Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ގަލްފު ގައުމުތަކުގެ ތެލާއި ގޭސް މަރުކަޒުތައް އަންދާ އަޅިޔަށް ހަދާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި

މި ހަމަލާތަކުގެ އަމާޒަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުގެ ތެލާއި ގޭސް އުފައްދާ މުހިންމު އުމްރާނީ ވަސީލަތްތައް ކަމަށް އީރާނުން ބުނޭ. މި ނުތަނަވަސްކަމާ ގުޅިގެން ގަތަރުން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފައިވާއިރު، މަސްލަހަތު ފިނިކުރުމަށްޓަކައި އަރަބި އަދި މުސްލިމް ގައުމުތަކުގެ ފޮރިން މިނިސްޓަރުން ރިޔާޟްގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 16:34
އީރާނުގެ ސައުތު ޕާސް ގޭސްފީލްޑުގެ ޔުނިޓެއް.

އީރާނުގެ ސައުތު ޕާސް ގޭސްފީލްޑުގެ ޔުނިޓެއް. | ރޮއިޓާސް

އީރާނުގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާއާ ގުޅިގެން އައިއާރުޖީސީން "ވަރުގަދަ އަދި ސާފު އިންޒާރެއް" ނެރެފި އެވެ.

އައިއާރުޖީސީގެ ޚާތަމް އަލް-އަންބިޔާ ހެޑްކުއާޓާޒްގެ ތަރުޖަމާނަކު ވަނީ އީރާނުގެ ހަކަތައާއި ތެލުގެ ވަސީލަތްތަކަށް ހަމަލާދިން ފަރާތްތަކުގެ "ތެޔޮ އަދި ގޭސް އުފައްދާ އުމްރާނީ ވަސީލަތްތައް" އެންމެ އަވަސް ފުރުސަތެއްގައި "އަންދާލައި އަޅިއަށް ހަދާލާނެ" ކަމަށެވެ.

އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ މި ބަޔާނުގައި ބުނެފައިވަނީ، މިއީ އީރާނުގެ ދެކުނުގައި ހުރި ތެލާއި ހަކަތައިގެ ބައެއް ވަސީލަތްތަކަށް ހަމަލާދިން މުޖުރިމުންނަށް ދޭ ވަރުގަދަ އަދި ސާފު އިންޒާރެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "މުޖުރިމް އެމެރިކާގެ ފިނޑި އަދި އިސްތިއުމާރީ ސިފައިންނާއި، އަނިޔާވެރި އަދި ކުޑަކުދިން މަރާ ޒަޔަނިސްޓް ރެޖީމަށް އަހަރެމެން އިއުލާން ކުރަނީ، ތިޔަބައިމީހުންގެ ސިފައިން ކަނޑަށް އުކާލައި، ތިޔަބައިމީހުންގެ އިއްޒަތް ވައިގެ ތެރެއަށް ބުރުވާލާނެ" ކަމަށެވެ.

އީރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ބުދަ ދުވަހު އާންމުކުރި ބަޔާނެއްގައިވާ ގޮތުން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރުގައި ހުރި ފަސް މަރުކަޒަކަށް "ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި ހަމަލާދޭނެ" ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އީރާނުގެ މި އިންޒާރުގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ސޭމްރެފް ރިފައިނަރީ އާއި ޖުބައިލް ޕެޓްރޯކެމިކަލް ކޮމްޕްލެކްސް، ޔޫ.އޭ.އީގެ އަލް-ހުސްން ގޭސް ފީލްޑް، އަދި ގަތަރުގެ އަލް-މަސައިދު ހޯލްޑިންގް އެންޑް ޕެޓްރޯކެމިކަލް ކޮމްޕްލެކްސްގެ އިތުރުން ރަސް ލައްފާން ރިފައިނަރީގެ ފޭސް 1 އަދި 2 ހިމެނެއެވެ.

މި އިންޒާރު ދީފައިވަނީ އީރާނުގެ ދެކުނު ބުޝެހްރު ޕްރޮވިންސްގެ އައްސޭރިފަށުގައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު ގޭސްފީލްޑް ކަމަށްވާ ސައުތު ޕާސްއާ ގުޅުންހުރި ގޭސް އުފައްދާ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ތަސްނީމް ނިއުސް އެޖެންސީން އާންމުކުރި އީރާނުގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމްގެ ބަޔާނެއްގައި ބުނެފައިވަނީ، ބައެއް މަރުކަޒުތަކަށް ގެއްލުން ލިބިފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި ގޭސްފީލްޑުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އެ ގައުމުގެ ވައިގެ ސިފައިންނެވެ.

ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ، އިޒްރޭލާއި އެމެރިކާއިން ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. މީގެ ތެރޭގައި ތެޔޮ އުފައްދާ މަރުކަޒުތައްވެސް ހިމެނެއެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން އިތުރުވަމުންދާއިރު، މެދުއިރުމަތީގެ ގައުމުތަކަށާއި ގަލްފުގެ އަރަބި ގައުމުތަކަށް އަމާޒުކޮށް އީރާނުން ދޭ މިސައިލާއި ޑްރޯން ހަމަލާތައްވެސް ދަނީ ކުރިއަށެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ގަލްފުގެ މުހިންމު ކަނޑުއޮޅި ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

އީރާނުން ބުނަމުންދަނީ އެ ގައުމުން ހަމަލާދެނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. ނަމަވެސް، ގަލްފުގެ ލީޑަރުން ތަކުރާރުކޮށް ވިދާޅުވަމުންދަނީ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ހަމަލާތަކެއް ކަމަށާއި، މި ހަމަލާތައް އަމާޒުވަނީ އާންމުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ކަމަށެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ބުދަ ދުވަހު ވަނީ އިޒްރޭލުން ސައުތު ޕާސްއަށް ހަމަލާދިނުން ކުށްވެރިކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނުގެ އެ ގޭސްފީލްޑަކީ ގަތަރުގެ ނޯތު ފީލްޑްގެ ބައެކެވެ.

މި ހަމަލާއަކީ "މިހާރު ސަރަހައްދުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރޭގައި އެޅި ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ ފިޔަވަޅެއް" ކަމަށް ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި އަލް-އަންސާރީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ލިޔުއްވާފައިވަނީ، "ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކުރުމަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށާއި، ސަރަހައްދުގެ ރައްޔިތުންނަށާއި ތިމާވެއްޓަށް އޮތް ނުރައްކަލެއް" ކަމަށެވެ.

"މުހިންމު ވަސީލަތްތަކަށް ހަމަލާދިނުމުން ދުރުހެލިވުމުގެ މުހިންމުކަން އަޅުގަނޑުމެން ތަކުރާރުކޮށް ފާހަގަކުރަން. ހުރިހާ ފަރާތްތަކަކުންވެސް ކެތްތެރިކަން އިސްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުކުރެވޭނެ ގޮތަކަށް މަސްލަހަތު ފިނިކުރުމަށް މަސައްކަތް ކުރުމަށް ގޮވާލަން."

ދުބާއީން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ޒައިން ބަސްރާވީ ބުނީ، ގަލްފުގެ ގައުމުތަކުން މަސައްކަތް ކުރަމުންދަނީ ހަނގުރާމަ ހުއްޓުވުމަށްޓަކައި "މަގެއް ހޯދުމަށް" ކަމަށެވެ.

ނަމަވެސް ބަސްރާވީ ބުނި ގޮތުގައި، "ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް ގޮވާލި ނަމަވެސް، ދެ ފަރާތުން ދެމުންދާ ހަމަލާތަކާއި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާހާ ހިނދަކު، ކުރިއަށްދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތެއް ނެތެވެ."

މި މައްސަލައާ މެދު މަޝްވަރާ ކުރުމަށްޓަކައި، އަރަބި އަދި މުސްލިމް ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބުދަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ބާއްވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މަސްދަރު: އަލް ޖަޒީރާ

ސައުތު ޕާސްއައިއާރުޖީސީގަތަރުއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

18 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި

ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި

17 މާރިޗު 2026
އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ: ޑަބްލިޔުއެފްޕީ

އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ: ޑަބްލިޔުއެފްޕީ

17 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް

17 މާރިޗު 2026
ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

17 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު