Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި

އީރާނުން ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު އެލް.އެން.ޖީ މަރުކަޒު ހުސްކުރަން ފަށައިފި. މި ނުރައްކަލާއެކު ސައުދީގެ ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، އެ ސިޓީގެ ރައްޔިތުންނަށް މިހާރު ވަނީ ވައިގެ މަގުން ދީފާނެ ހަމަލާއެއްގެ އިންޒާރުވެސް ދީފައި. މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ވަކި ސަރަހައްދުތަކެއްގައި ދިރިއުޅޭ މީހުން ސަލާމަތީ ސަބަބުތަކަށްޓަކައި އެ ތަންތަނުން ދިއުމަށް އީރާނުން އެންގުމާ ގުޅިގެން.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 17:38
ބަހްރައިން ގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުގެ ޑްރޯންތަކަކުން ސީދާ ހަމަލާތަކެއް ދީފައިވާ މަންޒަރު.

ބަހްރައިން ގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުގެ ޑްރޯންތަކަކުން ސީދާ ހަމަލާތަކެއް ދީފައިވާ މަންޒަރު. | ޕްރެސްޓީވީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ދެމުންދާ އިންޒާރުތަކަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ގަލްފް ސަރަހައްދުގެ ގައުމުތަކުން ބަލައި، ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

އަލް ޖަޒީރާ އިން ރިޕޯޓު ކުރި ގޮތުގައި މިކަމުގެ ސީރިއަސްކަން ހާމަވާ އެއް ސަބަބަކީ، ދުނިޔޭގެ އެންމެ ބޮޑު އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) އުފައްދާ މަރުކަޒު ކަމަށްވާ ގަތަރުގެ ރަސް ލައްފާން މިހާރު ހުސްކުރަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދިއުމެވެ.

މި ހަމަނުޖެހުންތަކުގެ ކުރީކޮޅު، މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހު ވެސް އެ މަރުކަޒަށް ހަމަލާތަކެއް އަމާޒުވެފައިވެއެވެ. އެ މަރުކަޒުގެ ވެރިފަރާތް ކަމަށްވާ ގަތަރު އެނާޖީން އޭރު ބުނެފައިވަނީ، އެ ތަނުގެ އުފެއްދުންތެރިކަން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

މި ފިޔަވަޅުތަކަކީ ގަތަރާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަސްކަރީ ހަމަލާދޭނެ ކަމަށް ބުނެ އީރާނުން ދީފައިވާ އިންޒާރުތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެ އެވެ.

ބުދަ ދުވަހު އީރާނުން ނެރުނު އިންޒާރުގައި ބުނެފައިވަނީ، ވަކި ޚާއްޞަ ސަރަހައްދުތަކެއްގައި ދިރިއުޅޭ މީހުންނާއި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުތަކުން މީހުން ހުސްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމުގެ ރިޕޯޓްތައް ބުދަ ދުވަހުގެ ރޭ ވަނީ ލިބެން ފަށާފައި ކަމަށް ވެސް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެ އެވެ.

މިއާއެކު، ވައިގެ މަގުން ދީފާނެ ހަމަލާއެއްގެ ނުރައްކާ އޮތް ކަމުގެ އިންޒާރު، ރިޔާޟްގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ދީފައެވެ.

އީރާންގަތަރުޔޫއޭއީރަސް ލައްފާންއައިއާރުޖީސީއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

އިތުރަށް ކިޔާލަން

18 މާރިޗު 2026

ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

18 މާރިޗު 2026
ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް
18 މާރިޗު 2026

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

18 މާރިޗު 2026
އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ
18 މާރިޗު 2026

އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

18 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި
18 މާރިޗު 2026

ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

18 މާރިޗު 2026
ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ
18 މާރިޗު 2026

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

18 މާރިޗު 2026
އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު