީ މިސްކިތް، އދ.އޮމަދޫ މިސްކިތް، ނ.މަނަދޫ މިސްކިތް (ބަނދަރު)، ކުޑަފަރީ މިސްކިތް، އަދި ކެނދިކުޅުދޫ މިސްކިތެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރުން ހުޅުވި ފަސް މިސްކިތަކީ ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުުރުމަށް ހުރިހާ ކަމެއް ނިންމާ ހަވާލު ކޮށްފައިވާ މަޝްރޫއު ތަކެއް ކަމަށެވެ. 

މި މަޝްރޫއުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް 15 މިސްކިތް ރޯދައަށް ހުޅުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަޝްރޫއުތަކާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ގެންދިޔަ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. އަދި ރޯދަ މަސް ނިމޭއިރު، ހުޅުވޭ އަދަދު 20 ށް އަރާނެ ކަމަށް ބެލެވޭ ކަމަށާއި، ރޯދަ މަސް ތެރޭގައި ވެސް ބައެއް މިސްކިތްތައް ހުޅުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް މުއިއްޒު ވަނީ ކުރީ ސަރުކާރުގައި ކުރިއަށް ގެންދިޔަ މިސްކިތްތައް އިމާރާތް ކުރުމުގެ މަޝްރޫއުތައް މިސަރުކާރުގެ މަޝްރޫއުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިސްކިތްތަކަކީ އިސްލާމީ އަޤީދާގެ އެންމެ މުހިންމު ބިނާތައް ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން މިސްކިތްތައް މަރާމާތު ކުރުމާއި، އައު އިމާރާތްތައް ބިނާ ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވާ ކަމަށް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

އެއާ އެކު ރައީސް މުއިއްޒު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި 74 މިސްކިތާއި، ހަތް އިިސްލާމީ މަރުކަޒާއި، ތިން ގުރުއާން މަރުކަޒު އަދި ހަ ވަގުފު ބިނާ އާއެކު، ޖުމުލަ 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހއ.ދިއްދޫގެ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އިބްރާހީމް މުޙައްމަދު ސޯލިޙުހއ.ދިއްދޫ އިސްލާމިކް ސެންޓަރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމިސްކިތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އެހެން މޫނެއް ދެއްކުމަށްފަހު، އަޑިން ކުޅެނީ ނުބައި ކާޑެއް: ނިޝާން

މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އެހެން މޫނެއް ދެއްކުމަށްފަހު، އަޑިން ކުޅެނީ ނުބައި ކާޑެއް: ނިޝާން

11 މާރިޗު 2026
ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

10 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

07 މާރިޗު 2026
ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

07 މާރިޗު 2026

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު