Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

އެމްރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު ރާއްޖޭގައި ވެސް ވަނީ ތެލުގެ އަގު ބޮޑުތަނުން އަގު ބޮޑުކޮށްފަ. އެކަމަކު ސިޔާސީ މާހިރުން ވިދާޅުވާ ގޮތުންނަމަ އިންތިޚާބުގެ ފަހުން ބޮޑެތި ބަދަލުތަކެއް ގެނައުމަކީ އެކަށީގެންވާ ކަމެއް.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 02:54
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު | ޕީއެންސީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކޮޅެއް މެދެއް އަދި ފެންނާކަށް ނެތެވެ. އެހަނގުރާމަ ދިގުލާނީ ކިހާވަރަކަށް ކަމެއް އަންދާޒާ ކުރަންވެސް ދައްޗެވެ. އެކަމަކު އެހަނގުރާމައިން ސާފުވާ އެއްކަމެއް އެބައޮތެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ކަމެވެ. އަދި އިތުރަށް އުފުލޭނޭ ކަމުގެ ބިރު ބޮޑުކަމެވެ. ތެޔޮ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ވެސް އިންތިހާއެވެ. ނުވަތަ ތެޔޮލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމަކީ ކައިރި ކަމެކެވެ.

ސަރުކާރުން ވިދާޅުވަމުން ގެންދެވީ ތެލަށް އަދި ނުޖެހޭނެ ކަމަށެވެ. ތެޔޮ ލިބުމުގައި އަދި ދަތިތަކެއް ނެތްކަމަށެވެ. އެހެން ބުނިތާ ފުރިހަމަ 24 ގަޑިއިރުވެސް ނުވެއެވެ. ބޮޑުތަނުން އެކީ އެއްފަހަރާ އެކުރީ ތެލުގެ އަގު ބޮޑެވެ. އޭގެ މާގިނަ ދުވަހެއް ނުވެ އަނެއްކާވެސް އެގެނެއީ އެސްޓީއޯ އިން ވިޔަފާރި ވެރިންނަށް ވިއްކާ ތެލުގެ އަގަށް ބަދަލެވެ. ލީޓަރަކުން 10.70 ރުފިޔާ ބޮޑުކުރީއެވެ. އޭގެ އަސަރުކުރީ ރަށްރަށަށެވެ. 28 ރުފިޔާ 29 އަށްވެސް ތެލުގެ އަގު ރަށްރަށުގައި އުފުލުނީއެވެ. މިފްކޯއިން މަސްވެރިންނަށް އަގުހެޔޮކޮށް ވިއްކަމުން ގެންދާ ޑީސަލް ވިއްކުން ވެސް ހުއްޓާލިއެވެ.

ތެލަކީ އެހެން ހުރިހާ ކަމަކާ ގުޅުންހުރި އެއްޗެކެވެ. ޚިދުމަތާ ތަކެތީގެ އަގު ކަނޑައެޅޭ އެންމެ ބޮޑު އެކައްޗަކީ ތެލެވެ. ނަތީޖާއެއްގެ ގޮތުން އޭގެ އަސަރު ކުރަން ފެށިއެވެ. ތަކެތީގެ އަގު އެދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ފެރީތަކުން އެމީހުންގެ ފެރީ ދަތުރުގެ އަގު ބޮޑުތަނުން ބޮޑުކޮށްފިއެވެ. އެނޫން ގޮތެއް ނެތިގެން އެންސިސްއިން މަސްވެރިންނަށް ހިލޭ ދޫކުރަމުންދިޔަ އައިސްކޮޅު ދޫކުރުން ވެސް ހުއްޓާލީއެވެ.

ތެލުގެއަގަށް ބަދަލު އައީ ކޮންމެހެން ސަރުކާރުން ކުރަންފެށި ކަމަކުން އެކަންޏޭ ބުނާކަށް ނެތީމެވެ. އެކަމަކު މައްސަލައަކީ ސަރުކާރުން ދެން އަޅާ ފިޔަވަޅުތަކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ބޮޑެތި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖެއިން އެކަމަށް މާބޮޑު އަޅާލުމެއް އޮތްތަނެއް ނުފެނުމެވެ. އެއާ ޚިލާފަށް ނަގައިގެން އުޅޭ ރާޅާމެދު މާބޮޑަށް ވިސްނާތީއެއް ނުފެނެއެވެ. އޭގެ ބަދަލުގައި ރައީސް މުއިއްޒު އާއި މުޅި ސަރުކާރު ވަތަށް ފައިބައިގެން އެކުރައްވާ މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރުމުގެ މަސައްކަތެވެ. އެކަމަށްޓަކައި ސިޔާސީ އެތައް ވަޒީފާއެއް އެދަނީ ބަހަމުންނެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ކުޑަވެސް ކަމެއް ކުރާތީއެއް ނުފެނެއެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ ލޯމައްޗަށް ފެންނަނީ އިންތިހާ ދަރަޖައިގެ އިސްރާފްތައް ކުރާ މަންޒަރެވެ. ވަގުތާ ނުބައްދަލު ކަންކަން ކުރަމުންދާތަނެވެ.

ކޮންމެއަކަސް އުފެދޭ ސުވާލަކީ މިގޮތުގައި ހިފަހައްޓާލެވޭނީ ކިހާ ދުވަހެއް ވަންދެން ބާވައެވެ. ވިޔަފާރި ވެރިންނަށް ވިއްކާ ތެލުން 10.70 ރުފިޔާ ބޮޑުކުރިކުރުމާއެކު މާލޭގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގުވެސް އުފުލޭނޭ ކަމުގެ ވާހަކަ އާއްމުން ދެއްކި ނަމަވެސް އަދި އެ ބަދަލެއް ނުގެނެއެވެ. އެތެރެ ކޮއިލުން ބޭރުވާ ވާހަކަ ތަކުންނާއި ސިޔާސީ މާހިރުން ބުނާ ގޮތުންނަމަ ސަރުކާރުގެ އަސްލު ފިޔަވަޅު ފެންނާނީ ކުރިއަށް އޮތް ވޯޓުގެ ފަހުންނެވެ. ވޯޓަށް އަސަރުކޮށްފާނެތީ މިވަގުތު އިތުރު ފިޔަވަޅެއް ނާޅާ ސަރުކާރުން މަޑުޖައްސާލަނީއެވެ. އެކަމަކު އިންތިޚާބަށް ފަހު ތެލުގެ އަގު އިތުރަށް ބޮޑުކުރުމަކީ ނުވުމަށް ވުރެ ވުން ކައިރި ކަމެކެވެ. އަދި ދޭނެ ކަމަށްބުނެ ކެންޕޭނުގައި ގެންގުޅޭ ކުދިންގެ ވަޒީފާތައް ހަމަޖެހުމަކީ ކައިރިކަމެއް ނޫނެވެ. ހަމަ އެހެންމެ މިހާރު ދެމުންދާ ވަޒީފާތައް މަދުކޮށް މިހާރު އައްޔަންކުރެވޭ ބައެއް ސިޔާސީ މީހުންގެ ވަޒީފާ ގެއްލުމަކީ ދުރުކަމެއް ނޫނެވެ. މިކަމުގައި ރައްޔިތުންނަށް އޮތީ ބަލަން ތިބުމެވެ؟

އެމެރިކާ-އިޒްރޭލް-އީރާންޑރ. މުއިއްޒުއެސްޓީއޯމިފްކޯއެންސިސްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމްގައި ނޫނެނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

ރެފަރެންޑަމްގައި ނޫނެނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

20 މާރިޗު 2026
ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

20 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު