Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރެފަރެންޑަމް ވޯޓު

ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވަނީ ރައީސް މުއިއްޒު އަށް، ސަބަބަކީ އެއް ނޫޓު ބޮނޑިން ދެ ވޯޓު ގަނެވޭނެތީ: އައިކް

ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ ވަކީލު އައިކް ހުށަހެޅުއްވި މައްސަލައެއް. އެގޮތުން އެ މައްސަލައަކީ ރިފަރެންޑަމްގެ ސުވާލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 06:51
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ.

ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ. | ރާއްޖެ އެމްވީ

ރެފަރެންޑަމް ވޯޓުގެ ފަހަތުގައި ސަރުކާރުގެ މަކަރުވެރި ރޭވުންތަކެއް ފޮރުވިފައިވާކަން ފާޅުކޮށް ފެންނަމުންދާ ކަމަށާއި، ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވަނީ ހަގީގަތުގައި ރައީސް ޑރ މުޙައްމަދު މުއިއްޒަށް ކަމަށް ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭނު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އައިކް ވިދާޅުވީ، މިއަދު މި ފެންނަމުންދަނީ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ނަމުގައި ރައްޔިތުންނަށް ވާނުވާވެސް ސާފުނުވާގޮތަށް ބޮޑެތި ނިޒާމީ ބަދަލުތަކެއް ގެންނަ މަންޒަރު ކަމަށާއި، މާދަމާ މިއަށްވުރެ ބޮޑެތި ބަދަލުތައްވެސް މި ސަރުކާރުން ގެންނާނެ ކަމަށެވެ.

 އައިކް ވިދާޅުވި ގޮތުގައި އެ ހުރިހާ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުން ދައްކަމުންގެންދާ ހުއްޖަތަކީ ޚަރަދު ކުޑަކުރެވޭނެ ކަމާއި، ސިޔާސީ ހަމަނުޖެހުން ޤާއިމުވާނެ ކަމެވެ.

އެހެންނަމަވެސް، ދެ އިންތިޚާބު އެއްކޮށްލުމުން ހަމައެކަނި ޚަރަދު ކުޑަވަނީ ރައީސް މުއިއްޒަށްކަން ފާހަގަ ކުރައްވައި އައިކް ވިދާޅުވީ، އޭރުން އެއް ނޫޓު ބޮނޑިން ދެ ވޯޓު ގަނެވޭނެކަމަށެވެ.

އައިކް އިތުރަށް ވިދާޅުވީ، އެކަންކަމާ އަޅާނުލައި ތިބެވެން ނެތް ކަމަށާއި، ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީވެސް އެ ސަބަބާހުރެ ކަމަށެވެ.

އިހުލާސްތެރިކަމެއް ނެތްކަން، ސަރުކާރުގެ މަކަރުވެރި ރޭވުންތަކެއް ފޮރުވިފައި ހުރިކަންވެސް މިކަމުން ހާމަވެގެން އެބަދޭ.
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ

ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ ވަކީލު އައިކް ހުށަހެޅުއްވި މައްސަލައެކެވެ. އެގޮތުން އެ މައްސަލައަކީ ރިފަރެންޑަމްގެ ސުވާލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އައިކް ވިދާޅުވީ، ސުވާލުގެ އިބާރާތް އޮތީ ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙު ތަސްދީޤު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށާއި، އެ އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭ ކަންކަމާ ނުގުޅޭ ގިނަ ތަފްސީލުތަކެއްވެސް ހިމެނޭކަމަށެވެ. އަދި ވިދާޅުވީ، ހަގީގަތުގައި ސުވާލު ކުރަންޖެހޭނީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން އެއްބަސްވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އައިކް އިތުރަށް ވިދާޅުވީ، މިއަދު މަޖިލީހުގައިވެސް އޮތީ ޕީއެންސީގެ ސުޕަމެޖޯރިޓީ ކަމަށާއި، ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މުޅި ދައުލަތުގެ ހުރިހާ ބާރެއް އެއްކުރަމުންދާ ކަމަށެވެ. މިސާލަކަށް ދައުލަތުގެ ބަޖެޓު ފާސްކުރިގޮތަށް އަލިއަޅުވާލައްވައި އައިކް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އައިކް ވިދާޅުވި ގޮތުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ސަބަބަކީވެސް އެކަންކަން އެގޮތުގައި ދެމި އޮންނާނެ މަގެއް ފަހި ކުރުމެވެ.

އައިކް އަހުމަދު އީސާނޫނެކޭރެފަރަންޑަމް ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

19 މާރިޗު 2026
މަޖިލިސް އިންތިޚާބު އޮންނަނީ އަންނަ ދައުރުތެރޭ، ފުރަތަމަ މި ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަކުރަން ރައީސް ވިސްނެވުން މާ ރަނގަޅުވާނެ: އަލީ ހުސައިން

މަޖިލިސް އިންތިޚާބު އޮންނަނީ އަންނަ ދައުރުތެރޭ، ފުރަތަމަ މި ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަކުރަން ރައީސް ވިސްނެވުން މާ ރަނގަޅުވާނެ: އަލީ ހުސައިން

18 މާރިޗު 2026
ވޯޓުގެ ސުވާލު އޮތީ މަޖިލީހުގެ އުމުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި!

ވޯޓުގެ ސުވާލު އޮތީ މަޖިލީހުގެ އުމުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި!

17 މާރިޗު 2026
ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

17 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

17 މާރިޗު 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު