Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްކިތް ސޯލާ ކުރުމުގެ ކްރެޑިޓް ނެގުން

ކުރިނބީ މިސްކިތް ސޯލާ ކުރީ ކައުންސިލުން ކަމަށް ބުނެ އަމިއްލަ ފަރާތަކުން ކުރި މަސައްކަތުގެ ކްރެޑިޓް ޕީއެންސީ އިން ނަގައިފި

ހދ. ކުރިނބީ މިސްކިތް ސޯލާކުރުމުގެ މަސައްކަތަކީ ކައުންސިލުން ކުރި ކަމެއް ކަމަށް ބުނެ، އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ދެއްކެވި ވާހަކަތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ. މި މަޝްރޫއަކީ ކުރިނބީ ޔޫތް މޫވްމަންޓް' އާއި 'ހިދުމަތް' ޖަމިއްޔާއާއި އާންމުންގެ އެހީއާއެކު، ދެލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ އަމިއްލަ މަސައްކަތެއް ކަމަށް އެ ފަރާތްތަކުން ބުނޭ. އެހެންކަމުން، ސިޔާސީ ބޭނުމަށްޓަކައި ޖަމިއްޔާތަކުގެ މަސައްކަތުގެ ކްރެޑިޓް ކައުންސިލުން ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 14:29
ކުރިނބީ މިސްކިތުގައި ސޯލާ ހަރުކުރަން ކުރިނބީ ޔޫތް މޫވްމަންޓުން ސޯލާ ޕެނަލް ގެނެސް ދޯނިން ބާލަނީ

ކުރިނބީ މިސްކިތުގައި ސޯލާ ހަރުކުރަން ކުރިނބީ ޔޫތް މޫވްމަންޓުން ސޯލާ ޕެނަލް ގެނެސް ދޯނިން ބާލަނީ | ރާއްޖެ އެމްވީ

ހދ. ކުރިނބީ މަސްޖިދުލް އީސާ، ސޯލާ ކުރީ ކައުންސިލުން ކަމަށް ބުނެ، އެރަށުގެ ކައުންސިލަށް ވާދަކުރާ މިހާރުގެ ވެސް ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް އަމިއްލަ ފަރާތަކުން ކުރި މަސައްކަތުގެ ކްރެޑިޓް ނަގައިފި އެވެ. 

ކުރިނބީގައި ހުންނަ މިސްކިތް ސޯލާ ކޮށްފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް ޕީއެންސީ އިން ކުރިނބީގައި ބޭއްވި ޖަލްސާގައި، ޕީއެންސީގެ ޓިކެޓުގައި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ މިހާރުގެ ކުރިބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް އޭނާ ގެންގުޅޭ ލިސްޓުގައި ހުރި ބައެއް ކަންކަން ހައިލައިޓް ކޮށްލާނެ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ ލިސްޓުގައި ހުރި 75 އައިޓަމެއް އޭނާ ހިތުދަސްވާނެ ކަމަށެވެ. އަދި އެއީ އޭނާ އަތުން ހިސާބު ޖަހައިގެން ކޮށްފައި ހުރި މަސައްކަތް ކަމަށެވެ. އެގޮތުން މިސްކިތުގައި ސޯލާ "އަޅުގަނޑުމެން" ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އަދި މީގެ ކުރިން ކަރަންޓް ބިލަށް ވަރަށް ބޮޑެތި އަދަދުތައް މިސްކިިތަށް ދައްކަމުން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީ ހަރުކުރުމުން، ކައުންސިލުން ލިބޭ ކުޑަ އާމްދަނީ އިން މެނޭޖް ނުކުރެވުމުން، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެތަނުގެ ކަރަންޓް ބިލް "ޒީރޯ" ކޮށްފައި ހުންނާނެ ކަމަށެވެ. އަދި މިއީ ކައުންސިލުން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނަމަވެސް މި މަސައްކަތް ކޮށްފައިވަނީ ކުރިނބީގައި އޮންނަ 'ކުރިނބީ ޔޫތް މޫވްމަންޓް އާއި ހިދުމަތް ޖަމިއްޔާ އިން ކޮށްފައިވާ މަސައްކަތެކެވެ. މިކަމާއި ގުޅިގެން ކުރިނބީ ޔޫތް މޫވްމަންޓްގެ ކުރީގެ ރައީސް އާދަމް ޝަޒީމް ވިދާޅުވީ، ކުރިނބީ މިސްކިތް ސޯލާ ކުރުމަކީ ރާއްޖޭގެ އެތައް ބަޔަކު އެކަމަކަށް އެހީތެރިކަން ލިބިގެން ކުރިކަމެއް ކަމަށެވެ. މިގޮތުން ކްރައުޑް ފަންޑިންގެ ގޮތުގައި ޖަމިއްޔާ އިން 130،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. 

އެއަށްފަހު ހިދުމަތް ޖަމިއްޔާއިން ބިނާ ޕްރޮޖެކްޓް މަސައްކަތް ކުރުމަށް އެރަށަށް އައިސް ޖަމިއްޔާއާ ބައްދަލުކުރި އިރު ސޯލާ ޕްރޮޖެކްޓަކަށް އެހީތެރިކަން އެދުމުން އެފަރާތުން ވަނީ އެ އެހީތެރިކަން ފޯރުކޯށްދިނުމަށް އެއްބަސްވެފައި ކަމަށެވެ. އަދި ޖަމިއްޔާ އިން ވަނީ ލިބުނު ފަންޑް އެއްކޮށް އެ ޖަމިއްޔާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ސިޔާސީ ބޭނުމަށް ޕީއެންސީ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ އެ ޕްރޮޖެކްޓަކީ ކައުންސިލްގެ ޕްރޮޖެކްޓެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޝަޒީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަަށާއި، މިއީ ޖަމިއްޔާއިން ދެލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިކަމެއް ކަމަށެވެ. ނަމަވެސް އެގޮތަށް ކްރެޑިޓް ނެގުމަކީ ޖަމިއްޔާގެ މެންބަރުންނަށް ދެވޭ ދެރައެއްކަމަށް އޭނާ ވިދާޅުވި އެވެ. 

ހދ. ކުރިނބިމަސްޖިދުލް އީސާއަބްދުﷲ އަސްލަމްޕީއެންސީކުރިނބީ ޔޫތު މޫވްމަންޓްހިދުމަތް ޖަމިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

19 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026
އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

17 މާރިޗު 2026
އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު