Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ

ރަޝިޔާގެ ނިއުކްލިއާ ފޯސް ތަރައްޤީ ކުރުމަކީ އެންމެ މުހިންމު ކަންތައް: ޕުޓިން

ޕުޓިން ވިދާޅުވީ ރަޝިޔާގެ ސަލާމަތާއި ރައްްކާތެރިކަން ކަށަވަރު ކޮށްދޭ އަދި ދުނިޔޭގެ ބާރު ތަކުގެ ހަމަހަމަކަން ދެމެހެއްޓުމަށް ބޭނުންވާ ނިއުކްލިއާ ފޯސް ތަރައްޤީ ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:28
ރަޝިޔާާގެ ރައީސް ވްލަޑިމިއަރ ޕުޓިން.

ރަޝިޔާާގެ ރައީސް ވްލަޑިމިއަރ ޕުޓިން. | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު ރަޝިޔާ އިން ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، ރަޝިޔާގެ ނިއުކްލިއާ ފޯސް ތަރައްޤީ ކުރުމަކީ މިހާރު އެންމެ މުހިންމު ކަންތަކުގެ ގޮތުގައި ބަލަން ޖެހޭ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ. 

ޕުޓިން މިހެން ވިދާޅުވެފައި ވަނީ އާދީއްތަ ދުވަހު ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ. އެގޮތުން ޕުޓިން ވިދާޅުވީ ރަޝިޔާގެ ސަލާމަތާއި ރައްްކާތެރިކަން ކަށަވަރު ކޮށްދޭ އަދި ދުނިޔޭގެ ބާރު ތަކުގެ ހަމަހަމަކަން ދެމެހެއްޓުމަށް ބޭނުންވާ ނިއުކްލިއާ ފޯސް ތަރައްޤީ ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. 

ރަޝިޔާގެ ވަތަންވެރިންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ޕުޓިން މިހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ވެސް ދައްކަވައިފަ އެވެ. ރަޝިޔާ އިން ފާހަގަ ކުރާ މި ދުވަހަކީ، އެ ޤައުމުގެ ސިފައިންނަށް އިޙުތިރާމް އަދާ ކުރުމަށް ފާހަގަ ކުރާ ދުވަހެކެވެ. 

ޕުޓިން ވިދާޅުވީ ސިފައިންގެ ބާރާއި، ނޭވީގެ ބާރު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޔޫކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ އަށް ހަަތަރު އަހަރުވާން ކައިރިވެފައިވާއިރު، އެ ހަނގުރާމަ އިން ލިބިފައިވާ ތަޖުރިބާ އިން ފައިދާ ނަންގަވާނެ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެ އެވެ. 

ހަމައެއާ އެކު ޕުޓިން ވިދާޅުވީ، ސިފައިންގެ ހުރިހާ ބަޔަކަށް ވެސް ކުރިއެރުން ގެނެސް ދެއްވާނެ ކަމަށެވެ. އެގޮތުން ހަނގުރާމަ އަށް ތައްޔާރުވުމާއި، އަވަސް އަވަހަށް ޙަރަކާތްތެރިވުން އަދި އެންމެ ދަތި ޙާލަތްތަކުގައި ވެސް މަސައްކަތް ކުރެވޭނެ ގޮތަށް ސިފައިންގެ ބާރުތައް ތަރައްޤީ ކުރައްވާނެ ކަމަށް ޕުޓިން ވަނީ ވިދާޅުވެފަ އެވެ. 

ޕުޓިން މި ވާހަކަ ދައްކަވާފައިވާއިރު، ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ އަށް އަންގާރަ ދުވަހު ހަތަރު އަހަރު ވާނެ އެވެ. މި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ގިނަ ސަރަހައްދު ތަކެއް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، އެތައް މިލިއަން ބަޔަކަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. މި ހަނގުރާމައިގައި ރަޝިޔާ އާއި، ޔޫކްރެއިން އިން ވެސް ގިނަ ބަޔަކު މަރުވެފައިވެ އެވެ. 

ދުނިޔޭގައި އޮތް އެންމެ ބޮޑު ނިއުކްލިއާ ދެ ބާރަކީ ރަޝިޔާ އާއި އެމެރިކާ އެވެ. މި ހިނގާ ފެބްރުވަރީ މަހުގެ ކުރީ ކޮޅު ނިއު ސްޓާޓް އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި މިހާރު އަސްކަރީ ކޮންޓްރޯލް ކުރުމާ ގުޅޭ އެއްވެސް އެއްބަސްވުމެއް ނެތްކަން ފާހަގަ ކުރެވެ އެވެ. 

ނަމަވެސް، ރަޝިޔާ އިން ބުނެފައި ވަނީ ނިއުކްލިއާ މައްސަލައިގެ ކަންކަމުގައި ޒިންމާދާރު ގޮތެއްގައި ކަންތައް ކުރިއަށް ގެންދާނެ ކަމަށާއި، އެމީހުންގެ ނިއުކްލިއާ މަސައްކަތުގައި ކަނޑައެޅިފައިވާ ހައްދު ތަކަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ނިއު ސްޓާޓްނިއުކްލިއަރ ހަތިޔާރުރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއެމެރިކާ-ރަޝިޔާރަޝިޔާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕުޓިންގެ ޚިޔާލު ބަދަލު ކުރުމަށް، ޔޫކްރެއިން އަށް ބައިނަލްއަޤުވާމީ ސިފައިން ފޮނުވަން ޖެހޭ: އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން

ޕުޓިންގެ ޚިޔާލު ބަދަލު ކުރުމަށް، ޔޫކްރެއިން އަށް ބައިނަލްއަޤުވާމީ ސިފައިން ފޮނުވަން ޖެހޭ: އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން

22 ފެބުރުއަރީ 2026
އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި

19 ފެބުރުއަރީ 2026
އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ބޮކުގެ ވިހަ ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުން ބުނެފި

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ބޮކުގެ ވިހަ ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުން ބުނެފި

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު