Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ އިސްވެރިން އަވަހާރަ ކޮށްލިއިރު، އދ.ގެ ސެކިއުރިޓީ ކައުންސިލް ހަނު އޮންނާތީ ފާޑު ކިޔައިފި

އީރާން އިން އދ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ސޮއި ކުރައްވައި، ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީފައި އޭނާ ބުނެފައި ވަނީ، އީރާންގެ އިސްވެރިން އަވަހާރަ ކުރަމުން ގެންދާއިރު ވެސް، ސަލާމަތީ މަޖިލީހުގެ އެއްޗެއް ނުބުނެ އޮތުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 10:58
އީރާން އިން އދ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ.

އީރާން އިން އދ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ. | ގެޓީ އިމޭޖަސް

އީރާންގެ އިސް އޮފިޝަލުން ތަކެއް އަވަހާރަ ކޮށްލަމުން އަންނައިރު ވެސް، އދ.ގެ ސެކިއުރިޓީ ކައުންސިލުން އެއްވެސް ފިޔަވަޅެއް ނާޅައި، ހަނު އޮންނާތީ އެ ޤައުމުގެ ފާޑު ކިޔުން ސެކިއުރިޓީ ކައުންސިލަށް އަމާޒު ކޮށްފި އެވެ. 

އީރާންގެ އެންމެ މަތީ ވެރިޔާ އަދި ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އިސް ކޮމާންޑަރުންގެ އިތުރުން، ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. އެކަމާ ގުޅިގެން އީރާން އިން އދ އަށް ފޮނުވި ސިޓީއެއްގައި ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. 

އީރާން އިން އދ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ސޮއި ކުރައްވައި، ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީފައި އޭނާ ބުނެފައި ވަނީ، އީރާންގެ އިސްވެރިން އަވަހާރަ ކުރަމުން ގެންދާއިރު ވެސް، ސަލާމަތީ މަޖިލީހުގެ އެއްޗެއް ނުބުނެ އޮތުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

މީގެ އިތުރުން އިރަވާނީ ވިދާޅުވީ، ސަލާމަތީ މަޖިލީހުން މިފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު ނާޅައި އޮތުމަކީ، އީރާންގެ އިސްވެރިންނާއި އޮފިޝަލުންނަށް އަމާޒުކޮށް އިޒްރޭލް އިން ދެމުންދާ ހަމަލާ ތަކަށް ލިބޭ އިތުރު ހިތްވަރެއް ކަށެވެ. އދަި މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މަސައްކަތް ކުރަން ޖެހޭ ކަމަަށް ވެސް އެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ. 

ސިޓީގައި އިރަވާނީ ވިދާޅުވެފައި ވަނީ، އިސްވެރިން އަވަހާރަ ކޮށްލުމުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ދާ ނަމަ، އެއީ އާންމު ކަމަަކަށް ވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށެވެ. އަދި އެ ނުރައްކާތެރި ސިޔާސަތު ދުނިޔޭގެ އެހެން ޤައުމު ތަކަށް ފެތުރިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

އީރާން އިން އދ.ގެ ސަލާމަތީ މަޖިލީހަށް ނުރުހުން އަމާޒުކޮށްފައިވާއިރު، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ސަލާމަތީ މަޖިލީހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ދެމުން އަންނަ ހަމަލާތައް ސަލާމަތީ މަޖިލީހުން ވަނީ ކުށްވެރި ކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އދ. ގެ ސެކިއުރިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި އިން ތަހުގީގު ކުރަނީ

އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި އިން ތަހުގީގު ކުރަނީ

19 މާރިޗު 2026
ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

19 މާރިޗު 2026
ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

19 މާރިޗު 2026
ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

19 މާރިޗު 2026
އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު