Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތެލުގެ އަގު ބޮޑު ކުރުން

ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖެއަށް ތެޔޮ އެތެރެކުރަނީ ކްރެޑިޓަށް ކަމުން މިވަގުތުން ވަގުތަށް އަގުބޮޑުކުރަން ނުޖެހޭނެ ކަމަށް އަމްރު ވިދާޅުވި. ސަރުކާރުން ތެލުގެ އަގު އުފުލައިގެން ހޯދާ ފައިސާ ބޭނުންކުރަނީ ބޭކާރު ހަރަދުތަކަށް ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނާއި މަސްވެރިންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ބޭކާރު ހަރަދުތައް ހުއްޓާލައި އިގްތިސާދީ ގޮތުން ރައްޔިތުން ސަލާމަތްކުރުމަށް އަމްރު ވަނީ ގޮވާލައްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 07:18
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު.

އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު. | ރާއްޖެ އެމްވީ

ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ނިމެންދެން ކަމަށާއި، ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ހުއްޓާނުލައި ރައްޔިތުން މި ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އަމްރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 110 ޑޮލަރަށްވުރެ މަތީގައި ކަމަށެވެ. ތެލުގެ އަގުން އެންމެ ޑޮލަރެއް ބޮޑުވިޔަސް، ރާއްޖެއަށް އެތެރެކުރާ ތެލަށް އެތައް މިލިއަން ރުފިޔާއެއް އިތުރަށް ހޭދަކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތެލުގެ އަގާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ދީފައިނުވާތީ، އަމްރު ވަނީ އެކަން ހިނގާގޮތް ތަފްސީލުކޮށްދެއްވާފަ އެވެ.

ރާއްޖެއަށް ތެޔޮ އެތެރެކުރަނީ ކްރެޑިޓަށް ކަމަށާއި، ތެލަށް ފައިސާ ދެއްކުމަށް ގާތްގަނޑަކަށް ހަ މަސް ނުވަތަ އަށް މަސް ދުވަހުގެ މުއްދަތެއް ލިބޭ ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންކަމުން މިހާރު ތެލުގެ ސަޕްލަޔަރުންނަށް ފައިސާ މި ދައްކަނީ މީގެ ހަ މަސް ކުރިން ބޭނުންކުރި ތެލަށް ކަމަށާއި، މިހާރު ގެންނަ ތެލަށް ފައިސާ ދައްކަންޖެހޭނީ އަށް މަސް ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި ވަގުތުން ވަގުތަށް ތެޔޮ އިންތިހާއަށް އަގުބޮޑުކުރުމަކީ ސަރުކާރުން ނަގަންޖެހޭ ފިޔަވަޅެއް ނޫން ކަމަށް އަމްރު ފާހަގަކުރެއްވި އެވެ.

އެހެންކަމުން، މި ވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ނަގަންޖެހޭ ފިޔަވަޅަކީ އިންތިހާއަށް ތެޔޮ އަގުބޮޑުކުރުމެއް ނޫން. އެ ތެޔޮ އަގުބޮޑު މި ކުރަނީ ފަހުން ދައްކަންޖެހޭ ތެލަށް ފައިސާ ހޯދުމަށްޓަކައި. އެހެންނަމަވެސް، ވަގުތުން އެހާ ބޮޑު އަދަދެއް އުފުލައިލީމާ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އެބަ ދިމާވޭ. މަސްވެރިންނަށް ޑީސަލް ލީޓަރެއް 27 ރުފިޔާ 30 ރުފިޔާއަށް ޖެއްސުމުގެ މާނައެއް ނެތް. ހަމައެކަނި އަޅުގަނޑުމެންނަށް އެނގޭ އެންމެ ކަމެއް އޮތީ އެކަމުގައި ވާނީ. އެއީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދިޔުން. އެއީ އެ ދުވަހު ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، އެސް.ޓީ.އޯއަށް ލިބޭ ފައިދާއެއް ނެތޭ. އެ ފައިދާ މަދުކޮށްގެންނޭ އެކަން ކުރާނީ. އެހެންނަމަވެސް، އެސް.ޓީ.އޯއަށް އޭގެ ސަބަބުން މި ވަގުތު ލިބޭ ފައިދާ އިތުރުކޮށްފައި އެބައި ސަރުކާރަށް ނަގާ ވާހަކަ އެ ވިދާޅުވީ. 
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު

އަމްރު އިތުރަށް ވިދާޅުވީ ސަރުކާރުން މި ފައިސާ ނަގައިގެން ކުރަމުންދަނީ ބޭކާރު ހަރަދުތައް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ހާލަތްތަކުގައި ފިޔަވަޅު އަޅަމުންދާއިރު، ރާއްޖޭގެ ސަރުކާރުން އެއްވެސް ކަމެއް ނުކޮށް އިންތިހާބާ ހަމައަށް މަޑުކޮށްގެން ތިބުމަކީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. ރައްޔިތުން އިގްތިސާދީ ގޮތުން ގެނބެމުންދާއިރު، ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ސަރުކާރު ސަލާމަތްވާން ކަމަށާއި އެއީ ހެޔޮ ވެރިކަމެއް ކުރުން ނޫން ކަމަށް އަމްރު ވިދާޅުވި އެވެ.

ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކާއި ކޮރަޕްޝަން ހުއްޓާލައިގެން ނޫނީ ރައްޔިތުން ސަލާމަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ، މި ކަންކަން ވަގުތުން ވަގުތަށް އިސްލާހު ކުރުމަށް އަމްރު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ހުސައިން އަމްރުއެސްޓީއޯއެމްޑީޕީކައުންސިލް އިންތިޚާބުތެލުގެ އަގުކަރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

19 މާރިޗު 2026
ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި

ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި

19 މާރިޗު 2026

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު