Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލް

އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

އީރާނުގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ހަތް ހުށަހެޅުމެއް ފާސްކޮށްފައި. މީގެ ތެރޭގައި ކާބޯތަކެއްޗާއި ހަކަތައިގެ ސްޓޮކް މޮނީޓަރުކުރުމާއި، ޚަރަދު ކުޑަކުރުމަށްޓަކައި ރޭގަނޑު 12 ގެ ފަހުން އާންމު މައިޒާންތަކުގެ ބައްތިތައް ނިއްވާލުމުގެ އިތުރުން، ނާޒުކު އާއިލާތަކަށް ދަނޑުވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުން ހިމެނޭ. އަދި އަސާސީ މުދަލުގެ އަގަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލައި ޤަރާރެއް ނެރުމަށްވެސް އެ ކައުންސިލުން ވަނީ ނިންމާފައި.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 17:37
ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އާންމު ބައްދަލުވުމުގެ ތެރެއިން

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އާންމު ބައްދަލުވުމުގެ ތެރެއިން | ކުޅުދުއްފުށި ސިޓީ ކައުންސިލް

އީރާނުގެ ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސިޓީ ފެންވަރުގައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ނިންމުންތަކެއް ނިންމައިފި އެވެ.

މި ނިންމުންތައް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 6 ވަނަ ކުއްލި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 5 ކައުންސިލަރުންގެ އިއްތިފާޤުން ވަނީ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަމާއި އަސާސީ ބޭނުންތައް ކަށަވަރުކުރުމަށްޓަކައި 7 ހުށަހެޅުމެއް ފާސްކޮށްފަ އެވެ.

Advertisement - newsAdvertisement

ކައުންސިލުން ނިންމި އެންމެ މުހިންމު އެއް ކަމަކީ، ރަށުގެ ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތެޔޮ، ގޭސް، ފެން، އަދި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ކޮންމެ ހަފްތާއަކު އެއްފަހަރު މޮނީޓަރ ކުރަމުން ގެންދިއުމެވެ.

މިގޮތުން ހަނގުރާމައިގެ ހާލަތާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްޓަކައި، ރަށުގެ ޕާކުތަކާއި މައިޒާންތަކުގެ ބައްތިތައް ރޭގަނޑު 12 ގެ ފަހުން ނިއްވާލުމަށްވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ވަނީ މުހިންމު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުމަށް ސޯޝަލް މީޑިއާ ކެންޕެއިން އެއް ހިންގުމަށާއި, ރަށަށް ކަނޑައަޅާފައިވާ ސޯލަރ ކޯޓާގެ ޕަސެންޓޭޖް ބޮޑުކޮށްދިނުމަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ސިޓީ ފޮނުވައި, ބައެއް ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ދަނޑު ބިންތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރަން ހުޅުވާލުން ހިމެނެ އެވެ.

މިކަންކަމުގެ އިތުރުން ރަށުގައި ފަޤީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ބަލައި، ކާބޯތަކެތީގެ ދަތިކަމެއް ހުރިނަމަ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށްވެސް ކައުންސިލުން ވަނީ އިޤްރާރުވެފަ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މި ބައްދަލުވުން ނިންމާލާފައިވަނީ ވަރަށް މުހިންމު ޤަރާރެއް ނެރުމަށް ނިންމަމުންނެވެ. އެ ޤަރާރުގައި ތެލާއި ގޭހުގެ ވިޔަފާރިއަށާއި ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ ހުއްދަ އަވަސްކުރުމަށާއި، ހަނގުރާމައިގެ ސަބަބުން އަސާސީ ޚިދުމަތްތަކާއި މުދަލުގެ އަގަށް އަންނަ ބަދަލުތަކުގެ ސާފު މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސަރުކާރަށް ގޮވާލުމަށް ވަނީ ހިމަނާފަ އެވެ.

މި ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކަމަށް ފާހަގަކޮށްްލެވެ އެވެ.

އީރާންކުޅުދުއްފުށި ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

18 މާރިޗު 2026
އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ: ޑަބްލިޔުއެފްޕީ

އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ: ޑަބްލިޔުއެފްޕީ

17 މާރިޗު 2026
ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

17 މާރިޗު 2026
ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

17 މާރިޗު 2026
ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

17 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު