Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

ހުކުރު ދުވަހު އާންމު ކުރި މެސެޖުގައި މުޖުތަބާ ޚާމަނާއީ ވިދާޅުވީ، ދީނީ، ފިކުރީ، ސަގާފީ އަދި ސިޔާސީ ގޮތުން ތަފާތު ތަކެއް ހުރި ނަމަވެސް، އީރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ވަރުގަދަ އެއްބައިވަންތަ ކަމުގެ ސަބަބުން ދުޝްމަނުން މިހާރު ބަލިވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2026 | ހޮނިހިރު 04:53
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، ދުޝްމަނުން ދަނީ ބަލިވަމުން ކަމަށް ވިދާޅުވެ އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަރުގަދަ ބަޔާނެއް ދެއްވައިފި އެވެ. 

ނައުރާޒާ ދުވަހާ ގުޅިގެން މުޖުތަބާ ޚާމަނާއީ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިސްލާމީ ޖުމްހޫރިއްޔާގެ ދުޝްމަނުން ދަނީ ބަލިވަމުން ކަމަށެވެ. މިއީ އެމެރިކާ އިން ދިން ހަމަލާ ތަކެއްގައި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު އަދި އެ ޤައުމުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ ފަހުން، މުޖުތަބާ ޚާމަނާއީ ދެއްވި ދެ ވަނަ މެސެޖެވެ. ނަމަވެސް، ކުރިން ފަހަރެކޭ އެއްގޮތަށް މިފަހަރު ވެސް އާންމުންނަށް މުޖުތަބާ ޚާމަނާއީ ފެނިފައި ނުވެ އެވެ. 

ހުކުރު ދުވަހު އާންމު ކުރި މެސެޖުގައި މުޖުތަބާ ޚާމަނާއީ ވިދާޅުވީ، ދީނީ، ފިކުރީ، ސަގާފީ އަދި ސިޔާސީ ގޮތުން ތަފާތު ތަކެއް ހުރި ނަމަވެސް، އީރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ވަރުގަދަ އެއްބައިވަންތަކަމުގެ ސަބަބުން ދުޝްމަނުން މިހާރު ބަލިވެފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރޭގައި އީރާނުގެ ރައްޔިތުން ދުޝްމަނުންނަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

އީރާންގެ ރައްޔިތުން ދައްކުވައިދިން ސާބިތުކަމާއި، އެއްބައިވަންތަ ކަމުގެ ސަބަބުން ދުޝްމަނުންނަށް "ބޯ އަނބުރާލާ ފަދަ" ބޮޑު ހައިރާން ކަމެއް ލިބިފައިވާ ކަމަށް ވެސް ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ދުޝްމަނުން މިހާރު ދައްކަމުން ދަނީ އެއް ގަލަކަށް ނާރައި، އެއްވެސް މާނައެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. 

މީގެ އިތުރުން ހަނގުރާމައިގެ ތެރޭގައި އޮމާން އާއި ތުރުކީ އަށް ދެވުނު ހަމަލާ ތަކުގެ ފަހަތުގައި އީރާން އާއި އެ ޤައުމަށް ތާއީދު ކުރާ ސަރަހައްދީ ބާރު ތަކުގެ އެއްވެސް އަތެއް ނުވާނެ ކަމަށް ވެސް މުޖުތަބާ ޚާމަނާއީ ވިދާޅުވި އެވެ. މުޖުތަބާ ޚާމަނާއީ ތުހުމަތު ކުރެއްވި ގޮތުގައި އެ ހަމަލާ ތަކަކީ އިޒްރޭލް އިން އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ އަމަލު ތަކެކެވެ. 

މިއީ ރޫހީ ލީޑަރުގެ މަޤާމާ ހަވާލުވެ ވަޑައިގަތް ފަހުން މުޖުތަބާ ޚާމަނާއީ ދެއްވި ދެ ވަނަ ބަޔާނެވެ. ފުރަތަަމަ ބަޔާން ދެއްވާފައި ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

21 މާރިޗު 2026

ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

21 މާރިޗު 2026
ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް
21 މާރިޗު 2026

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ
20 މާރިޗު 2026

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި
19 މާރިޗު 2026

ހަކަތައިގެ ތަންތަނަށް ހަމަލާ ދިނުމަކީ ހެދި ބޮޑު ގޯހެއް، ރައްދުގައި ދޭ ހަމަލާތައް އަދި ނުނިމޭ: އީރާން

19 މާރިޗު 2026
ހަކަތައިގެ ތަންތަނަށް ހަމަލާ ދިނުމަކީ ހެދި ބޮޑު ގޯހެއް، ރައްދުގައި ދޭ ހަމަލާތައް އަދި ނުނިމޭ: އީރާން
19 މާރިޗު 2026

އީރާން އިން އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް 2004 ވަނަ އަހަރު ފަޠުވާއެއް ނެރަފައި، އެއާ ޚިލާފުވި ކަމުގެ އެއްވެސް ހެއްކެއް ނެތް: ޖޯ ކެންޓް

19 މާރިޗު 2026
އީރާން އިން އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް 2004 ވަނަ އަހަރު ފަޠުވާއެއް ނެރަފައި، އެއާ ޚިލާފުވި ކަމުގެ އެއްވެސް ހެއްކެއް ނެތް: ޖޯ ކެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު