Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް ދެއްވި މި ތަޤުރީރަކީ އެމެރިކާގެ ތާރީޚުގައި ވެސް، މިހާތަނަށް ރައީސަކު ދެއްވި އެންމެ ދިގު ތަޤުރީރު. އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަޤުބޫލުކަން ވަރަށް ބޮޑަށް ދަށްވަމުން އަންނަ ދަނޑިވަޅެއްގައި ދެއްވި ތަޤުރީރުގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ސިޔާސަތުގެ ސަބަބުން އެމެރިކާ މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 08:56
އަންގާރަ ދުވަހުގެ ރޭ އޮތް ސްޓޭޓް އޮފް ޔޫނިއަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަޤުރީރު ކުރައްވަނީ

އަންގާރަ ދުވަހުގެ ރޭ އޮތް ސްޓޭޓް އޮފް ޔޫނިއަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަޤުރީރު ކުރައްވަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ކޮންގްރެސްގައި ދެއްވި، ސްޓޭޓް އޮފް ޔޫނިއަންގެ ތަޤުރީރުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ސަރުކާރުގެ އިޤްތިޞާދީ ކާމިޔާބީ ތަކަށް އަލިއަޅުވާލައްވައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް ދެއްވި މި ތަޤުރީރަކީ އެމެރިކާގެ ތާރީޚުގައި ވެސް، މިހާތަނަށް ރައީސަކު ދެއްވި އެންމެ ދިގު ތަޤުރީރެވެ. އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަޤުބޫލުކަން ވަރަށް ބޮޑަށް ދަށްވަމުން އަންނަ ދަނޑިވަޅެއްގައި ދެއްވި ތަޤުރީރުގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ސިޔާސަތުގެ ސަބަބުން އެމެރިކާ މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށެވެ. 

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ މިޑް ޓާމް އިންތިޚާބު އޮންނައިރު، ތަޤުރީރުގެ ފުރަތަމަ ގަޑިއެއް ހާ އިރު ޓްރަމްޕް ހޭދަ ކުރައްވާފައި ވަނީ އިޤްތިޞާދީ ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަ ދެއްކެވުމުގަ އެވެ. މިއީ އާންމު ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ޓްރަމްޕް ކުރެއްވި ކަމެއް ކަމަށް ބައެއް ފަރާތް ތަކުންް ފާހަގަ ކޮށްފައިވެ އެވެ. 

މިގޮތުން އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލްކޮށް، ހިއްސާގެ ބާޒާރު ރެކޯޑު މިންވަރަކަށް މަތިކޮށް، ޓެކްސް ކުޑަކޮށް އަދި ބޭހުގެ އަގުތައް ވަރަށް ބޮޑަށް ތިރި ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވާހަކަ ދައްކަވަމުން ގެންދެވިއިރު، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަރަށް ބޮޑަށް ތަރުހީބު ދެމުން ދިޔައިރު، ޓްރަމްޕް ވިދާޅުވީ އެމެރިކާ މިހާރު އޮތީ ކުރިއަށް ވުރެ މާ ބޮޑަށް ވަރުގަދަވެފައި ކަމަށެވެ. 

ޓްރަމްޕް ތަޤުރީރު ކުރައްވަމުން ގެންދެވިއިރު، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުން ވަނީ މި ޖަލްސާ ބޮއިކޮޓް ކުރުމަށް ފަހު، ބޭރުގައި މުޒާހަރާ ކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެކަމުގެ ސަބަބުން، ކޮންގްރެސްގެ ގިނަ ގޮނޑިތައް ހުރީ ހުހަށެވެ. 

ދެ ވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ޓްރަމްޕްގެ މަޤުބޫލުކަން ދަށްވަމުންދާއިރު، އީރާނުގެ މައްސަލައިގައި އޮތް ނުތަނަވަސްކަމާއި، އެމެރިކާގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ޤައުމުގެ ރައްޔިތުންގެ މެދުގައި ވަނީ އިންތިހާ އަށް ކަންބޮޑުވުން އުފެދިފަ އެވެ. 

ސްޓޭޓް އޮފް ޔޫނިއަންގެ ކުރީ ކޮޅު ޓްރަމްޕް ވާހަކަ ދައްކަވަމުން ގެންދެވީ، ލިޔެފައިވާ ސްކްރިޕްޓަށް ވަރަށް ބޮޑަށް ބައްލަވައިގެނެވެ. ނަމަވެސް، އިމިގްރޭޝަންގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، އިދިކޮޅު ޑިމޮކްރެޓް ޕާޓީގެ ބައެއް މެމްބަރުންނަށް ވެސް ބަހުގެ ހަމަލާތައް އަމާޒު ކުރައްވައިފަ އެވެ. 

ސްޓޭޓް އޮފް ޔޫނިއަންގެ ތެރެއިން، ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ޓްރަމްޕް ބަހުގެ ހަމަލާ ތަކެއް ދެއްވަނީ
ސްޓޭޓް އޮފް ޔޫނިއަންގެ ތެރެއިން، ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ޓްރަމްޕް ބަހުގެ ހަމަލާ ތަކެއް ދެއްވަނީ

އެމެރިކާގެ އިންފްލޭޝަން ދަށަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ކާބޯ ތަކެއްޗާއި، ބޯހިޔާވަހިކަމާއި، އިންޝުއަރެންސް އަދި ޔުޓިލިޓީސްގެ އަގުތައް އަދިވެސް ހުރީ ވަރަށް މަތީގަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އިޤްތިޞާދީ ކުރިއެރުމަށް ވެސް ވަނީ މަޑު ޖެހުމެއް އައިސްފަ އެވެ. 

ރޮއިޓާސް އާއި އިޕްސޯސް އިން ކުރި ސާވޭ އަކުން ދައްކާ ގޮތުގައި، ޓްރަމްޕްގެ އިޤްތިޞާދީ ސިޔާސަތު ތަކާއި، ކަންކަން ބައްޓަން ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަ ޖެހެނީ އެމެރިކާގެ އެންމެ 36 އިންސައްތަ ރައްޔިތުންނެވެ.

ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ހުރިހާ ގޮނޑި ތަކާއި، ސެނެޓުގެ ތިން ބައި ކުޅަ އެއް ބައި ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ޓްރަމްޕް ތައާރަފު ކުރައްވާަފއިވާ ޓެރިފް ނިޒާމު ސުޕްރީމް ކޯޓުން ބާތިލު ކޮށްފައި ވީ ނަމަވެސް، ޓްރަމްޕް ވަނީ ސުޕްްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ސުވާލު އުފައްދަވައި އަދި ޙުކުމަށް ވެސް ގޮން ޖައްސަވައިފަ އެވެ. 

ގާތް ގަނޑަކަށް އެއް ގަޑިއިރާއި 47 މިނެޓަށް ދެމިގެން ދިޔަ މި ތަޤުރީރުގައި ޚާރިޖީ ސިޔާސަތަށް މާ ބޮޑު ސަމާލު ކަމެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ. އަށް ހަނގުރާމައެއް ނިމުމަކަށް ގެނެސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ރަޝިޔާ އިން ޔޫކްރެއިން އަށް އަރައި ގަނެ، ހަނގުރާމަ ކުރަމުން އަންނަތާ ހަތަރު އަހަރު ފުރުނު ދުވަހު ޓްރަމްޕް ދެއްވި މި ތަޤުރީރުގައި އެ ވާހަކަ އަށް ވެސް މާ ބޮޑު ސަމާލު ކަމެއް ދެއްވާފައި ނުވެ އެވެ. އީރާންގެ މައްސަލައިގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޑިޕްލޮމަސީގެ މަގުން މައްސަލަ ޙައްލު ކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ދުވަހަކު ވެސް ނުދެއްވާނެ ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

ކޮންގްރެސްއެމެރިކާގެ ސުޕްރީމް ކޯޓުރަޝިޔާ-ޔޫކްރެއިން ހަނގުރާމައީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްސްޓޭޓް އޮފް ދަ ޔޫނިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

25 ފެބުރުއަރީ 2026
"އެމެރިކާ އަށް ހަމަލާ ދިނުމަށް، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން!"

"އެމެރިކާ އަށް ހަމަލާ ދިނުމަށް، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން!"

25 ފެބުރުއަރީ 2026
ފްރޯޑްއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައި، ލީޑު ކުރައްވާނީ ނައިބު ރައީސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ފްރޯޑްއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައި، ލީޑު ކުރައްވާނީ ނައިބު ރައީސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

25 ފެބުރުއަރީ 2026
ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

24 ފެބުރުއަރީ 2026
ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް އީރާނުން އަސްކަރީ ތަމްރީންތައް ފަށައިފި

ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް އީރާނުން އަސްކަރީ ތަމްރީންތައް ފަށައިފި

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު