Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީ

އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީގެ މުވައްޒަފުން ފަތިހުގެ ވަގުތެއްގައި ވަނީ ނަގާފައި. މި ޕޯސްޓަރުތައް ނަގާފައިވަނީ ހުއްދަ ނުނަގާ ހަރުކޮށްފައިވާތީ ކަމަށް އެވަގުތު އެސަރަހައްދުގައި އެޗްޑީސީގެ މުވައްޒަފަކު ބުނެފައިވޭ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ޕޯސްޓަރުތައް ހަރުކުރުމުގައި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާ މައްސަލައާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 08:40
އެމްޑީޕީ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީގެ މުވައްޒަފުން ނަގަނީ.

އެމްޑީޕީ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީގެ މުވައްޒަފުން ނަގަނީ. | ރާއްޖެއެމްވީ

ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑީއޯ އެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

މި ވީޑިއޯ އާއްމުވީ ހޯމަ ދުވަހު އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގައި މަސައްކަތް ކުރާ ބަޔަކު މި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ދެމީހަކު ޕޯސްޓަރުތައް ނައްޓާލައި، ފަހަތުގައި އޮންނަ ޕިކަޕުގެ ތެރެއަށް ޕޯސްޓަރުތައް ލަ އެވެ. އޭގެފަހުން އެ ދެމީހުން ސައިކަލަށް އަރައިގެން ނައްޓާލާއިރު، އެޗްޑީސީގެ ޓީޝާޓުލައިގެން އަންނަ ފިރިހެނަކު ފެނެ އެވެ. އަދި އޭނައާ ސުވާލު ކުރުމުން މި ޕޯސްޓަރުތައް ނަގަމުން ދަނީ ހުއްދަ ނުނަގާ ހަރުކޮށްފައިވާ އެއްޗެހި ކަމަށްވާތީ ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން ޕޯސްޓަރުތައް ހަރުކުރެވޭނެ ތަންތަނާއި، ހަރުނުކުރެވޭނެ ތަންތަން ގެޒެޓް ކޮށްފައިވާ ކަމަށް އެ މުވައްޒަފު ބުނެ އެވެ. އަދި އެ މަގުގައި ޕޯސްޓަރު ހަރުނުކުރެވޭނެތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ބުނީ އެކަން ކުރެވޭނީ ވަކި ހުއްދަތަކެއް ނަގައިގެން ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް ވަނީ އަމާޒުވެފަ އެވެ. އެޗްޑީސީގެ މުވައްޒަފުން ފަތިހުގެ ވަގުތު ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަނީ އެކަން ރައްޔިތުންނަށް ސިއްރުން ކުރުމުގެ މަގުސަދުގައި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ޕޯސްޓަރުތައް އެޗްޑީސީން ނަގާއިރު، ހުޅުމާލެ ފޭސް- 1 އަދި 2 ގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބިލްބޯޑުތައް ވަރަށް ގިނައިން ހަރުކޮށްފައިވެ އެވެ. އަދި ޕޯސްޓަރާއި، ބިލްބޯޑުތައް ހަރުކުރުމުގެ މަސައްކަތުގައި އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ. 

އެމްޑީޕީއެޗްޑީސީޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަނޑުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަނޑުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

16 މާރިޗު 2026
ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީ ކެންޑޭޓުންގެ ޕޯސްޓަރުތައް ނަގަނީ، މިނިވަން މުއައްސަސާތައް ނިދީގައި

ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީ ކެންޑޭޓުންގެ ޕޯސްޓަރުތައް ނަގަނީ، މިނިވަން މުއައްސަސާތައް ނިދީގައި

16 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތ އަދި ފ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތ އަދި ފ އަތޮޅަށް ފުރާވަޑައިގެންފި

16 މާރިޗު 2026
 "އިންތިޚާބު އެއްކޮށްލުމާއި މެދު ނަގާ ރެފަރެންޑަމް އަކީ ދިވެހިންގެ ހުރިހާ ތަރައްޤީ އެއް ޖަހައިގަންނަން ހިންގާ ޖަރީމާ އެއް"

"އިންތިޚާބު އެއްކޮށްލުމާއި މެދު ނަގާ ރެފަރެންޑަމް އަކީ ދިވެހިންގެ ހުރިހާ ތަރައްޤީ އެއް ޖަހައިގަންނަން ހިންގާ ޖަރީމާ އެއް"

15 މާރިޗު 2026
އެންމެފަހުން ޕާކާއި މައިޒާންތަކަކީ ވެސް ތަރައްޤީކަމަށް ޕީއެންސީ ކެންޑިޑޭޓުންނަށް ޤަބޫލުކުރަން މަޖުބޫރުވެއްޖެ ދޯ އެވެ؟

އެންމެފަހުން ޕާކާއި މައިޒާންތަކަކީ ވެސް ތަރައްޤީކަމަށް ޕީއެންސީ ކެންޑިޑޭޓުންނަށް ޤަބޫލުކުރަން މަޖުބޫރުވެއްޖެ ދޯ އެވެ؟

15 މާރިޗު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު