Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ހަންގޭރީ އިން ދެކޮޅު ހަދާތީ، ރަޝިޔާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނުނިންމޭނެ

ހޯމަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ އީޔޫގެ ޤައުމު ތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކަލާސް ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް އަޅަން ނިންމާފައިވާ އައު ފިޔަވަޅުތަކާ މެދު ހަންގޭރީ އިން ދެކޮޅު ހަދަމުން ގެންދާތީ، އެ ބައްދަލުވުމުގައި ހުރިހާ ޤައުމު ތަކެއްގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭނެކަން މިހާރު ސާފުވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ފެބުރުއަރީ 2026 | ހޯމަ 10:44
 އީޔޯގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ ކާޖާ ކަލާސް

އީޔޯގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ ކާޖާ ކަލާސް | ގެޓީ އިމޭޖަސް

ރަޝިޔާއާ ދެކޮޅަށް އައު ދަތި ކުރުމުގެ ފިޔަވަޅު ތަކެއް އެޅުމަށް މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރު ޤައުމު ތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަކަށް ނުބެލެވޭ ކަމަށް، އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ ކާޖާ ކަލާސް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ އީޔޫގެ ޤައުމު ތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކަލާސް ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް އަޅަން ނިންމާފައިވާ އައު ފިޔަވަޅުތަކާ މެދު ހަންގޭރީ އިން ދެކޮޅު ހަދަމުން ގެންދާތީ، އެ ބައްދަލުވުމުގައި ހުރިހާ ޤައުމުތަކެއްގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭނެކަން މިހާރު ސާފުވެފައިވާ ކަމަށެވެ. 

ކަލާސް ފާހަގަ ކުރެއްވި ގޮތުގައި ހަންގޭރީ އިން މި ފިޔަވަޅުތަކާ މެދު ގެންގުޅެމުން އަންނަ ހަރުކަށި އުސޫލުގެ ސަބަބުން، ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމުމަށް ހުރަސް ތަކެއް ވަނީ ކުރިމަތިވެފަ އެވެ. އީޔޫގެ ޤަވާއިދުތައް ހުންނަ ގޮތުން، މިފަދަ މުހިހްމު ނިންމުންތައް ނިންމޭނީ އިއްތިހާދުގެ ހުރިހާ މެމްބަރު ޤައުމު ތަކެއްގެ ފުރިހަމަ ތާއީދު އެކަމަށް ލިބިގެންނެވެ. 

ރަޝިޔާ އިން ޔޫކްރެއިން އަށް އަރައިގަތުމާ ގުޅިގެން އީޔޫ އިން ދަނީ ސިލްސިލާކޮށް އެ ޤައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް، ހަންގޭރީ އިން މީގެ ކުރިން ވެސް ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާ ބައެއް ފިޔަވަޅު ތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ވީޓޯގެ ބޭނުން ހިފައިފަ އެވެ. 

ހޯމަ ދުވަހުގެ ބައްދަލުވުމުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ކުރިއަށް އޮތް ދުވަސް ތަކުގައި މެމްބަރު ޤައުމު ތަކުގެ މެދުގައި މަޝްވަރާ ކޮށްގެން މި މައްސަލަ އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާގެ މަގާމަށް ކަލާސް ހަވާލުވެ ވަޑައިގެންނެވި ފަހުން، މިއީ ރަޝިޔާގެ މައްސަލައިގައި އޭނާ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔޫކްރެއިންޔޫރަޕިއަން ޔޫނިއަންކާޔާ ކާލާސްހަންގޭރީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2026

ރަޝިޔާގެ ނިއުކްލިއާ ފޯސް ތަރައްޤީ ކުރުމަކީ އެންމެ މުހިންމު ކަންތައް: ޕުޓިން

23 ފެބުރުއަރީ 2026
ރަޝިޔާގެ ނިއުކްލިއާ ފޯސް ތަރައްޤީ ކުރުމަކީ އެންމެ މުހިންމު ކަންތައް: ޕުޓިން
22 ފެބުރުއަރީ 2026

ޕުޓިންގެ ޚިޔާލު ބަދަލު ކުރުމަށް، ޔޫކްރެއިން އަށް ބައިނަލްއަޤުވާމީ ސިފައިން ފޮނުވަން ޖެހޭ: އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން

22 ފެބުރުއަރީ 2026
ޕުޓިންގެ ޚިޔާލު ބަދަލު ކުރުމަށް، ޔޫކްރެއިން އަށް ބައިނަލްއަޤުވާމީ ސިފައިން ފޮނުވަން ޖެހޭ: އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
16 ފެބުރުއަރީ 2026

ހުޅަނގު އައްސޭރީގެ ބިން ރަޖިސްޓްރީކުރުން ހުއްޓާލުމަށް އީޔޫއިން އިޒްރޭލަށް ގޮވާލައިފި

16 ފެބުރުއަރީ 2026
ހުޅަނގު އައްސޭރީގެ ބިން ރަޖިސްޓްރީކުރުން ހުއްޓާލުމަށް އީޔޫއިން އިޒްރޭލަށް ގޮވާލައިފި
15 ފެބުރުއަރީ 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

15 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު