Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ބޭއްވި ޖަލްސާގައި، ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދެމުންދާ ކަމަށް ކުރީގެ މެންބަރު ރާއި ތުހުމަތު ކުރެއްވި. އަދި ގައުމީ މަޖިލީހުގެ މެމްބަރު އިހުސާން ވަނީ އެޕްރިލް މަހު ބާއްވާ ރެފަރެންޑަމް އަކީ ސްކޭމެއް ކަމަށް ވިދާޅުވެފައި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 17 މާރިޗު 2026 | އަންގާރަ 19:18
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއި

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއި | ރާއްޖެ އެމްވީ

ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރާއި ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް ރާއި ވަނީ ވާހަކަދައްކަވާފަ އެވެ.

Advertisement - newsAdvertisement

ރާއި ވަނީ ފެށުނީއްސުރެ ސަރުކާރުން ރައްޔިތުންގެ އަޑު ނާހާ ރައްޔިތުން ނިކަމެތިކުރަމުންދާ ކަަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ރާއި ވަނީ މިހާރު ވެސް ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރުން އެތައް ވަޒީފާތަކެއް ދެމުންދާ ކަން ފާހަގަކޮށްފަ އެވެ. މިދިޔަ 10 ވަރަކަށް ދުވަހުގެެ ތެރޭގައި މުޅި ރާއްޖެ އިން އެމްޓީސީސިީ އަށް 300 އަށް ވުރެ ގިނަ މުވައްޒަފުން ނަގާފައިވާ އިރު އެއިން ކޮންމެ މީހަކަށް މަދުވެގެން 10،000 ރުފިޔާ ލިބޭނެ ކަމަށް ރާއި ވިދާޅުވި އެވެ. މިއީ ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދެވަނަ ދައުރެއް ހޯދާދިނުމަށް ކުރަމުންދާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ދެވަނަ ދައުރެއް ހޯދަން މަކަރުވެރިކަމާއި އެކު މަސައްކަތް ކުރަނީ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި އެއްކޮށްލައިފި ނަމަ މިހާރު ވެސް ތިބި މަޖިލިސް މެމްބަރުން ބަސް ނުބުނެ ތިބި މެމްބަރުން ރައްޔިތުންގެ މައްޗަށް ބަސް އިއްވަން ތިބޭނީ. އެކަމަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން  އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވީ ރެފަރެންޑަމް އަކީ ސްކޭމެއް ކަމަށެވެ. އެފަދަ ސްކޭމްތަކަކީ ސްކޭމް އެއްކަން އެނގެނީ ވެސް ވަގުތު ފާއިތުވެ ދާ ފަހުން ކަމަށެވެ. ފެންނަ ނުފެންނަ ވޯޓާއި ގުޅޭ އެކަށީގެންވާ މައުލޫމާތު ދިވެހިންނާއި ހަމައަށް އެމްޑީޕީ އިން ގެނެސްދެނީ އެ ސަބަބާއި ހުރެ ކަމަށް އިހުސާން ވިދާޅުވި އެވެ. ފެންނަ ނުފެންނަ ވޯޓެއް ނަގަން ވާނީ ވަރަސް ފުރިހަމަ އަށް އާއްމުންނަށް އެ ވޯޓާއި ގުޅޭ މައުލޫމާތު ދީގެން ކަމަށް އިހުސާން ވިދާޅުވި އެވެ.

"ޕީއެސްއެމްގެ މަސްއޫލިއްޔަތަކީ ރައްޔިތުންނަށް އެކަމެއްގެ އެންމެ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުން. ނަމަވެސް މިއަދު ޕީއެސްއެމް އަށް އެމްޑީޕީ އިން ދިޔައީމަ ޕީއެސްއެމް އިން ވިދާޅުވަނީ މިހާތަނަށް ކަން ކުރެވުނީ ރަނގަޅަކަށް ނޫނޭ. ގާނޫނުގައި ދޭ މުއްދަތު ފަހަނައަޅާ ގޮސް އިންތިޚާބަށް ދެ ހަފްތާ އަށް ވީމަ މިކަން ރޭކާ މިލީ." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އެންމެ ބާރުވެރި ބަޔަކީ ރައްޔިތުން ކަމަށެވެ. ރައްޔިތުންގެ ބާރު އަޑު ނާހާ، އެ އަޑު އެހުން މަދުވާ ގޮތަށް ނަގާ ވޯޓަކީ ރައްޔިތުންނަށްޓަކައި ނަގާ ވޯޓަކަށް ނުވާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.

މެމްބަރު މުހައްމަދު ރާއިއެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުޕީއެންސީމުހައްމަދު އިހުސާންއެމްޓީސީސީ

އިތުރަށް ކިޔާލަން

17 މާރިޗު 2026

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

17 މާރިޗު 2026
އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް
17 މާރިޗު 2026

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026
އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި
17 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!
17 މާރިޗު 2026

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް
17 މާރިޗު 2026

ޝާހިދުގެ އިލްތިމާސް: ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާ!

17 މާރިޗު 2026
ޝާހިދުގެ އިލްތިމާސް: ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު