Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިޚާބުތައް އެއްކޮށްލުން

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

އިންތިޚާބުތައް މަދުކުރުމުން ސިޔާސީ ހަމަޖެހުން ލިބޭނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ފައިސަލް ނަސީމް ރައްދުދެއްވި. އޭނާ ވިދާޅުވީ އިންތިޚާބުތައް އޮތުމަކީ ވެރިން ރަށްރަށަށް ގޮސް ރައްޔިތުންގެ ޝަކުވާތައް އަޑު އަހައި، ވައުދުތައް ފުއްދުމަށް ބާރުލިބޭ ކަމެއް ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 19:13
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން ކަމަށާއި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު ނަގާ ރެފަރެންޑަމް ވޯޓުގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ގެއްލުވާލުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ފައިސަލް ވަނީ އިންތިޚާބުތައް މަދުވުމުން ސިޔާސީ ހަމަނުޖެހުން މަދުވާ ކަމެއް ކަމަށް ސަރުކާރުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވާފަ އެވެ. އެގޮތުން އިންތިޚާބުތައް އޮތުމަކީ ސިޔާސީ ހަމަ ނުޖެހުމެއް އުފެދެން ޖެހޭ ސަބަބެއް ނޫން ކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. ޕީއެންސީގެ ފިކުރުގެ ވެރިކަމެއް ކުރިން އޮތް އިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި މެދު ހިތްހަމަ ނުޖެހިގެން ކޯޓަށް ދިޔަ ކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ ފިކުރުގެ މީހުން ވޯޓާއި މެދު އަމަލު ކުރާ ގޮތަކީ އެއީ ކަމަށެވެ.  

Advertisement - newsAdvertisement

ފައިސަލް ވަނީ އެންމެންނަށް ޤާނޫނުއަސާސީ އިން ލިބިދޭ ހައްގުތައް ގެއްލުވާލާ ގޮތަށް ކަންކަން މަގުފަހިކުރުމަކީ އެއީ ހަމަނުޖެހުމަށް މަގުފަހިކުރުން ކަމަށެވެ. މީގެ އިތުރުން، ފައިސަލް ވަނީ ފެންނަ ނުފެންނަ ބޮޑު އިންތިޚާބެއް ބާއްވާ އިރު މިހާރު ޕީއެސްއެމް އިން އަމަލު ކުރަމުން ދަނީ ހަމަނުޖެހުން އުފެދޭ ގޮތަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ވަކި ކަމެއް ޕްރޮމޯޓްކޮށް ފެންނަ ވޯޓެއްގެ ގޮތުގައި މި ޕްރޮމޯޓް ކުރަނީ. އެއަށް ވުރެ ބޮޑު ހަމަ ނުޖެހުމެއް ހިންގޭނެތޯ؟ މީ ނޫންތޯ ހަމަ ނުޖެހުމަކީ. އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ އިންތިޚާބުތައް މަދުވީމަ ސިޔާސީ ހަމަޖެހުން އިތުރުވާ ކަމަކަށް. އިންތިޚާބެއް ނެތިއްޔާ ވެރިއަކު ނުދާނެ ރަށްރަށަކަށް." ފައިސަލް ވިދާޅުވި އެވެ. 

މިހާރު ވެސް ވެރިން ރަށްރަށަށް ދަތުރުކުރަނީ ގިނައިން އިންތިޚާބުތަކާއި ދިމާކޮށް ކަމަށާއި އެގޮތަށް ވެރިން ރަށްރަށަށް ގޮސް އުޅުމަކީ ރަށްރަށުގެ ތަރައްޤީ އާއި ގުޅުން ހުރި ކަންކަމުގެ ވާހަކަދައްކަން ރައްޔިތުންނަށް ފުރުސަތު ލިބޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. އެއް އިންތިޚާބަށް ވާ ވައުދުތައް ދެ ވަނަ އިންތިޚާބާއި ހަމައަށް ދާއިރު ނުފުއްދޭ ނަމަ ވެރިން ލަދު ގަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ވައުދުތައް ފުއްދަން ބާރު އެޅޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބޭ ކުރިއެރުންތައް ލިބުމުގައި އިންތިޚާބުތައް އަދާކުރާ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ފައިސަލްޕީއެންސީޕީއެސްއެމްލާމަރުކަޒީ ނިޒާމުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026
ވައުދުވި ތާރީހަށް ވުރެ ދެ މަސް ދުވަސް ފަހުން، ކައުންސިލް އިންތިޚާބާއި ދިމާކޮށް ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްދީފި

ވައުދުވި ތާރީހަށް ވުރެ ދެ މަސް ދުވަސް ފަހުން، ކައުންސިލް އިންތިޚާބާއި ދިމާކޮށް ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްދީފި

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

16 މާރިޗު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު