Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ

މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައި، ދިރުމެއް ގެނެސްދިނީ ހަމައެކަނި އެމްޑީޕީ ކައުންސިލަރުން: ޝާހިދު

މި ސަރުކާރު އައިފަހުން ބިންގާގެ މާނަވެސް ބަދަލުވެފައިވާކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ބިންގާއަކީ އޭގެ ޒާތުގައި އޭގެ މައްޗަށް ތަނެއް ބިނާވެގެން އަންނަ އެއްޗެއް ކަމަށާއި، ނަމަވެސް މި ސަރުކާރުގައި ބިންގާތައް ހުރީ ހުރި ގޮތަށް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މާރިޗު 2026 | ބުރާސްފަތި 08:07
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު. | ރާއްޖެ އެމްވީ

މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އައްޑޫސިޓީއަކީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގާފައިވާ ސިޓީއެއް ނޫން ކަމަށާއި، އައްޑޫސިޓީ އޮތީ ވީރާނާވާން ދޫކޮށްލާފައި ކަމަށެވެ. އަދި ވިދާޅުވީ، އައްޑޫސިޓީއަށް ދިރުމެއް ގެނައުމަށް މަސައްކަތްކުރާ ހަމައެކަނި ބަޔަކީ ކައުންސިލުގައި ތިބި އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

ވީރާނާވާން ދޫކޮށްލާފައިވާ ތަނެއް އައްޑޫސިޓީއަކީ، ރޫހެއް ނެތި ގެއްލެމުންދާ ތަނެއް، ހަމައެކަނި އައްޑޫސިޓީއަށް ދިރުމެއް ގެނެސްދިނުމަށް މަސައްކަތް ކުރާ ބަޔަކީ އައްޑޫސިޓީ މޭޔަރާ އެމްޑީޕީގެ ކައުންސިލަރުން، އެއީ މިއަދު އައްޑޫސިޓީގައި އޮތް ދިރުމަކީ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުޅިންވެސް އުޅުއްވަނީ މާލެ ސަރަޙައްދުގެ ޑޯޓުޑޯ ޙަރަކާތްތަކުގައި ކަމަށާއި، އެކަމުން ލިބިދޭ މެސެޖު ވަރަށް ސާފު ކަމަށެވެ. އެގޮތުން އެކަމުން ހާމަވެގެން ދަނީ ރަށްރަށުގެ ތަރައްޤީ ރައީސް އަދި މި ސަރުކާރަށް މުހިއްމު ނޫން މިންވަރުކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ތިމަންމަނިކުފާނަށް މުހިއްމެއް ނޫނޭ، ވަޑައެއް ނުގަންނަވާނަމޭ ވޯޓެއް ހޯއްދަވާކަށް، އެއީ ސާފު މެސެޖަކީ. އައްޑޫސިޓީގެ ރައްޔިތުންވެސް ކަނުލާ އަޑުއައްސަވާ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ހަމައެއާއެކު، މި ސަރުކާރު އައިފަހުން ބިންގާގެ މާނަވެސް ބަދަލުވެފައިވާކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ބިންގާއަކީ އޭގެ ޒާތުގައި އޭގެ މައްޗަށް ތަނެއް ބިނާވެގެން އަންނަ އެއްޗެއް ކަމަށާއި، ނަމަވެސް މި ސަރުކާރުގައި ބިންގާތައް ހުރީ ހުރި ގޮތަށް ކަމަށެވެ.

އައްޑޫސިޓީއަށް އެކަނި ބަލާލިނަމަވެސް އެފަދަ އެތައް ތަނެއް ހުރިކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރައީސް ރަށްރަށަށް ވަޑައިނުގަންނަވަނީ އެތަންތަނުގެ ކުރިމައްޗަށް އަރަން ކެރިވަޑައިނުގަންނަވާތީ ކަމަށެވެ.

ޝާހިދު ވަނީ އެމްޑީޕީން ވައުދު ފުއްދާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި އެމްޑީޕީން އަބަދުވެސް އައްޑޫސިޓީގެ ތަރައްޤީއަށް ވަކާލާތު ކޮށްދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑޫއަބްދުﷲ ޝާހިދުއެމްޑީޕީތަރައްޤީ

އިތުރަށް ކިޔާލަން

19 މާރިޗު 2026

ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

19 މާރިޗު 2026
ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް
18 މާރިޗު 2026

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

18 މާރިޗު 2026
އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން
18 މާރިޗު 2026

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

18 މާރިޗު 2026
ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން
18 މާރިޗު 2026

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026
ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް
17 މާރިޗު 2026

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"
17 މާރިޗު 2026

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026
އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި
17 މާރިޗު 2026

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

ޝާހިދުގެ އިލްތިމާސް: ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާ!

17 މާރިޗު 2026
ޝާހިދުގެ އިލްތިމާސް: ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާ!
17 މާރިޗު 2026

ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ

17 މާރިޗު 2026
ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ
17 މާރިޗު 2026

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް

17 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު