Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

ހުޅުމާލޭގައި އެމްޑީޕީގެ ކެންޑިޑޭޓުން ހަރުކުރި ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތަކަށް އެޗްޑީސީގެ މުވައްޒަފުން ގެއްލުންދީ ނަގަމުންދާ ކަމަށް ބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން ފުރުސަތު ފަހިކޮށްދޭއިރު، އިދިކޮޅު ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭ ކަމަށް އެމްޑީޕީން ތުހުމަތު ކުރޭ. މި އަމަލަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅުމަށް ސަރުކާރުން ރާވައިގެން ހިންގާ ނާތަހުޒީބު އަމަލެއް ކަމަށް ބުނެ އެކަން ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 14:52
ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީ ކެންޑޭޓުންގެ ޕޯސްޓަރުތައް ނަގަނީ

ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީ ކެންޑޭޓުންގެ ޕޯސްޓަރުތައް ނަގަނީ | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ފުރުސަތު ފަހިކޮށް ދެމުންގެންދާތީ އާ އެޗްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ބައެއް ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީފައިވާ ތީ އެ ޕާޓީ އިން އެކަން ކުށްވެރި ކޮށްފި އެވެ. 

މިކަމާ ގުޅިގެން އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ބޭނުންވާ ތަކެތި ދެމުމަށާއި ހަރުކުރުމަށް ތަކުރާރުކޮށް އެޗްޑީސީގައި އެދުމުން ވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ފުރުސަތު ފަހިކޮށްދީފައި ނުވާ ކަމަށެވެ. އަދި އެކަމަށް އެދި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކަށް ޖަވާބެއް ވެސް ދީފައި ވެސް ނުވާ ކަމަށެވެ. 

ހުޅުމާލޭގައި ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހުއްދީފައި ނުވާ އިރު، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތައް ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ވެސް ބަހައްޓާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ. 

އެމްޑީޕީ އިން ބުނީ ކެމްޕޭން ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް އެޗްޑީސީއިން ހުއްދަ ދީފައި ނުވާތީ އަދި އެކަމަށް ތަކުރާރުކޮށް އެދިގެން ވެސް އެއްވެސް ޖަވާބެއް އެޗްޑީސީގެ ފަރާތުން ދީފައި ނުވާތީ އެހެން އިންތިހާބުތަކުގައި ވެސް ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާ ހަރުކުރާ އުސޫލުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ބެނާއާއި ޕޯސްޓަރުތައް ހުޅުމާލޭގައި ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެޗްޑީސީއިން ވަނީ އެޗްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ބައެއް ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީ އެތަކެތި ނަގާފައި ކަމަށް ބަޔާނުގައި ވެ އެވެ. 

އެ ޕާޓީ އިން ބުނީ އެޗްޑީސީގެ މި އަމަލުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމަށް ސަރުކާރު އަޑީގައި އޮވެ ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް އެމްޑީޕީއިން ގަބޫލު ކުރާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުކުރުމަށާއި ހަމަހަމަކޮށް ހުރިހާ އެންމެނާ މެދު ވެސް އަމަލު ކުރުމަށް ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މަފުހޫމުތަކާއި ސީދާ ދެކޮޅަށް ސަރުކާރު އަޑީގައި އޮވެ ހިންގަމުންދާ މި ފަދަ ނާތަހުޒީބު އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލާ ކަމަށެވެ. 

ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑީއޯތަކެއް އާއްމު ވެފައިވާއިރު އެޗްޑީސީގައި މަސައްކަތް ކުރާ ބަޔަކު މި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ދެމީހަކު ޕޯސްޓަރުތައް ނައްޓާލައި، ފަހަތުގައި އޮންނަ ޕިކަޕުގެ ތެރެއަށް ޕޯސްޓަރުތައް ލަ އެވެ. އޭގެފަހުން އެ ދެމީހުން ސައިކަލަށް އަރައިގެން ނައްޓާލާއިރު، އެޗްޑީސީގެ ޓީޝާޓުލައިގެން އަންނަ ފިރިހެނަކު ފެނެ އެވެ. އަދި އޭނައާ ސުވާލު ކުރުމުން މި ޕޯސްޓަރުތައް ނަގަމުން ދަނީ ހުއްދަ ނުނަގާ ހަރުކޮށްފައިވާ އެއްޗެހި ކަމަށްވާތީ ކަމަށް ބުނެފައިވެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އެޗްޑީސީޕީއެންސީއެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026
ވައުދުވި ތާރީހަށް ވުރެ ދެ މަސް ދުވަސް ފަހުން، ކައުންސިލް އިންތިޚާބާއި ދިމާކޮށް ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްދީފި

ވައުދުވި ތާރީހަށް ވުރެ ދެ މަސް ދުވަސް ފަހުން، ކައުންސިލް އިންތިޚާބާއި ދިމާކޮށް ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްދީފި

17 މާރިޗު 2026
ޝާހިދުގެ އިލްތިމާސް: ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާ!

ޝާހިދުގެ އިލްތިމާސް: ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާ!

17 މާރިޗު 2026
ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ

ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ

17 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު