Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރެފަރެންޑަމް ވޯޓު

ވޯޓު ގަތުމަށް ވަޒީފާ ބަހަމުންގޮސް މިއަދު ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި: ރައީސް ސޯލިޙު

ރައީސް ސޯލިޙު ވިދާޅުވީ، ތަރައްޤީ ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެ މަސައްކަތްތައް މިހާރު ހުރީ ހުއްޓިފައި ކަމަށް. އެގޮތުން މި ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާކަން ފާހަގަ ކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 06:52
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު. | ރާއްޖެ އެމްވީ

ވޯޓު ގަތުމަށްޓަކައި ވަޒީފާ ބަހަމުންގޮސް މިއަދު ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބިކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިޙު ވިދާޅުވީ، މި ސަރުކާރުން ވޯޓު ހޯދުމަށްޓަކައި ހަމައެކަނި ކުރަމުންދާ ކަމަކީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދިނުން ކަމަށާއި، ވަޒީފާތައް ދެމުންގޮސް ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި މިއަދު 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށެވެ.

Advertisement - newsAdvertisement
އެބަތިބި 15،000ށް ވުރެ ގިނަ މުވައްޒަފުން ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި، ކޮން ބައެއްގެ ފައިސާއަކުންތޯ އެއީ؟ ހަމަ ވޯޓު ގަތުމަށްޓަކައި ދައުލަތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި އެ ދެމުންދަނީ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު

ރައީސް ސޯލިޙު ވިދާޅުވި ގޮތުގައި އެ ސިޔާސަތުތަކަށް ނޫނެކޭ ބުނުމުގެ ގޮތުންވެސް ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ޖެހެ އެވެ.

މީގެ އިތުރުން، ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުންކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، ރާއްޖެ ހިންގޭނީވެސް ލާމަރުކަޒީ ނިޒާމުން ކަމަށެވެ. އަދި ސަރަޙައްދީ ތަރައްޤީގެ ވަކި ޕްލޭންތަކެއް އޮންނަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިޙު ވިދާޅުވީ، ތަރައްޤީ ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެ މަސައްކަތްތައް މިހާރު ހުރީ ހުއްޓިފައި ކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރެފަރަންޑަމް ބިލުއިބްރާހީމް މުޙައްމަދު ސޯލިޙުކައުންސިލް ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަށް ބުނަންވީ ހަމަ ނޫނެކޭ: ރައީސް ސޯލިޙު

ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަށް ބުނަންވީ ހަމަ ނޫނެކޭ: ރައީސް ސޯލިޙު

19 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވަނީ ރައީސް މުއިއްޒު އަށް، ސަބަބަކީ އެއް ނޫޓު ބޮނޑިން ދެ ވޯޓު ގަނެވޭނެތީ: އައިކް

ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވަނީ ރައީސް މުއިއްޒު އަށް، ސަބަބަކީ އެއް ނޫޓު ބޮނޑިން ދެ ވޯޓު ގަނެވޭނެތީ: އައިކް

19 މާރިޗު 2026
މަޖިލިސް އިންތިޚާބު އޮންނަނީ އަންނަ ދައުރުތެރޭ، ފުރަތަމަ މި ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަކުރަން ރައީސް ވިސްނެވުން މާ ރަނގަޅުވާނެ: އަލީ ހުސައިން

މަޖިލިސް އިންތިޚާބު އޮންނަނީ އަންނަ ދައުރުތެރޭ، ފުރަތަމަ މި ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަކުރަން ރައީސް ވިސްނެވުން މާ ރަނގަޅުވާނެ: އަލީ ހުސައިން

18 މާރިޗު 2026
ވޯޓުގެ ސުވާލު އޮތީ މަޖިލީހުގެ އުމުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި!

ވޯޓުގެ ސުވާލު އޮތީ މަޖިލީހުގެ އުމުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި!

17 މާރިޗު 2026
ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

17 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު