Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ: ޑަބްލިޔުއެފްޕީ

އީރާނުގެ ހަނގުރާމައާ ގުޅިގެން މުދާ އުފުލުމުގެ އަގުތައް ބޮޑުވެ، އަންނަ ޖޫން މަހުގެ ނިޔަލަށް އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ޑަބްލިއުއެފްޕީން ވަނީ އިންޒާރުދީފައި. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބަނޑުހައިހޫނުކަން ރެކޯޑް މިންވަރަކަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭއިރު، މުދާ އުފުލުމުގެ ޚަރަދު 18 އިންސައްތަ އުފުލުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އޮތް ބޮޑު ގޮންޖެހުމެއް. އެހީދޭ ޖަމިއްޔާތަކުގެ ބަޖެޓު ކުޑަވެފައިވާ ދަނޑިވަޅެއްގައި މިފަދަ އިތުރު ޚަރަދުތަކާ ކުރިމަތިލާންޖެހުމުން ދުނިޔޭގެ ހާލަތު އިތުރަށް ނާޒުކުވެގެންދާނެ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 18:49
އިޒްރޭލުން ޣައްޒާ ހިސާރުކޮށް، މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ދަތިވެފައިވާ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން، ޚައިރާތު ޖަމިއްޔާއަކުން ބަހާ ކެއުން ހޯދުމަށްޓަކައި ކިއޫގައި މަޑުކޮށްލައިގެން - ޖޫން 30، 2025.

އިޒްރޭލުން ޣައްޒާ ހިސާރުކޮށް، މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ދަތިވެފައިވާ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން، ޚައިރާތު ޖަމިއްޔާއަކުން ބަހާ ކެއުން ހޯދުމަށްޓަކައި ކިއޫގައި މަޑުކޮށްލައިގެން - ޖޫން 30، 2025. | ގެޓީ އިމޭޖަސް

އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު އެތައް މިލިއަން ބަޔަކު ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން އަންގާރަ ދުވަހު އާންމުކުރި ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން، އިންސާނީ އެހީ ފޯރުކޮށްދޭ މުހިންމު މަގުތައް ބަންދުވެ، ދުނިޔޭގެ އެންމެ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ފޮނުވާ ކާބޯތަކެތީގެ ޝިޕްމަންޓްތައް ވަނީ މަޑުޖެހިފައެވެ. އީރާނުގެ ހަނގުރާމައިގެ ސަބަބުން އަންނަ ޖޫން މަހުގެ ނިޔަލަށް 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ. ކާބޯތަކެއްޗާއި، ތެލާއި، މުދާ އުފުލުމުގެ އަގުތައް އުފުލުމުގެ ސަބަބުން އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މިއާއެކު ދުނިޔޭގައި ބަނޑުހައިހޫނުކަން ތަހައްމަލުކުރާ މީހުންގެ އަދަދު މިހާރު ހުރި ރެކޯޑް އަދަދު ކަމަށްވާ 319 މިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް ޖެނީވާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑަބްލިއުއެފްޕީގެ ޑެޕިއުޓީ އެގްޒެކެޓިވް ޑައިރެކްޓަރު ކާލް ސްކާއު ވިދާޅުވިއެވެ.

ކާލް ސްކާއު ވިދާޅުވީ، މީގެ ސަބަބުން ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ މިންވަރު މިހާތަނަށް ރެކޯޑް ނުކުރެވޭހާ މަތީ މިންވަރަކަށް ދާނެ ކަމަށާއި، މިއީ ބިރުވެރި ނަތީޖާއެއް ކަމަށެވެ. އަދި މި ހަނގުރާމަ ފެށުމުގެ ކުރިންވެސް، ބަނޑުހައިހޫނުކަން ތަހައްމަލުކުރާ މީހުންގެ އަދަދަށާއި އެކަމުގެ ނުރައްކާތެރިކަމަށް ބަލާއިރު، ދުނިޔެ އޮތީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ނާޒުކު ފައްތަރެއްގައި ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، މުދާ އުފުލުމުގެ ޚަރަދު 18 އިންސައްތަ އުފުލިފައިވާ ކަމަށާއި، ބައެއް އުޅަނދުތަކުގެ ދަތުރު ކުރާ މަގު ބަދަލުކުރަން ޖެހިފައިވާ ކަމަށް ސްކާއު ވިދާޅުވިއެވެ. މީގެ އިތުރުން، އެހީދޭ ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމާ ގުޅިގެން ޑަބްލިއުއެފްޕީގެ ބަޖެޓުން ބޮޑު ބައެއް އުނިކޮށްފައިވާ ދަނޑިވަޅެއްގައި، މިފަދަ އިތުރު ޚަރަދުތަކެއް ކުރަންޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާންވޯލްޑް ފުޑް ޕްރޮގްރާމްބަނޑުހައިހޫނުކަންކާލް ސްކާއުއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް

17 މާރިޗު 2026
ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

17 މާރިޗު 2026
ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

17 މާރިޗު 2026
ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

17 މާރިޗު 2026
ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ

ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ

17 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު