Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެެފަރެންޑަމް ބިލު

ރެެފަރެންޑަމް ބިލު ތަސްދީޤުކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާތީ ބިލު ބާތިލުކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙެއް ފާސް ކުރުމަށްފަހު ތަސްދީޤު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2026 | އަންގާރަ 06:41
ރެފަރެންޑަމްއާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ މައުލޫމާތު ދިނުން

ރެފަރެންޑަމްއާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ މައުލޫމާތު ދިނުން | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ރިފަރެންޑަމް ވޯޓާ ގުޅޭ ބިލު ތަސްދީޤު ކުރަން ޤާނޫނުގައި އޮތް މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ރެފަރެންޑަމްއާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ ރައީސް އޮފީހަށް ރައްދުވާ ގޮތަށް ޤާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލަތަކުގެ ތަފްސީލު އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ. 

Advertisement - newsAdvertisement

އެ މައްސަލައިގައި ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާޙުތައް ތަސްދީޤު ކުރުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މުއްދަތާ މި މައްސަލަ ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ތަސްދީޤު ކުރުމަށް ފެބްރުއަރީ 11 ގައި ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙެއް ފާސް ކުރުމަށްފަހު ތަސްދީޤު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ. އަލީ ހުސައިން ވިދާޅުވި ގޮތުގައި ބަންދު ދުވަސްތައް ހިމަނައިގެން ގުނި ނަމަވެސް މިހާރު އެ މުއްދަތު ވަނީ ފާއިތުވެފައެވެ.

އެހެންކަމުން މިހާރު އެ ބިލަކީ ބާތިލު ބިލެއް ކަމަށާއި، ބާތިލު ބިލެއްގެ މައްޗަށް އަހަންޖެހޭ ވޯޓެއްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް އޭނާ ހުށަހަޅާފައިވާ މައްސަލައިގައިވެސް އެދިފައިވަނީ އެގޮތަށެވެ.

ރެފަރަންޑަމް ބިލުސުޕްރީމް ކޯޓު-ރައީސުލްޖުމްހޫރިއްޔާނޫނެކޭ

އިތުރަށް ކިޔާލަން

17 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

17 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް
16 މާރިޗު 2026

ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު

16 މާރިޗު 2026
ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު
16 މާރިޗު 2026

ސަރުކާރުން ގެންދަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން: ނިޔާޒް

16 މާރިޗު 2026
ސަރުކާރުން ގެންދަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން: ނިޔާޒް
16 މާރިޗު 2026

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!
15 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވާކަމަށް ބުނަމުންދަނީ ވެރިން ރައްޔިތުންގެ ގާތަށް ދާ ދިއުން މަދުވާނެތީ: ތޯރިޤް

15 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވާކަމަށް ބުނަމުންދަނީ ވެރިން ރައްޔިތުންގެ ގާތަށް ދާ ދިއުން މަދުވާނެތީ: ތޯރިޤް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު