Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މުޙައްމަދު މުޢިއްޒު

މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު

ޝިފާޒު ވިދާޅުވީ، މި ސަރުކާރުގެ ކޮރަޕްޝަނާއި ނުކުޅެދުންތެރިކަމުގެ ސަބަބުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް. ގައުމުގެ ހިންގުން ބޮއްސުންލައި، ތެލާއި ގޭސް ފަދަ ތަކެތިން ރައްޔިތުން މަހުރޫމްވަމުންދާތީ، މި ހާލަތުން އަރައިގަތުމަށް އެމްޑީޕީން އިސްވެ ގައުމު އިސްލާހުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި. އަދި ވިދާޅުވީ ސަރުކާރުގެ ޣައިރު ގާނޫނީ އަމަލުތަކަށް ވާގިވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 10:56
އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ ކަމަށާއި، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި ޝިފާޒު ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައަށް ދިވެހި ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށާއި، ވަމުންދާ ގޮތް ވަރަށް ގާތުން ބަލަން ޖެހޭ ކަމަށެވެ.

ޝިފާޒު ވިދާޅުވީ ރަމާޟާން މަސް އައުމުގެ ކުރިން ގޭހަށް ޖެހިފައި ކަމަށާއި، މިކަމުގައި ވެސް ސަރުކާރުން އޮޅުވާލަމުންދާ ކަމަށެވެ. އަދި ހަނގުރަމާއާއެކު ތެލަށް ޖެހުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ރާއްޖެއަކީ ވަރަށް ރަނގަޅަށް މެނޭޖްކޮށްގެން ކުރިއަށް ގެންދެވޭނެ ގައުމެއް ކަމަށާއި، މިސަރުކާރުގެ ކޮރަޕްޝަނާ ގުޅިގެން ރައްޔިތުންނަށް ދަތިވެ، ހިންދެމިލެވެން ނެތް ކަމަށް ޝިފާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާޒު ވިދާޅުވީ، އެމްޑީޕީން އިސްވެ ކުރާ މިމަސައްކަތާއެކު، ރާއްޖެ ބަދަލު ކުރާނެ ކަމަށާއި، ރައީސް މުއިއްޒަށް ވާގިވެރިވާ ބޭފުޅުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމް ކުރާނެ ކަމަށެވެ. 

މި ރާއްޖެ މި ދަނީ ތެލަށް ޖެހެމުން، ބޭހަށް ޖެހެމުން، ގޭހަށް ޖެހެމުން. މި ރޯދަ މަސް ފެށުމުގެ ކުރިން ގޭސް ހުސްވެއްޖެ. ރޯދަމަސް ނުނިމޭ މިހާރު ތެޔޮ ހުސްވަނީ. އަޅުގަނޑުމެންނަށް ކަނު އަނދިރީގައި ސައިކަލް ނުދުއްވާ މި ރާއްޖެއަކު ނޫޅެވޭނެ. ކަނު އަނދިރީގައި ނިދި ޒަމާން އަޅުގަނޑުމެން މާޒީއަށް ދޫކޮށްލައިފިން. ރީތިކޮށް މެނޭޖުކުރަން އޮތް ގައުމެއް، ދުނިޔޭގެ ކޮންމެ ކަމެއް ވީ ނަމަވެސް، ރީތިކޮށް ހިންގަން އޮތް ގައުމެއް، މި ބޭފުޅުންގެ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައާ ހެދި އަޅުގަނޑުމެންނަށް ހިންދެން ނުލެވިގެން މި އުޅެނީ. އެހެންވީމާ، މިތާށިން އަރައިގަތުމަށްޓަކައި ގޮވާލި ކޮންމެ ގޮވާލުމަކަށް އެ ދަނޑިވަޅަކަށް ތިބޭފުޅުން ތައްޔާރަށް ތިއްބަވާ! އެ ތައްޔާރަށް ތިއްބަވާނީ މި ދަންނަވަނީ، މި ރާއްޖެ ބަދަލުކުރާނޭ އަޅުގަނޑުމެންނަށް އަޅުގަނޑުމެން. މި ދަނީ ބަދަލުކުރަން. އެ ބަދަލުކޮށް ކުރާއިރުގައި އިރާދަކުރެއްވިއްޔާ މިދެންނެވި މަގަށް މި ރާއްޖެ ބައްޓަން ކުރުމަށް ޑރ. މުއިއްޒަށް ވާގިވެރިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިޔަސް، ބަންޑާރަ ނައިބު ވެސް އެހެންނެއް ސަލާމަތްވިޔަކާ ދޭން އަޅުގަނޑުމެން ނުދޭނަން. އިންސާފު އަރާ ހަމަކުރާނީ އެ ބޭބޭފުޅުން ވަކިވަކިން ދެން.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ، މީގެ ކުރިން ވެސް ހައްގުތައް ހޯދީ ބުރަ މަސައްކަތާއެކު ކަމަށާއި، މިހާރު ވެސް އެމްޑީޕީން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު މިސަރުކާރުން ހައްގުތައް ހަނިކޮށް ދަތިކުރުމަށް މަސައްކަތް ކުރި ނަމަވެސް ގާނޫނުއަސާސީން ކަށަވަރުކުރި ހުރިހާ ހައްގެއް އަލުން އަނބުރައި ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ޝިފާއުއެމްޑީޕީކަރަޕްޝަން މެދުއިރުމަތީ ސުލްހަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

19 މާރިޗު 2026
މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައި، ދިރުމެއް ގެނެސްދިނީ ހަމައެކަނި އެމްޑީޕީ ކައުންސިލަރުން: ޝާހިދު

މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައި، ދިރުމެއް ގެނެސްދިނީ ހަމައެކަނި އެމްޑީޕީ ކައުންސިލަރުން: ޝާހިދު

19 މާރިޗު 2026
ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

19 މާރިޗު 2026
އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

18 މާރިޗު 2026
ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

18 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު