Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

މަޖިލިސް އިންތިޚާބު އޮންނަނީ އަންނަ ދައުރުތެރޭ، ފުރަތަމަ މި ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަކުރަން ރައީސް ވިސްނެވުން މާ ރަނގަޅުވާނެ: އަލީ ހުސައިން

ރެފަރެންޑަމްއަކީ ރައްޔިތުންގެ މެދުގައި ހަމަޖެހުން ޤާއިމު ކުރުމަށް ނަގާ އެއްޗެއް ކަމަށާއި، ޚަރަދު ކުޑަ ކުރުމަށް ނަގާ އެއްޗެއްކަމަށް ބުނިނަމަ ވެސް، އެއީ ހަގީގަތެއް ނޫންކަމަށް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 04:33
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން | ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ވެރިކަމުގެ އަންނަން އޮތް ދައުރަކާ ގުޅުންހުރި ކަންކަން ކަމަށާއި، އެކަންކަމަށް ވިސްނެވުމުގެ ކުރިން އެންމެ ފުރަތަމަ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މި ހިނގަމުންދާ ވެރިކަމުގެ ޚަރަދު ކުޑަކުރުން މާ ބުއްދިވެރިކަމަށް ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައީސްކަމުގެ އިތުރު ދައުރެއް ލިބިވަޑައިގަންނަވަން އޮތް ހަމައެކަނި މަގަކީ އެއީކަމަށް ވާތީ ކަމަށެވެ.

ދެ އިންތިޚާބު އެއްކޮށްލައިގެން މިހާރު ތިބި ހުރިހާ މަޖިލިސް މެމްބަރުންނަކީ ރަނިންގ މޭޓުންކަމުގައި ހަދައިގެން އެންމެން އެކުގައި ގޮސްގެން މަސައްކަތް ކޮށްގެން މެނުވީ ރައީސުލްޖުމްހޫރިއްޔާއަށް އެކަން ކާމިޔާބުވާނެކަމަށް ނުފެންނާތީ ހަގީގަތުގައި އެކަން ކުރަން އެ އުޅެނީ، އިތުރު އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ
 ޤާނޫނީ ވަކީލު އަލީ ހުސައިން 

އަލީ ހުސައިން ވިދާޅުވީ، ރެފަރެންޑަމްއަކީ ރައްޔިތުންގެ މެދުގައި ހަމަޖެހުން ޤާއިމު ކުރުމަށް ނަގާ އެއްޗެއް ކަމަށާއި، ޚަރަދު ކުޑަ ކުރުމަށް ނަގާ އެއްޗެއްކަމަށް ބުނިނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ހިނގަމުންދާ ވެރިކަމުގެ ދައުރުގެ ޚަރަދު ކުޑަނުކޮށް އަންނަން އޮތް ދައުރެއްގެ ތެރެއަށް އަންނަ އިންތިޚާބެއްގެ ޚަރަދު ކުޑަކުރައްވަން ރައީސް މުއިއްޒު ވިސްނަވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މަޖިލިސް އިންތިޚާބު އޮންނަނީ 17 ނޮވެމްބަރު 2028 ގެ ފަހުން، އެހެންވީމާ ކީއްވެގެންތޯ ރައީސް އެކަމާއިގެން މި އުޅުއްވަނީ، އެއީ ރައީސް ހޮވިފައި ހުރި ދައުރުގެ ފަހުން އަންނަ މެންޑޭޓުން ބޭރުގައި އޮތް ކަމެއް ނޫންތޯ. އެ އިރު އޮންނަ އިންތިޚާބެއްގެ ޚަރަދު ކުޑަކުރުމާއި ނުކުރުމަކީ އެއީ މި ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައި އޮތް މެންޑޭޓެއް ނޫނޭ.
 ޤާނޫނީ ވަކީލު އަލީ ހުސައިން 

މީގެ އިތުރުން، ހަގީގީ ނިޔަތުގައި ޚަރަދު ކުޑަކުރަން މި ސަރުކާރުން ބޭނުންވާނަމަ ކުރެވިދާނެ އިތުރު އެތައް ކަންތައްތަކެއް އެބަހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއީ އިންތިހާއަށް ޚަރަދުބޮޑު، އިސްރާފު ބޮޑު ސަރުކާރެއް ކަމަށެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ، މި ރިފަރެންޑަމްއަކީ ރައީސް ވެރިކަމުގައި ގިނަ ދުވަހު ހުންނެވުމަށް ބޭނުންވާ ގިނަ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި ކުރަން އުޅޭ ކަމެއްކަމަށެވެ.

ރެފަރަންޑަމް ބިލުއަލީ ހުސެއިންމުއިއްޒު-އަބްދުއްރަހީމްޚަރަދު ކުޑަކުރުންނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

17 މާރިޗު 2026
ވޯޓުގެ ސުވާލު އޮތީ މަޖިލީހުގެ އުމުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި!

ވޯޓުގެ ސުވާލު އޮތީ މަޖިލީހުގެ އުމުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި!

17 މާރިޗު 2026
ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

17 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

17 މާރިޗު 2026
ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު

ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު

16 މާރިޗު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު