Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯޓާސް ލިސްޓުގައި ސޮއިކުރުން

އަލިފާނުގެ ހާދިސާއާއި ގުޅިގެން ފައިނަލް ރަޖިސްޓްރީގައި ސޮއި ކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރަށް ބަދަލުކޮށް ސޮއިކުރަން ފަށައިފި

2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު މާރިޗު 17 އިން 19 އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައި. އިންތިޚާބާބެހޭ މަރުކަޒު ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މި މަސައްކަތް މިހާރު ކުރިއަށްދަނީ ސޯޝަލް ސެންޓަރުގައި ކަމަށްވާތީ، ކަނޑައެޅިފައިވާ ގަޑިތަކުގައި ސޮއިކުރުމުގެ ކަންކަން ފުރިހަމަކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 08:27
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ތެރެއިން.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ތެރެއިން. | އިލެކްޝަންސް ކޮމިޝަން

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފައިނަލް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރަށް ބަދަލުކޮށް ސޮއިކުރަން ފަށައިފި އެވެ. 

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ އިންވެގެން އިން ޕްރައިމް ފަރޓިލައިޒާގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބީ މަސައްކަތްތައް މެދުކަނޑާނުލައި ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި ހާދިސާއާ ގުޅިގެން މަސައްކަތްތަކަށް ބުރޫއެރިޔަނުދިނުމަށްޓަކައި، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިހާރު ސޯޝަލް ސެންޓަރުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ.

2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބޭނުންކުރާ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2026 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން އެ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އަދި ރޭގަނޑު 09:30 އިން 12:00 އަށް ސޮއިކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައި ކަމަށްވީ ނަމަވެސް، އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން މިހާރު މި މަސައްކަތް ކުރިއަށްދަނީ ސޯޝަލް ސެންޓަރުގަ އެވެ. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ހުށަހަޅާ ސިޓީގައި އެ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނަންޖެހޭނެ އެވެ. މީގެ އިތުރުން، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއަކާއި، ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ކެންޑިޑޭޓުންވެސް ރަޖިސްޓަރީގައި ސޮއިކުރުމުގެ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ. 

އިލެކްޝަންސް ކޮމިޝަންޒުވާނުންގެ މަރުކަޒުލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

19 މާރިޗު 2026
އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުން މެދުކަނޑާލައިފި

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުން މެދުކަނޑާލައިފި

18 މާރިޗު 2026
އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

18 މާރިޗު 2026
ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

17 މާރިޗު 2026
އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

17 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު