Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

މެކްރޮން ވިދާޅުވީ އީރާންގެ ސިޔާސީ ނިޒާމަށް ނުވަތަ، އެ ޤައުމުގެ ވެރި ކަމަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަކީ ހަމައެކަނި ބޮން އަޅައިގެން ޙާސިލު ވާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 07:05
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނައިރު، ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު މެކްރޮން މިހެން ވިދާޅުވެފައި ވަނީ މެޑިޓެރޭނިއަން ކަނޑުގައި އޮތް ފްރާންސްގެ ޗާލްސް ޑި ގޯލް، މަތިންދާބޯޓު އުފުލާ މަނަވަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެގޮތުން މެކްރޮން ވިދާޅުވީ، މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމަ އަދި ވެސް އެތައް ހަފުތާ އަކަށް ދެމިގެން ހިނގައި ދާނެ ކަމަށެވެ. 

މީގެ އިތުރުން މެކްރޮން ވިދާޅުވީ އީރާންގެ ސިޔާސީ ނިޒާމަށް ނުވަތަ، އެ ޤައުމުގެ ވެރި ކަމަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަކީ ހަމައެކަނި ބޮން އަޅައިގެން ޙާސިލު ވާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމުގެ ސަބަބުން ފެށުނު މި ހަނގުރާމައިގެ އެންމެ ވަރުގަދަ މަރުހަލާ އަދި ވެސް ދުވަސް ތަކަކަށް، ނުވަތަ ހަފުތާ ތަކަކަށް ދެމިގެން ދާނެ ކަމަށް މެކްރޮން ވަނީ ލަފާ ކުރައްވައިފަ އެވެ.

އެމެރިކާ އާއި އިޒްރޭލްގެ ސަބަބުން ފެށުނު މި ހަނގުރާމައާ ގުޅިގެން، މެދު އިރުމަތީގައި ހާސްކަމާއި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، މިއީ އެހެން ސަރަހައްދު ތަކަށް ފެތުރިގެން ގޮސްދާނެ ބިރުވެރި ކަމެއް ކަމަށް ވެސް މެކްރޮން ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން މެކްރޮން ވިދާޅުވީ، މި ހަނގުރާމަ ދެ ވަނަ ހަފުތާ އަށް ގޮސްފައިވާއިރު، ބައިނަލްއަޤުވާމީ ވިޔަފާރީގެ މުހިންމު ތަނެއް ކަމަށްވާ ހޮރުމޯޒް ކަނޑު އޮޅި އަލުން ހުޅުވުމަށް ފްރާންސް އާއި، ބައިވެރިން ގުޅިގެން ދިފާއީ މިޝަނެއް ތައްޔާރު ކުރަމުންދާ ކަމަށެވެ. މެކްރޮން ވިދާޅުވީ، އެ މިޝަންގެ ބޭނުމަކީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި މަރުހަލާ ނިމުމުން، މުދާ އުފުލާ ބޯޓު ފަހަރާއި، ތެޔޮ ޓޭންކަރު ތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދީ އަދި ކަނޑު އޮޅި އަލުން ހުޅުުވުން ކަމަށެވެ. 

އެ މިޝަންއާ ގުޅޭ ގޮތުން މެކްރޮން ވިދާޅުވީ އެއީ ޔޫރަޕުގެ ޤައުމުތަކާއި، ޔޫރަޕުން ބޭރުގެ ޤައުމުތައް ގުޅިގެން ހިންގާ ހަމައެކަނި ދިފާއީ، އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން، މެދު އިރުމަތީގެ ކަނޑުގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް ތައްޔާރަށް އޮތް ކަމަށް، އދ. އިން ވެސް ވަނީ ހޯމަ ދުވަހު ހާާމަ ކޮށްފަ އެވެ. 

މެދު އިރުމަތީގެ ހަމަލާތަކާ ގުޅިގެން ފްރާންސް އިން ވަނީ ޗާލްސް ޑި ގޯލް މަނަވަަރުގެ އިތުރުން، ފްރިގޭޓް މަނަވަރަކާއި، އަދި ވައިގެ ދިފާއީ ނިޒާމުތައް ސައިޕްރަސް އަށް ފޮނުވައިފަ އެވެ. ފްރާންސް އިން ބުނާ ގޮތުގައި އެ ޤައުމުގެ މި ޙަރަކާތަކީ ހަަަމައެކަނި ދިފާއީ މަޤުސަދުގައި ކުރާ ކން ކަމެވެ. މި އޮޕަރޭޝަންގައި އަށް ފްރިގޭޓް މަނަވަރުގެ އިތުރުން، ހެލިކޮޕްޓަރު އުފުލާ ދެ މަނަވަރު ބޭނުން ކުރާނެ އެވެ. 

ހޯމަ ދުވަހު މެކްރޮން ވަނީ، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި، މެދު އިރުމަތީގެ މަސްރަހު އަދި ލުބުނާންގެ މަސްރަހާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމަނުއަލް މެކްރޯން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

10 މާރިޗު 2026
އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ

އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ

09 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން

އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން

09 މާރިޗު 2026
ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

09 މާރިޗު 2026
އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

09 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު