ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް
ގައުމުގައި އެއްވެސް މަޝްރޫއެއް ނުހިނގަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިގައި ތަޖުރިބާއާއި ގައުމީ ލޯބި ނެތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ހަމައެކަނި މަގުސަދަކީ އަމިއްލަ ޖީބު ބޮޑުކުރުން ކަމަށާއި، އެއާ ޚިލާފަށް އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދިޔައީ އެ ޕާޓީގެ އިޚުލާސްތެރިކަން ހުރުމުން ކަމަށް. އެހެންކަމުން، ސަރުކާރުގެ ދޮގުތައް ސާބިތުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ.


އައްޑޫ ހުޅުދޫ ދާއިރާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ރާއްޖެއެމްވީ
މިއަދު ގައުމުގައި އެއްވެސް ކަމެއް ނުހިނގަނީ ވެރިކަމުގައި ހުރީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް މީހަކު ހުރުމުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ހުޅުދޫ ދާއިރާގެ "އަފިރިންގެ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިއަދު ގައުމާއި ހަވާލުވެ ހުރީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް މީހަކު ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ގައުމު ދެކެ ލޯބި ވާނަމަ މާލެ ސިޓީ ކައުންސިލުގެ ތެރޭގައި އެގޮތަށް އަމަލެއް ނުކުރެއްވީސް ކަމަށާއި މިއަދު އެބޭފުޅުން އެތަނަށް ވަދެއްޖެ ނަމަ އެތަނުގެ ސާފުތާހިރު ކަމާ ރީތި ކަމާއި އެތަން ތަރުތީބު ކޮށްފަ އޮތް ވަރު ފެންނާނެ ކަމަށެވެ.
މިއީ އެންމެ 2 އަހަރުން ކޮށްފައިވާ މަސައްކަތް ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ މިއަދު މިގައުމުގައި އެއްވެސް މަޝްރޫއެއް ވެސް ނު ހިންގަނީ ވެސް ރައީސް މުއިއްޒުގެ ވިސްނުމާއި ފިކުރުގައި އެފަދަ ކަމެއް ކުރަން ނެތުމުން ކަމަށެވެ.
އެހެންވީމަ މި ގައުމު އެވަރުގެ ބޭފުޅެއްގެ އަތަށް އެރީމަ ހުޅުދޫ ކީއްކުރަން، އެއްވެސް ތާކު ކަމެއް ނުކުރާނެ. ނުވެސް ކުރެވޭނެ. ކުރުމުގެ ތަޖުރިބާ ވެސް ނެތީ. ކުރުމުގެ ވިސްނުން ވެސް ނެތީ. ކުރުމުގެ ފިކުރެއް ވެސް ނެތީ. އެހެންވީމަ އަޅުގަނޑުމެންނަށް މިއަދު މި ލިބުނު ފުރުސަތަކީ މި މީހުން މި ހެދީ ދޮގުކަން ސާބިތު ކޮށްދޭން ވޯޓު ފޮށިން މި އޮތީ ފުރުސަތު ލިބިފަ. އެހެންވީމަ ވޯޓު ފޮށްޓާ ހަމައަށް ގޮސް އަޅުގަނޑުމެން ކުރަންވީ ކަމަކީ ތިލަފަތަށް ވޯޓެއް ޖަހާ އެމީހުން ބަލިކޮށްލަން ވީ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވިދާޅުވި މި ގައުމުގެ ރައްޔިތުންނަށް މިނޫން އެއްވެސް ޗޮެއިސް އެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ތަރައްގީގެ އެކިއެކި މަޝްރޫއުތައް އެމްޑީޕީގެ ސަރުކާރުގައި ހިންގީ އެއީ އެމްޑީޕީގެ ވިސްނުމުގައި ގައުމު ކުރިއަށް ގެންދިއުން އަބަދު ވެސް އޮންނާތީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީ ގެ ސީއީއޯ އަކަށް ހުންނަވައިގެން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނަށް އެންމެ ގިނަ މަސައްކަތް ކުރި އެކަކަށް އާޒިމް ވާނެ ކަން ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށެވެ.
އެ މަޝްރޫއުތައް ހުއްޓުމެއްނެތި ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް ކުރިއަށް ދިޔައީ އެމްޑީޕީގެ ސިޔާސަތާ ހިންގުމުގެ ތަޖުރިބާއާ ވިސްނުމާ، ޓީމުގެ ވަރުގަދަ ކަމާއި ޓީމުގެ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަން ހުރުމުން ކަމަށެވެ. އަދި އެއީ އެމްޑީޕީ ގައި އަމިއްލަ ޖީބަށް ބޮޑުކުރުމުގެ ފިކުރު ނެތުމުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ނަމަވެސް މިއަދު މި ގައުމު ހިނގަމުން ދަނީ އޭއާ އިދިކޮޅަށް ކަމަށާއި ވެރިކަމުގައި ތިބި މީހުންގެ ހުރިހާ ވެސް މަގުސަދަކީ ކޮންމެ ކަމަކުން ވެސް އަމިއްލަ ޖީބަށް ބޮޑު ކުރުން ކަމަށް އާޒިމް ވިދާޅުވި އެވެ.







