Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ

ފޯނު ކޯލުގައި، އިޤްތިޞާދީ ގޮތުން މަޖުބޫރު ކުރުވުމަށް އެމެރިކަ އިން ދެމުންދާ އިންޒާރުތަކާ ދެކޮޅަށް، ޔޫރަޕުގެ ޤައުމެއްގެ ހައިސިއްޔަތުން ފްރާންސް އޮތީ ސްޕެއިން އާއެކު ކަމަށް މެކްރޮން ވިދާޅުވި. އަދި އެކަމުގެ ޔަގީންކަން ވެސް މެކްރޮން ވަނީ ސްޕެއިން އަށް ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 11:05
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ގެޓީ އިމޭޖަސް

އީރާން އަށް ހަމަލާ ދިނުމަށް ސްޕެއިންގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުން ނުދިނުމުން، ސްޕެއިންއާ ދެކޮޅަށް ވިޔަފާރީގެ ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ތެދުވެ ވަޑައިގެންފި އެވެ. 

ފްރާންސްގެ ރައީސްގެ އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޤައުމުގެ ރައީސް މެކްރޮން، ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އެ ފޯނު ކޯލުގައި، އިޤްތިޞާދީ ގޮތުން މަޖުބޫރު ކުރުވުމަށް އެމެރިކަ އިން ދެމުންދާ އިންޒާރުތަކާ ދެކޮޅަށް، ޔޫރަޕުގެ ޤައުމެއްގެ ހައިސިއްޔަތުން ފްރާންސް އޮތީ ސްޕެއިން އާއެކު ކަމަށް މެކްރޮން ވިދާޅުވި އެވެ. އަދި އެކަމުގެ ޔަގީންކަން ވެސް މެކްރޮން ވަނީ ސްޕެއިން އަށް ދެއްވައިފަ އެވެ. 

މިއީ އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމަށް، ސްޕެއިންގައި ހުރި އެމެރިކާގެ ބޭސް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުން ނުދިނުމުން އުފެދުނު މައްސަލަ އެކެވެ. ސްޕެއިންގެ އެ ނިންމުމާ އެކު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ ޤައުމާ އެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. 

ފްރާންސްގެ ރައީސް މެކްރޮންގެ އޮފީހުން އިތުރަށް ބުނި ގޮތުގައި، މިއީ ޔޫރަޕުގެ އިއްތިހާދުގެ ޤައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ އެއްބައިވަންތަކަން ދެއްކުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ބޭރުގެ ޤައުމު ތަކުން ޔޫރަޕުގެ ޤައުމު ތަކަށް ކުރިމަތި ކުރާ ބިރު ދެއްކުންތަކާ ދެކޮޅަށް ފްރާންސް އަބަދު ވެސް ވަކާލާތު ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ބައިނަލްއަޤުވާމީ މަސްރަހުގައި އެމެރިކާ އާއި ޔޫރަޕުގެ ޤައުމުތަކާ ދެމެދު އޮތް ގުޅުމަށް އިތުރު ނުތަނަވަސްކަމެއް ވަނީ ވެރިވެފައި އެވެ. ޚާއްސަކޮށް އީރާންގެ މައްސަލައިގައި އެމެރިކާ އިން ގެންގުޅޭ ހަރުކަށި ސިޔާސަތު ތަކަށް، ޔޫރަޕުގެ ގިނަ ޤައުމު ތަކުން ތާއީދު ނުކުރާކަން ހާމަވެގެން ގޮސްފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

ޕެޑްރޯ ސަންޗޭޒްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމަނުއަލް މެކްރޯންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އިޒްރޭލްއީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އިޒްރޭލް އިން މަސައްކަތް ކުރަނީ އަރަބި ޤައުމުތައް ހަނގުރާމަ އަކަށް ވައްދަން: ރަޝިޔާ

އެމެރިކާ އާއި އިޒްރޭލް އިން މަސައްކަތް ކުރަނީ އަރަބި ޤައުމުތައް ހަނގުރާމަ އަކަށް ވައްދަން: ރަޝިޔާ

05 މާރިޗު 2026
ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ރިޕަބްލިކަން ކޮންޓްރޯލު އޮންނަ ސެނެޓުން ކުރި މަސައްކަތް ފެއިލްވުމުން ހައިރާންވާކަށް ނުޖެހޭ

ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ރިޕަބްލިކަން ކޮންޓްރޯލު އޮންނަ ސެނެޓުން ކުރި މަސައްކަތް ފެއިލްވުމުން ހައިރާންވާކަށް ނުޖެހޭ

05 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިންއިން ދޮގުކޮށްފި

އެމެރިކާގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ވައިޓް ހައުސްއިން ދެއްކި ވާހަކަތައް ސްޕެއިންއިން ދޮގުކޮށްފި

05 މާރިޗު 2026
އީރާނުން އެމެރިކާއަށް އެއްވެސް މެސެޖެއް ފޮނުވާފައި ނުވާނެ: އޮފިޝަލް

އީރާނުން އެމެރިކާއަށް އެއްވެސް މެސެޖެއް ފޮނުވާފައި ނުވާނެ: އޮފިޝަލް

05 މާރިޗު 2026
އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ

އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 500 އެއްހާ ސިފައިން މަރުވެއްޖެ

05 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު