Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާލު ހޯދުމުގެ ވޯޓު

މިސަރުކާރުން ވަނީ ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައި، ރެފެރެންޑަމްގެ ސުވާލުން އެކަނި ވެސް އެކަން ހާމަވޭ: ނިޝާން

12 މާރިޗު 2026 | ބުރާސްފަތި 08:28

ނިޝާން ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރާ ސުވާލު ބައްޓަންކޮށްފައި ވަނީ ރައްޔިތުންނަށް އޮޅޭގޮތަށް. އޭނާ ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރަން ފެނޭތޯ އެހުމުގެ ބަދަލުގައި، ރެފެރެންޑަމްގައި އަހަން ޖެހޭނީ ގާނޫނުއަސާސީގެ އަސާސީ އުސޫލުތަކަށް ގެންނަ ބަދަލުތަކަށް ރައްޔިތުން ތާއީދުކުރޭތޯ. އެހެންކަމުން، ސަރުކާރުން ކަންކަން އޮޅުވާލަމުންދާ ކަމަށް ތުހުމަތުކޮށް، މި ރެފެރެންޑަމްގައި "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 މާރިޗު 2026 | ބުރާސްފަތި 08:28
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މިސަރުކާރުން ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައިވާ ކަމަށާއި، ރެފެރެންޑަމް ވޯޓުގައި ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތަށް އަމާޒު ކުރުވާ ސުވާލުން އެކަނި ވެސް އެކަން ހާމަވާ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއަކީ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން އެ ގާނޫނަކީ ރައީސް އަށް ކަމުދާ ގާނޫނަކަށް ވެއްޖެނަމަ ތަސްތީގު ކުރެއްވުން ކަމަށާއި، ކަމުނުދާނަމަ އެ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ބަންޑާރަ ނައިބުގެ ލަފައާއެކު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުން ކަމަށެވެ. އަދި ފޮނުވާލުމަށްފަހު ވެސް ރައްޔިތުން މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތުން ފާސްކޮށް ގެނައުމުން ވަކި މުއްދަތެއްގެ ތެރޭގައި ރައީސް ވަކި ގޮތަކަށް ނުނިންމެވި ނަމަވެސް އޮޓޮމެޓިކުން އެ ބަދަލު އަންނާނެ ކަމަށެވެ. 

Advertisement - newsAdvertisement

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭތޯ މިސުވާލަށް އިޝާރާތް ކުރައްވައި ނިޝާން ވިދާޅުވީ، މިގޮތަށް މިސުވާލު ކުރަން ނުޖެހޭ ކަމަށާއި، މިއީ ސުވާލު އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ. 

ނިޝާން ވިދާޅުވީ، ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތަށް ސުވާލު ކުރަމުންދަނީ އަނދިރި ދައުލަތެއް މި ރާއްޖޭއަށް ގެނައުމަށް ކަމަށެވެ. މި ސުވާލު އެކަނި ވެސް މިރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި ވަޔާއިއޮޔާ ދާން ދޫކޮށްލާފައިވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވީމަ މިހިސާބަށް ގޮސްފިއްޔާ ނޫނިއްޔާ ގާނޫނެއް އެއޮންނަ ހަރިއްމާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކުރަން ޖެހޭ ކަން ނިންމުމަށްފަހު ގާނޫނު އަސާސީގައި ބަޔާން ކުރަން ޖެހެނީ ބަޔާން ކޮށްފައި އޮތީ ރައްޔިތުން ގާތުގައި އަހަން އެ ބަދަލު ގެންނަން ފެނޭތޯ ނޫންތޯ. ރައީސުލްޖުމްހޫރިއްޔާ އެ ފާސް ކުރަން ފެނޭތޯ ނޫންތޯ އަހަން ނޫން މިޖެހެނީ. އެ ބަދަލު. ގާނޫނު އަސާސީއަށް ގެންނަ އަސާސީ އުސޫލުތަކާ ގުޅޭ ބަދަލު އަޅުގަނޑު މިދެންނެވިހެން ގާނޫނު އަސާސީގެ 16 އިން 69 އަކަށް އަސާސެއް ގައިދު ކުރުން. އަސާސީ ހައްގެއް ނައްތާލުން. ރައްޔިތުން މަޖިލީހުގެ ދައުރު ހަނިކުރުން. ރައީސުލްޖުމްހޫރިއްޔާގެ ދައުރު ކުޑަ ކުރުން. ރައީސުލްޖުމްހޫރިއްޔާ ހޮވާ ގޮތް ކުޑަ ކުރުން. މިއީ ރައްޔިތުން ގާތު އަހަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ހުރި ކަންކަން. އެހެންވީމަ މިއިން ކަމެއް ރައްޔިތުންނަށް ކުރަން ފެނޭތޯ ނޫންތޯ ރައްޔިތުން އެކަމަށް އޯކޭތޯ ނުވަތަ ނޫންތޯ އެހެން މިއޮންނަނީ. ރައީސުލްޖުމްހޫރިއްޔާ އެބިލު ތަސްތީގު ކުރަން ފެނޭތޯ ރައީސުލްޖުމްހޫރިއްޔާ ވަކި ތާކަށް ދާން ފެނޭތޯ ރައީސުލްޖުމްހޫރިއްޔާ ޕީއެންސީ ކެންޕޭނަށް ނުކުންނަން ފެނޭތޯ ނޫންތޯ ރައްޔިތުންގެ ކައިރީގައި. މިއެއް ނޫން
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ރައީސް މުއިއްޒު ބޭނުންފުޅުވާ ކަމެއް ކުރަން ގައުމަށް ކޮންމެ ގޮތެއްވެސް ހަދާފާނެކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ މިސަރުކާރު ފެށުނީއްސުރެ އޮތީ ރައްޔިތުންނަށް އޮޅުވާލުމުގެ ސަގާފަތެއް ކަމަށެވެ. އަދި މިކަންކަން ބަދަލު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، ރެފެރެންޑަމް އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުހައްމަދު ނިޝާން އިބްރާހިމްޚިޔާލު ހޯދުމުގެ ވޯޓުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް
11 މާރިޗު 2026

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026
މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ
11 މާރިޗު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ
11 މާރިޗު 2026

މި ރަމަޟާން މަހު ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްކަން ހާމަވެއްޖެ

11 މާރިޗު 2026
މި ރަމަޟާން މަހު ހުޅުވި 15 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި އިމާރާތްކޮށް ހުޅުވި މިސްކިތްކަން ހާމަވެއްޖެ
11 މާރިޗު 2026

މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އެހެން މޫނެއް ދެއްކުމަށްފަހު، އަޑިން ކުޅެނީ ނުބައި ކާޑެއް: ނިޝާން

11 މާރިޗު 2026
މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އެހެން މޫނެއް ދެއްކުމަށްފަހު، އަޑިން ކުޅެނީ ނުބައި ކާޑެއް: ނިޝާން
10 މާރިޗު 2026

ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

10 މާރިޗު 2026
ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!
09 މާރިޗު 2026

އިންތިޚާބު އެއްކުރަނީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތިކުރަން، މި ބާރު ދޫކޮށްލައިފިނަމަ އަލުން އަނބުރާ ހޯދަން ބޮޑު އަގެއް ދައްކަން ޖެހޭނެ: އައްބާސް

09 މާރިޗު 2026
އިންތިޚާބު އެއްކުރަނީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތިކުރަން، މި ބާރު ދޫކޮށްލައިފިނަމަ އަލުން އަނބުރާ ހޯދަން ބޮޑު އަގެއް ދައްކަން ޖެހޭނެ: އައްބާސް
09 މާރިޗު 2026

ސަރުކާރުގެ 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުންގެ މަގާމު އުނި ކުރިޔަސް 5 އަހަރު 60 މިލިއަން ސަލާމަތް ކުރެވޭނެ: ހަސަން ލަތީފް

09 މާރިޗު 2026
ސަރުކާރުގެ 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުންގެ މަގާމު އުނި ކުރިޔަސް 5 އަހަރު 60 މިލިއަން ސަލާމަތް ކުރެވޭނެ: ހަސަން ލަތީފް
08 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

08 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން
08 މާރިޗު 2026

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް