Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ

މިއީ ޔުނައިޓެޑުގެ ކޯޗުކަމާ ކެރިކް ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗު. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން އެ ޓީމު ވަނީ މޮޅުވެފައި. އެއް މެޗު އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2026 | ބުރާސްފަތި 03:32
ނިއުކާސަލް އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކް

ނިއުކާސަލް އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކް | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވި ފަހުން ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ޔުނައިޓެޑު ބަލިކޮށްފަ އެވެ. މެޗުގައި ނިއުކާސަލް އިން ލީޑު ނަގާފައި ވަނިކޮށް، ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަހައިގެން ނިއުކާސަލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ އެންތަނީ ގޯޑަން އެވެ. އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑުގެ ކަސެމީރޯ ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. މެޗުގެ ދެ ވަނަ ހާފުގެ އެންމެ ފަހު ވަގުތުގައި ވިލިއަމް އޮސޫލާ ވަނީ ނިއުކާސަލްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމު މެޗުން މޮޅު ކޮށްދީފަ އެވެ.

މިއީ ޔުނައިޓެޑުގެ ކޯޗުކަމާ ކެރިކް ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އެއް މެޗު އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. މެޗުން ބަލިވެ ޔުނައިޓެޑު ތިން ވަަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 29 މެޗުން 51 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްނިއުކާސަލް

އިތުރަށް ކިޔާލަން

05 މާރިޗު 2026

ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.

05 މާރިޗު 2026
ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.
05 މާރިޗު 2026

ބްރައިޓަން ބަލިކޮށް، އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް.

05 މާރިޗު 2026
ބްރައިޓަން ބަލިކޮށް، އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް.
05 މާރިޗު 2026

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

05 މާރިޗު 2026
އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި
04 މާރިޗު 2026

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

04 މާރިޗު 2026
ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ
02 މާރިޗު 2026

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު