Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އަށް ދޭ ހަމަލާތައް މެކްރޮން ކުށްވެރި ނުކުރާތީ، އަރާގްޗީ ފާޑު ވިދާޅުވެއްޖެ

މެކްރޮންގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް އަރާގްޗީ ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓުގައި އަރާގްޗީ ވަނީ ހުޅަނގުގެ ޤައުމު ތަކުން ގެން ގުޅޭ ދެ ފުށް ދެ ގޮތް ސިޔާސަތަށް އިޝާރާތް ކުރައްވާފައި. އެގޮތުން އެއީ އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުން އަންނަ ހަމަލާތައް އެއްވެސް ބަޔަަކަށް ގޯސް ނުވާއިރު، އެެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ދެމުން އަންނަ ހަމަލާތައް ގޯސްވާ ކަމަަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 10:58
ފްރާންސްގެ ރައީސް މެކްރޮން އާއި، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

ފްރާންސްގެ ރައީސް މެކްރޮން އާއި، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ހަނު ހުންނަވާތީ، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ފާޑު ވިދާޅުވެއްޖެ އެވެ.

އަރާގްޗީ މިހެން ވިދާޅުވެފައި ވަނީ، މެކްރޮންގެ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ، މެކްރޮން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ޤަތަރުގެ އަމީރު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

ޤަތަރުގެ ގޭސް މަރުކަޒަކަށް އަމާޒުކޮށް އީރާން އިން ދިން ހަމަލާއާ ގުޅިގެން މެކްރޮން ވިދާޅުވީ، ހަކަތައިގެ ވަސީލަތްތައް ހިމެނޭހެން، އާންމު އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ.

އެ ޕޯސްޓައް ރައްދު ދެއްވައި އަރާގްޗީ ކުރެއްވި ޕޯސްްޓެއްގައި ވިދާޅުވީ، އީރާންގައި ހުރި ގޭސް ފެސިލިޓީ ތަކަށް ދިން ހަމަލާ ތަކުގެ ސަބަބުން، އެތައް މިލިއަން ބަޔަކު ނުރައްކާތެރި ވިހަ ގޭހަށް ހުށަހެޅިގެން ދިޔައިރު ވެސް، ފްރާންސްގެ ރައީސް މެކްރޮން ހުންނެވީ ހަނު ކަމަށެވެ. ނަމަވެސް، އީރާން އަށް ދިން ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ދިން ހަމަލާތަކާ މެދު މެކްރޮން ކަންބޮޑުވެ ވަޑައިގެންނެވި ކަމަށް އަރާގްޗީ ފާހަގަ ކުރެއްވި އެވެ. 

މެކްރޮންގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް އަރާގްޗީ ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓުގައި އަރާގްޗީ ވަނީ ހުޅަނގުގެ ޤައުމު ތަކުން ގެން ގުޅޭ ދެ ފުށް ދެ ގޮތް ސިޔާސަތަށް އިޝާރާތް ކުރައްވައިފަ އެވެ. އެގޮތުން އެއީ އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުން އަންނަ ހަމަލާތައް އެއްވެސް ބަޔަަކަށް ގޯސް ނުވާއިރު، އެެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ދެމުން އަންނަ ހަމަލާތައް ގޯސްވާ ކަމަަށެވެ.

މެކްރޮން އަށް ރައްދު ދެއްވައި އަރާގްޗީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިޒްރޭލް އާއި އެމެރިކާގެ އުދުވާންތަކާ މެދު ބައިނަލްއަޤުވާމީ މުޖުތަމައުން އަދި ޚާއްސަކޮށް ވިލާތުގެ ޤައުމު ތަކުން ހަނު ތިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ހަމަލާތައް ހުއްޓުވުމަށް ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމަށް ވެސް އީރާން އިން ގޮވާލާފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްއެމެނުއެލް މެކްރޮންއައްބާސް އަރަގްޗީޑޮނަލްޑް ޓްރަމްޕްތެހެރާންގަތަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާންގެ އިސްވެރިން އަވަހާރަ ކޮށްލިއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލް ހަނު އޮންނާތީ ފާޑު ކިޔައިފި

އީރާންގެ އިސްވެރިން އަވަހާރަ ކޮށްލިއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލް ހަނު އޮންނާތީ ފާޑު ކިޔައިފި

19 މާރިޗު 2026
ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

19 މާރިޗު 2026
ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

19 މާރިޗު 2026
ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

19 މާރިޗު 2026
ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

19 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު