Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެންނަ ނުފެންނަ ވޯޓު

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

މާޒް ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ހުށަހަޅާފައިވާ ރެފަރަންޑަމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް ހިންގާ އޮޅުވާލުމެއް ކަމަށް. މާލޭގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަކީ ސިޔާސީ ކަންކަމަށް އޮންނަ ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އެހެންކަމުން، ސަރުކާރުން ކުރިއަށްގެންދާ މި ވޯޓަށް ރައްޔިތުން "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 14:39
އެމްޑީޕީގެ ޕކަޕް ޖަލްސާގަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ޕކަޕް ޖަލްސާގަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ނުކުމެ ސިޔާސީ ވާހަކަ ދައްކަން ފެށުމުން ދިމަދިމާލުގައި އަލިފާން ރޯވާ އުސޫލުން މިހާރު ވެސް އަލިފާން ރޯވަމުންދާ ކަަމަށާއި، ރައްޔިތުންނަށް މި ވާނުވާ އެނގެން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި މާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ނަގާ ރެފަރަންޑަމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ނަގާލުމަށް ސަރުކާރުން ހިންގާ ހިޔާނަތްތެރި އަމަލެއް ކަމަށާއި، މި ވޯޓަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. 

Advertisement - newsAdvertisement
އެހެން ދަމުންގޮސް މިހާރު މި އޮތީ ސީދާ ފެންނަ ނުފެންނަ ވޯޓެއް. ރައްޔިތުންގެ ކުރިމައްޗަށް ގެނެސްފަ. ހަގީގަތުގައި މީގައި މި ބުނަނީ، ރައްޔިތުންގެ މަޖިލީހުގައި ތިބި 93 މެންބަރުގެ ގޮނޑިގެއްލޭ ވާހަކަ މީގައި މި އޮތީ ބަޔާންކޮށްފައި. އެކަމަކު ރައްޔިތުންގެ ކުރިމައްޗަށް ގެނެއްސަ އޮތް ކަރުދާސްކޮޅުގައި މި އޮންނަނީ، ދެ އިންތިޚާބު އެއްކުރާ ވާހަކަ. މިވަރަށް ދޮގުހަދައި، މަކަރުހަދައި އޮޅުވާލަނީ. މި ގެނައި ބަދަލުން މި ގެއްލެނީ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުގެ ގޮނޑި ކުލިއަކަށް މި ގެއްލެނީ. މި ކާކަށްތޯ މިކަން ކުރެވޭނީ؟ ރައްޔިތުންގެ މަޖިލީހުގެ އެއް މަޖިލީހުގެ ދައުރު ކުރުކޮށް، އަނެއް މަޖިލީހުގެ ދައުރު ދަންމާލުމަށް މަސައްކަތް މި ކުރަނީ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް

މީގެ އިތުރުން މާޒް ވަނީ މިފަހުން މާލެސިޓީގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.

މާޒް ވިދާޅުވީ 30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ނުކުމެ ސިޔާސީ ވާހަކަ ދައްކަން ފެށުމުން ދިމަދިމާލުގައި އަލިފާން ރޯވާ ކަމަށާއި، މިއަދު ވެރިކަމުގައި ތިއްބެވީ އެ ފިކުރުގެ ބޭފުޅުން ކަމަށެވެ. މިއީ ރައްޔިތުން ސިޔާސީ މަސައްކަތުގައި އުޅެން ފެށުމުން ފޯކަސް އަނބުރާލުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން މި ނަގާ ރެފަރަންޑަމްގައި ވާނުވާ ރައްޔިތުންނަށް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގައި 30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ނުކުމެ ސިޔާސީ ވާހަކަ ދައްކަން ފެށީމާ ދިމަދިމާލުގައި އަލިފާން ރޯވޭ. އޭރުގައިވެސް އެކަން ހިނގާ. އެކި ދިމަދިމާލުގައި ރޯވަމުންދޭ. އޭރުގައިވެސް އެކަން ހިނގާ ގޮތް އެއީ. އެހެންވީމާ، މިހާރު ވެރިކަމުގައި މި ތިބީ މި ފިކުރުގެ މީހުން، މި މީހުންނޭ އެނގޭނެ ވަރަށް ރަނގަޅަށް ރައްޔިތުންގެ ފޯކަސް ގެއްލުވައިލާނީ ކޮން ގޮތަކަށް ހަދައިގެންކަން އެއީ މި ކުރާ ކަމަކީ. އެހެންވީމާ، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަފެނޭ އަޅުގަނޑު މި ދެންނެވި، ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ގޮނޑި ގެއްލުވާލުމަށްޓަކައި ހަދާފައި އޮތް ގާނޫނެކޭ ރައްޔިތުންގެ ކުރިމައްޗަށް ގެނެއްސަ މި އޮތީ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް

މާޒް މިހެން ވިދާޅުވިއިރު، 18 މާރޗް 2026 ގައި މާލޭގެ ގަލޮޅު މޯޗަރީ ކައިރިގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދާފައިވެ އެވެ.  އެދުވަހުގެ ރޭ މާލޭގެ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ގަސްކާނާ އާއި ކެމިކަލް ހުރި ގުދަނެއްގައި ރޯވެ އަނދާ ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެ އެވެ. އަދި މި ހާދިސާގެ ޚާއްސަ ތަހުގީގެއް ވެސް ފުލުހުން ވަނީ ފަށާފަ އެވެ. 

މާޒް ސަލީމްއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026އަލިފާނުގެ ހާދިސާފެންނަ ނުފެންނަ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

20 މާރިޗު 2026
ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

19 މާރިޗު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު