Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރައީސް މުއިއްޒު އުޅުއްވަނީ ވެރިކަން ދިގުދަންމާލަން، ރެފަރެންޑަމަށް ނޫނެކޭ ނުބުނާނަމަ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނޯންނާނެ: މައުރޫފް

މައުރޫފް ވިދާޅުވީ، ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެއީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަން 20 އަހަރަށް ދަންމާލުމަށްޓަކައި ރޭވިގެން ކުރެވޭ މަސައްކަތަށް ނޫނެކޭ ބުނުން ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 05:31
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ

ރައީސް ޑރ މުޙައްމަދު މުއިއްޒު އުޅުއްވަނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ދިގުދަންމާލުމަށް ކަމަށާއި، ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ނުބުނެއްޖެނަމަ، ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް ރާއްޖޭގައި ނުބޭއްވޭނެކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް އެފަދައިން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ، ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެއީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަން 20 އަހަރަށް ދަންމާލުމަށްޓަކައި ރޭވިގެން ކުރެވޭ މަސައްކަތަށް ނޫނެކޭ ބުނުން ކަމަށެވެ. އަދި ވިދާޅުވީ، މި އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ނުބުނާނަމަ، ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް މި ޤައުމުގައި ނުބާއްވާނެކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދެނީ ވާދަވެރި އިންތިޚާބަކާ ނުލައި އެކަނި މާއެކަނި ވާދަކޮށްގެން ފެންނަ ނުފެންނަ ވޯޓަކުން ރިޔާސީ ދައުރު 20 އަހަރަށް ދަންމާލަން ނޫނެކޭ ރައްޔިތުން ބުނަން ޖެހެއޭ، އެ ފުރުސަތޭ މިއީ، އެހެންނޫނީ ދެން ވާދަވެރި ރިޔާސީ އިންތިޚާބުތަކެއް މި ރާއްޖޭގައި ނޯންނާނެ، މިއީ ޙުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި ވިއްސަކަށް އަހަރު ކުރުމަށް ކުރަމުންދާ މަސައްކަތެއް، ހުރިހާ ރައްޔިތުން ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނެ ރައީސް މުއިއްޒު ބަލިކުރަން ޖެހޭ
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު 

މައުރޫފް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރެފަރެންޑަމް ވޯޓުން ފާސްވެއްޖެނަމަ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ 6 މަސް އުނިވެގެންދާ ކަމަށާއި، އެ 6 މަހަށްވާ ފައިސާވެސް މެމްބަރުންނަށް ލިބޭގޮތަށް ހަމަޖެހިފައިވާކަމަށް ޕީއެންސީގެ މެމްބަރުން ވިދާޅުވަމުންދާކަމަށެވެ. އެގޮތުން އެ ފައިސާ ރައީސުލްޖުމްހޫރިއްޔާ ދެއްވާނެކަމަށް ހުދު ޕީއެންސީ މެމްބަރުން ވިދާޅުވަމުން ގެންދަވާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

އަޅުގަނޑުމެންނާ ދިމާއަށް ޕޯޑިއަމްތަކުގައި ބުނަމުންދަނީ ހަމަސް ދުވަހުގެ މުސާރަ ގެއްލިދާނެތީއޭ އުޅެނީ، ހަގީގަތަކީ އެބޭފުޅުން އެބޭފުޅުންނަށް ނިންމާފައި އޮތީ 6 މަސް ދުވަހުގެ މުސާރަވެސް ދޭގޮތަށް، ދައުލަތުގެ ބަޖެޓުން މި ފައިސާ ދޭގޮތަށް އެ ކުރުކޮށްލަނީ، އެގޮތަށް އެތިބަ 80 މެމްބަރުން އެއްބަސްވެގެން އެ ތިބީ، އަޅުގަނޑުމެންނަށް އެނގޭތީ މި ދަންނަވަނީ
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު 

މައުރޫފް ވަނީ އޭޕްރީލް 4 ގައި އޮންނަ ރެފަރެންޑަމްގައި ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލައި، ރެފަރެންޑަމަށް ނޫނެކޭ ބުނުމަށް އެދިވަޑައިގެންފައެވެ. މައުރޫފް ވިދާޅުވި ގޮތުގައި މިއީ ރައްޔިތުން ކޮންމެހެންވެސް ބޭނުން ހިފަންޖެހޭ ފުރުސަތެކެވެ.

ރެފަރަންޑަމް ބިލުމައުރޫފް ޒާކިރުނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު

ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު މިހާރު އޮތީ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް: ސުއޫދު

16 މާރިޗު 2026
ސަރުކާރުން ގެންދަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން: ނިޔާޒް

ސަރުކާރުން ގެންދަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން: ނިޔާޒް

16 މާރިޗު 2026
ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވާކަމަށް ބުނަމުންދަނީ ވެރިން ރައްޔިތުންގެ ގާތަށް ދާ ދިއުން މަދުވާނެތީ: ތޯރިޤް

ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވާކަމަށް ބުނަމުންދަނީ ވެރިން ރައްޔިތުންގެ ގާތަށް ދާ ދިއުން މަދުވާނެތީ: ތޯރިޤް

15 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް

ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް

15 މާރިޗު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު