Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިފަރެންޑަމް ވޯޓު

ވޯޓުގެ ސުވާލު އޮތީ މަޖިލީހުގެ އުމުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި!

ސުވާލުގެ އިބާރާތް އޮތީ ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙު ތަސްދީޤު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ، އެ އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭ ކަންކަމާ ނުގުޅޭ ގިނަ ތަފްސީލުތަކެއްވެސް ހިމެނޭ. ސުވާލު މިހާރު އޮތްގޮތުން ރައްޔިތުންނަށް ވޯޓު ލެވެނީ ކޮން ކަމަކަށްކަންވެސް އަދި ނަތީޖާވެސް ސާފު ނުވާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 06:56
ގާނޫނީ ވަކީލު އައިކް އަހުމަދު އީސާ އަދި އަލީ ހުސައިން

ގާނޫނީ ވަކީލު އައިކް އަހުމަދު އީސާ އަދި އަލީ ހުސައިން | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ރިފަރެންޑަމް ވޯޓުގައި ރައްޔިތުންނާ ކުރެވޭ ސުވާލު އޮތީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން، ރައްޔިތުންނަށް ވަންހަނާވާ ގޮތަށްކަމަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.  

ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ފުރަތަމަ މައްސަލައާ ގުޅޭ މައުލޫމާތު ދެއްވަމުން ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވީ، އެ މައްސަލައަކީ އޭނާ އަދި ވަކީލު އިބްރާހިމް ޝިޔާމް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ. އެއީ ސަރުކާރަށް އަމިއްލައަށް ފެންނަ ގޮތަކަށް ކަންކަން ނިންމައި، ބޮޑެތި ޤާނޫނީ މައްސަލަތައް ހިމެނޭގޮތަށް ރިފަރެންޑަމްއެއް ނަގަން އުޅޭތީކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ރިފަރެންޑަމްގެ ސުވާލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން އެއީ ޤާނޫނުއަސާސީގެ ރޫޚާ ޚިލާފަށް ބައްޓަންވެފައިވާ ސުވާލެއްކަން އައިކް ފާހަގަ ކުރެއްވިއެވެ. ސަބަބަކީ އެ ސުވާލުގައި އޮންނަ އިބާރާތުގެ ސަބަބުން ނުކުންނަ ނަތީޖާ އޮޅޭގޮތަށް ސުވާލު ބައްޓަންވެފައިވާތީއެވެ.

އައިކް ވިދާޅުވީ، ސުވާލުގެ އިބާރާތް އޮތީ ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙު ތަސްދީޤު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށާއި، އެ އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭ ކަންކަމާ ނުގުޅޭ ގިނަ ތަފްސީލުތަކެއްވެސް ހިމެނޭކަމަށެވެ. އަދި ވިދާޅުވީ، ހަގީގަތުގައި ސުވާލު ކުރަންޖެހޭނީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން އެއްބަސްވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

މި މައްސަލަ ހުށަނާޅާ ފަރުޖެހުނީސް، މި މައްސަލަ ހުށަހަޅަން ޖެހުނީ ސަރުކާރާއި ދައުލަތުގައި މިކަންކަން ކުރަންތިބި މީހުންގެ ކޮލިޓީ ދަށްވީމަ، ޤާނޫނުއަސާސީއާ ތައާރުޒު ނުވާގޮތަކަށް މިކަން ކުރެވުނީސް، ނަމަވެސް ސިޔާސީ މަންފާ ނަގަން ރައްޔިތުންނަށް އޮޅުވާލައްވަމުން ގެންދަވަނީ،
ވަކީލު އައިކް އަހުމަދު އީސާ

މި ސުވާލު މިހާރު އޮތްގޮތުން ރައްޔިތުންނަށް ވޯޓު ލެވެނީ ކޮން ކަމަކަށްކަންވެސް އަދި ނަތީޖާވެސް ސާފު ނުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމަށް ދިމާވެދާނެ ގެއްލުންތައްވެސް ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރެފަރަންޑަމް ބިލުނޫނެކޭސުޕްރީމް ކޯޓު-ރައީސުލްޖުމްހޫރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

17 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

17 މާރިޗު 2026
ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު

ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު

16 މާރިޗު 2026
ސަރުކާރުން ގެންދަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން: ނިޔާޒް

ސަރުކާރުން ގެންދަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން: ނިޔާޒް

16 މާރިޗު 2026
ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު