Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އެހެން މޫނެއް ދެއްކުމަށްފަހު، އަޑިން ކުޅެނީ ނުބައި ކާޑެއް: ނިޝާން

އިލެކްޓްރޯނިކް ވޯޓިން ނިޒާމު ތައާރަފުކުރަން އުޅެނީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި، ބޭނުންވާ ނަތީޖާއެއް ނެރުމަށް ކަމަށް ގާނޫނީ ވަކީލު ނިޝާން ވަނީ ތުހުމަތު ކުރައްވާފައި. ސަރުކާރުގެ މަސައްކަތްތައް ފިނިހަކަ ދުވެލީގައި ހުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އޮތްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ސަރުކާރުގެ ޕާފޯމަންސް އަށް ރައްޔިތުން ދޭނީ "ޑީ" ގްރޭޑެއް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 05:50
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އެހެން މޫނެއް ދެއްކުމަށްފަހު، އަޑިން ކުޅެނީ ނުބައި ކާޑެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ މިސަރުކާރަށް ދެ އަހަރާއި ބައި ވަމުންދާއިރު، މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ދައްކާފައިވާ ވާހަކަތަކުން ނަތީޖާ ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި މިސަރުކާރުން މިހާތަނަށް ކުރި ކޮންމެ ކަމެއްގައި ރައްޔިތުންނަށް މުޅިން ވެސް ތަފާތު މޫނެއް ދެއްކުމަށްފަހު އަޑިން ކުޅިފައި އޮތީ ނުބައި ކާޑެއް ކަަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އީފާސް ބޭނުން ކުރުމާއި، އިލެކްޓްރޯނިކް ވޯޓިން ނިޒާމަށް އިޝާރާތް ކުރައްވައި ނިޝާން ވިދާޅުވީ، ޚިދުމަތަށް އެދުމާއި، ޚިދުމަތް ދިނުން އީފާހަށް ބަދަލު ކުރަމުންދަނީ އެކަމުގެ ފަހަތުގައި ނުދައްކާ އެތައް އަނދިރި ވާހަކަތަކެއް ހުރުމުން ކަމަށެވެ. އަދި އިލެކްޓޯރިކް ވޯޓިން ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމެއް ނޫން ކަމަށާއި، ހުރިހާ ކަމެއްގައި އިލެކްޓޯރިކް ކުރުމުން ސަރުކާރުން ބޭނުންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މިކަންކަން ހިސާބު ޖަހާ ރީތިކޮށް ބަލައި ގާނޫނީ އިލްމީ ސިޔާސީ ނަޒަރިއްޔާތާއި، ހުރިހާ ކަމެއް އެއްކޮށްލީމަ ބެލީމަ މިފެންނަނީ އަޑި ނޭނގޭ ކަންތައްތަކެއް މިކަހަލަ ކޮންމެ ކަމެއްގައި ވެސް މިސަރުކާރުން ކުރަން ދިމާކޮށްފައި އޮތްކަން އެނގޭތޯ. އެކަން މި އެނގެނީ އެއްކަލަ އަޅުގަނޑުމެން ބުނާހެން އޮންނާނެ ޅެން ވެރިޔާގެ ބަނޑުގައޭ އޮންނަނީ މާނަ. ދިވެހި ބަހުގައި އޮންނަ ހަރު ބަހެއް. ޅެމެއްގެ އަސްލު މާނަ އޮންނާނީ ޅެން ވެރިޔާގެ ބަނޑުގައޭ. ބޭރަށް ދައްކަނީ އެހެން އެއްޗެކޭ. ހަމަ އެކަހަލަ ގޮތަކަށް މިސަރުކާރުގެ ކަންތައްތައް މިހުރީ އެނގޭތޯ. 
މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

މީގެ އިތުރުން ނިޝާން ވިދާޅުވީ، މިސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ނަތީޖާއާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށާއި، މުޅި ރާއްޖޭގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އެބައޮތް ކަމަށެވެ. 

ނިޝާން ވިދާޅުވީ ސަރުކާރު ދުވަނީ  ފިނިހަކަ ދުވެލީގައި ކަމަށާއި، ދާން ޖެހޭ ސްޕީޑްގައި ކުރިއަށް ނުދާ ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެއިލްވެފައިވާ ކަމަށާއި، މިހާރު ވެސް ގިނަ ކަންކަމުގައި ސުވާލު އުފައްމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކާއެކު، ސަރުކާރު ކޮށިއަރާ ކަމަށާއި، ޕަރފޯމަންސްއަށް ރައްޔިތުން ދޭނީ ޑީ ގްރޭޑް ކަން ޔަގީންވާ ކަމަށެވެ. އެ ނަތީޖާ މުޅި ދުނިޔެއަށް ފެނިގެން ދާނީ އިންތިޚާބުތަކާ ގުޅިގެން ނަގާ ވޯޓުން ކަަމަށާއި، އިލެކްޓްރޯނިކް ކުރުމުން ނަތީޖާ ބޭނުން ގޮތަކަށް އަނބުރާލުމުގެ ބާރު ސަރުކާރަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ވެސް ގެއްލުވާލީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް ނިޝާން ވިދާޅުވި އެވެ. 

މުހައްމަދު ނިޝާން އިބްރާހިމްއިލެކްޓްރޯނިކް ވޯޓިންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

10 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

07 މާރިޗު 2026
ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

07 މާރިޗު 2026
މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ  ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

05 މާރިޗު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު