Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަށް ބުނަންވީ ހަމަ ނޫނެކޭ: ރައީސް ސޯލިޙު

ރެފަރެންޑަމް ވޯޓު ނެގުމަށްޓަކައި މިއަދު ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަކީ އެއްވެސް ހަމައެއް އުސޫލެއް ނެތި ގެނެސްފައިވާ އިސްލާޙެއް ކަމަށާއި، އޭގެ ހަމައެކަނި ބޭނުމަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ކުޅުންކަމަށް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 06:53
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު. | ރާއްޖެ އެމްވީ

ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަކީ ބަލައިގަނެވޭނެ އެއްޗެއް ނޫންކަމަށާއި، އެކަމަށް ނޫނެކޭ ބުނަން ޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިޙު ވިދާޅުވީ، ބައެއް ރަށްރަށުގައި ވޯޓު ލާން ރަޖިސްޓަރ ވެފައިވާ މީހުންގެ އަދަދަށްވުރެ މާލޭގައި ތިބޭ އެރަށެއްގެ ވޯޓުލާ މީހުންގެ އަދަދު ގިނަ ކަމަށާއި، މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ބައެއް ދާއިރާތަކުގައި މާލޭގެ ވޯޓު ފޮށިން އެކަނިވެސް މުޅި ވޯޓުގެ ނަތީޖާ އެބަ ބަދަލުކޮށްލާކަމަށް ރައީސް ސޯލިޙު ވިދާޅުވި އެވެ.

ރައީސް ސޯލިޙު ވިދާޅުވީ، ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ވިސްނަވާ ބޭފުޅުން އެހެން ހުންނަ ކަންކަމާމެދު ވިސްނާލުންވެސް މާ ރަނގަޅުވާނެ ކަމަށެވެ.

މިއީ ކަމުދާ ގޮތެއްތޯ އަޅުގަނޑު ހިތުން ޤާނޫނަށް އިސްލާޙު ގެންނަން އުޅޭ ބަޔަކު ވިސްނަންޖެހޭ، އަޅުގަނޑު ދެކޭ ގޮތުގައި މިއަށް ގެންނަންވީ ބަދަލަކީ މިކަހަލަ އިންތިޚާބުތަކުގައި ވޯޓު ލެވެން ޖެހޭނީ އެ ދާއިރާގައި އުޅޭ މީހުންނަށް އެކަންޏޭ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު

ރައީސް ސޯލިޙު އިތުރަށް ވިދާޅުވީ، ރެފަރެންޑަމް ވޯޓު ނެގުމަށްޓަކައި މިއަދު ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަކީ އެއްވެސް ހަމައެއް އުސޫލެއް ނެތި ގެނެސްފައިވާ އިސްލާޙެއް ކަމަށާއި، އޭގެ ހަމައެކަނި ބޭނުމަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ކުޅުން ކަމަށެވެ. އެގޮތުން ހެޔޮ ނިޔަތުގައި ޤާނޫނުއަސާސީއަށް އިސްލާޙު ގެނެސްގެން ކަމެއް ކޮށްދޭން ބޭނުންވާނަމަ ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަކީ ބަލައިގަނެވޭނެ އެއްޗެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވަނީ އެ ވޯޓުގައި ނޫނެކޭ ބުނުމަށް އެދިވަޑައިގެންފައެވެ.

މިކަންކަމާ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ، އަދި އިންތިޚާބާއެކު މި އަންނަ ތިން ވަނަ ކަރުދާސްކޮޅުގައި އަޅުގަނޑުމެން ބުނަން ޖެހޭނީ ހަމަ ނޫނެކޭ. އެއީ އަޅުގަނޑުމެންގެ މުޅި ނިޒާމު ހަލާކުކޮށްލާނެ ވޯޓެއް. 5 އަހަރު ތެރޭގައި ރައްޔިތުންގެ ގާތަށް ސަރުކާރުން ދާން ޖެހޭނެ އެއްވެސް ސަބަބެއް އޭގެ ފަހަކުން ނޯންނާނެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު

ރައީސް ސޯލިޙު ވަނީ އޭޕްރީލް 4 ގައި އޮންނަ ރިފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނެ ސަރުކާރަށް ޖަވާބެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.  

ރެފަރަންޑަމް ބިލުއިބްރާހިމް މުހައްމަދު ސޯލިހުނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓު ގަތުމަށް ވަޒީފާ ބަހަމުންގޮސް މިއަދު ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި: ރައީސް ސޯލިޙު

ވޯޓު ގަތުމަށް ވަޒީފާ ބަހަމުންގޮސް މިއަދު ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި: ރައީސް ސޯލިޙު

19 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވަނީ ރައީސް މުއިއްޒު އަށް، ސަބަބަކީ އެއް ނޫޓު ބޮނޑިން ދެ ވޯޓު ގަނެވޭނެތީ: އައިކް

ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވަނީ ރައީސް މުއިއްޒު އަށް، ސަބަބަކީ އެއް ނޫޓު ބޮނޑިން ދެ ވޯޓު ގަނެވޭނެތީ: އައިކް

19 މާރިޗު 2026
ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

19 މާރިޗު 2026
މަޖިލިސް އިންތިޚާބު އޮންނަނީ އަންނަ ދައުރުތެރޭ، ފުރަތަމަ މި ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަކުރަން ރައީސް ވިސްނެވުން މާ ރަނގަޅުވާނެ: އަލީ ހުސައިން

މަޖިލިސް އިންތިޚާބު އޮންނަނީ އަންނަ ދައުރުތެރޭ، ފުރަތަމަ މި ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަކުރަން ރައީސް ވިސްނެވުން މާ ރަނގަޅުވާނެ: އަލީ ހުސައިން

18 މާރިޗު 2026
ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު