Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް 2004 ވަނަ އަހަރު ފަޠުވާއެއް ނެރަފައި، އެއާ ޚިލާފުވި ކަމުގެ އެއްވެސް ހެއްކެއް ނެތް: ޖޯ ކެންޓް

އެ ފަތުވާ އަކީ އީރާންފެ ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި. އެއާ އެކު އޭނާ ވިދާޅުވެފައި ވަނީ، އީރާން އިން އެ ފަޠުވާއާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި އިންޓެލިޖެންސްއެއް ވެސް ފެންނަން ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 10:59
އެމެރިކާގެ ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ކުރީގެ އިސްވެރިޔާ ޖޯ ކެންޓް

އެމެރިކާގެ ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ކުރީގެ އިސްވެރިޔާ ޖޯ ކެންޓް | ގެޓީ އިމޭޖަސް

ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް، 2004 ވަނަ އަހަރު އީރާން އިން އޮތީ ފަޠުވާއެއް ނެރެފައި ކަމަށާއި، އެ ޤައުމުން އެއާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް، އެމެރިކާގެ ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ކުރީގެ އިސްވެރިޔާ ޖޯ ކެންޓް ވިދާޅުވެއްޖެ އެވެ.

އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހު ކެންޓް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން މަޝްހޫރު ނޫސްވެރިޔާ ޓަކާ ކާލްސަން އާއެކު ކެންޓް ވަނީ ޕޮޑްކާސްޓެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ޕޮޑްކާސްޓުގައި ކެންޓް ވިދާޅުވީ އީރާންގެ ދީނީ އަދި ސިޔާސީ ނިޒާމުގެ ތެރެއިން، ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑަ އަޅައިފަ އެވެ. 

މީގެ އިތުރުން ކެންޓް ވިދާޅުވީ، 2004 ވަނަ އަހަރު އީރާންގެ ދީނީ އިލްމުވެރިން ނެރުއްވާފައިވާ ފަތުވާއެއްގެ ދަށުން ނިއުކްލިއާ ހަތިޔާރު ތަރައްޤީ ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި އޮތީ ބަލަން ފަށައިފަ އެވެ. އަދި އެ ފަތުވާ އަކީ އީރާންފެ ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެއާ އެކު އޭނާ ވިދާޅުވެފައި ވަނީ، އީރާން އިން އެ ފަޠުވާއާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި އިންޓެލިޖެންސްއެއް ވެސް ފެންނަން ނެތް ކަމަށެވެ. 

Your browser does not support the video tag.
މަޝްހޫރު ނޫސްވެރިޔާ ޓަކާ ކާލްސަންގެ ޕޮޑްކާސްޓުގައި ކެންޓް ދެއްކެވި ވާހަކަ

އެމެރިކާގެ ކައުންޓަ ޓެރަރިޒަމްގެ ކުރީގެ އިސްވެރިޔާ އަދި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަފާތެރި ސަޕޯޓަރެއްގެ ގޮތުގައި ހުންނެވި ކެންޓް މިހެން ވިދާޅުވެފައި ވަނީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހޯދަމުން އަންނަ ކަމަށް ބުނެ ހުޅަނގުގެ ޤައުމު ތަކުން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށެވެ. ނަމަވެސް ކެންޓް ވިދާޅުވެފައި ވަނީ، މިހާތަނަށް އީރާން އިން އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު، އެ ޤައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް މަސައްކަތެއް ކުރަމުންދާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ. 

ކެންޓް އަކީ އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އަދި އޭނާ އަކީ ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ތަޖުރިބާކާރު ބޭފުޅެކެވެ. 

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްޖޯ ކެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އަށް ދޭ ހަމަލާތައް މެކްރޮން ކުށްވެރި ނުކުރާތީ، އަރާގްޗީ ފާޑު ވިދާޅުވެއްޖެ

އީރާން އަށް ދޭ ހަމަލާތައް މެކްރޮން ކުށްވެރި ނުކުރާތީ، އަރާގްޗީ ފާޑު ވިދާޅުވެއްޖެ

19 މާރިޗު 2026
އީރާންގެ އިސްވެރިން އަވަހާރަ ކޮށްލިއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލް ހަނު އޮންނާތީ ފާޑު ކިޔައިފި

އީރާންގެ އިސްވެރިން އަވަހާރަ ކޮށްލިއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލް ހަނު އޮންނާތީ ފާޑު ކިޔައިފި

19 މާރިޗު 2026
އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި އިން ތަހުގީގު ކުރަނީ

އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި އިން ތަހުގީގު ކުރަނީ

19 މާރިޗު 2026
ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

19 މާރިޗު 2026
ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

19 މާރިޗު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު