Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ކެންޑިޑޭޓަކަށް ހަމަލާދިނުން

ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި

ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ ފާތިމަތު ޝިބާ ކެމްޕޭން ހަރަކާތެއް ނިންމަވާލެއްވުމަށްފަހު ވަޑައިގަންނަވަނިކޮށް، ބަޔަކު ގަސްތުގައި ސައިކަލުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި. މި ހަމަލާގައި ޝިބާގެ ނޭފަތުގެ ކަށިގަނޑު ބިންދައިގެން ގޮސް ދަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާރު އޭނާއަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 14:54
ހަމަލާ ދިނުމުދެ ސަބަބުން ޝިބާގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސް، އަނގައިގެ ބައެއް ދަތްތައް ވެސް ވަނީ މަދުވެފަ.

ހަމަލާ ދިނުމުދެ ސަބަބުން ޝިބާގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސް، އަނގައިގެ ބައެއް ދަތްތައް ވެސް ވަނީ މަދުވެފަ. | ރާއްޖެ އެމްވީ

ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފާތިމަތު ޝިބާ އަށް، ބަޔަކު ގަސްތުގައި ސައިކަލުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޝިބާ އިސްވެ ހުންނަވައިގެން ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ސައިކަލަށް އެރި ވަގުތުގަ އެވެ. ޝިބާ ސައިކަލަށް އެރިތަނުން، ފަހަތުން އައި ގްރޫޕަކުން ވަނީ ބާރު ސްޕީޑުގައި އައިސް ޝިބާ އިންނެވި ސައިކަލުގައި ޖައްސާފަ އެވެ.

މި ހަމަލާގެ ސަބަބުން ޝިބާ އަށް ވަނީ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެގޮތުން އޭނާގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާއިރު، އަނގައިގެ ބައެއް ދަތްތައް ވެސް ވަނީ މަދުވެފަ އެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޝިބާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާރު ވެސް އޭނާ އަށް އަންނަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. 

އިންތިޚާބީ ކެމްޕޭނެއްގެ ތެރެއިން ކެންޑިޑޭޓަކަށް އަމާޒުކޮށް މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ފާތިމަތު ޝިބާހުޅުމާލެ އުތުރުއެމްޑީޕީހުޅުމާލެ ހޮސްޕިޓަލްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފި

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފި

19 މާރިޗު 2026
މިނިވަން މުއައްސަސާތަކުން މެންޑޭޓުގެ ތެރެއިން މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީ އިން ދީފި

މިނިވަން މުއައްސަސާތަކުން މެންޑޭޓުގެ ތެރެއިން މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީ އިން ދީފި

19 މާރިޗު 2026
ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ތަރުތީބުކުރެވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް: ވަހީދު

ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ތަރުތީބުކުރެވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް: ވަހީދު

19 މާރިޗު 2026
މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު

މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު

19 މާރިޗު 2026
ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

19 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު