Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ، އީރާންގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަށް ފަހު، އެ ޤައުމުގެ ސެކިއުރިޓީ ޗީފް ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަަމަށް. އަދި އީރާންގެ އިސްވެރިންނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާތައް ވެސް ރަޝިޔާ އިން ކުށްވެރި ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 10:51
ރަޝިޔާގެ ރައީސް ޕުޓިން އާއި، އީރާންގެ ސެކިއުރިޓީ ޗީފް ލަރިޖާނީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިން

ރަޝިޔާގެ ރައީސް ޕުޓިން އާއި، އީރާންގެ ސެކިއުރިޓީ ޗީފް ލަރިޖާނީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިން | ގެޓީ އިމޭޖަސް

އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އަވަހާރަ ކޮށްލާފައިވާއިރު، ރަޝިޔާ އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. 

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ، އީރާންގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަށް ފަހު، އެ ޤައުމުގެ ސެކިއުރިޓީ ޗީފް ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަަމަށެވެ. އަދި އީރާންގެ އިސްވެރިންނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާތައް ވެސް ރަޝިޔާ އިން ކުށްވެރި ކޮށްފައިވެ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެސްކޮވް ވިދާޅުވީ، މިނިވަން މުސްތަޤިއްލު ޤައުމުގެ އިސްވެރިންނަށް ގެއްލުން ދިނުން، ނުވަތަ އަވަހާރަ ކޮށްލުމަށް ހިންގާ އެއްވެސް އަމަލެއް ރަޝިޔާ އިން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އީރާންގެ އިތުރުން، އެހެން ޤައުމު ތަކުގެ އިސްވެރިންނަށް އަމާޒުކޮށް ހިންގާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ރަޝިޔާ އަކީ އީރާންއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. ރަޝިޔާ އިން ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލައިފަ އެވެ. އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭން ފެށި ހަމަލާ ތަކާއި، ޚާމަނާއީ އަވަހާރަ ކޮށްލުން އެންމެ ފުރަތަމަ ކުށްވެރި ކުރެއްވި އެއް ބޭފުޅަކީ ވެސް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެވެ. 

މީގެ އިތުރުން ވޯލް ސްޓްރީޓް ޖާނަލް އިން އަންގާރަ ދުވަހު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ރަޝިޔާ އިން ދަނީ އީރާންއާ އެކު އޮންނަ އަސްކަރީ އަދި ޖާސޫސޫ ގުޅުން އިތުރަށް ވަރުގަދަ ކުރަމުން ކަމަށެވެ. އެގޮތުން މެދު އިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިނުމަށް އެހީތެރިވުމުގެ ގޮތުން، ރަޝިޔާ އިން އީރާން އަށް ސެޓެލައިޓް ފޮޓޯ ތަކާއި، ކުރިއަރާފައިވާ ޑްރޯން ޓެކްނޮލޮޖީ ފޯރު ކޮށްދެމުންދާ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފަ އެވެ. 

އެ ރިޕޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕެސްކޮވް ވިދާޅުވީ، އެއީ ހަގީގަތާ ޚިލާފު އަދި ކަނޑަ އެޅިގެން ދޮގު ޚަބަރު ތަކެއް ކަމަށެވެ. މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފެތުރެމުންދާ ގިނަ ޚަބަރު ތަކަކީ ހަގީގަތެއް ނެތް މައުލޫމާތު ތަކެއް ކަމަށާއި، އެފަދަ ކޮންމެ ވާހަކަ އަކަށް ރަސްމީކޮށް ޖަވާބު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް ޕެސްކޮޮވް ވިދާޅުވި އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-އީރާންއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޢަލީ ލަރިޖާނީޑްމިޓްރީ ޕެސްކޮވްރަޝިއާ-އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ އިންޓެލިޖެންސް މިނިސްޓަރަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އީރާންގެ އިންޓެލިޖެންސް މިނިސްޓަރަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

18 މާރިޗު 2026
ލަރިޖާނީގެ ޖަނާޒާ ބުދަ ދުވަހު، އީރާން އިން ބަދަލު ހިފާނެ

ލަރިޖާނީގެ ޖަނާޒާ ބުދަ ދުވަހު، އީރާން އިން ބަދަލު ހިފާނެ

18 މާރިޗު 2026
ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

18 މާރިޗު 2026
ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

18 މާރިޗު 2026
ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

18 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު