Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

ސުވާލަށް ޖަވާބު ދެއްވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 08:29
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.

ބޮޑު ވަޒީރު މިހެން ވިދާޅުވެފައި ވަނީ، އީރާންގެ ހަނގުރާމައާ ގުޅޭ ގޮތުން އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއެއްގަ އެވެ. އާންމުންގެ ސުވާލު ތަކަަށް ޖަވާބު ދިނުމަށް ކުރިއަށް ގެންދިޔަ އެ ވީޑިއޯގައި، އިނގިރޭސިިވިލާތުން ހަނގުރާމައިގެ ތެރެއަށް ވަންނާނެތޯ މީހަކު ވަނީ ސުވާލު ކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް އެމެރިކާ އާއި އިޒްރޭލުން، އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށެވެ. އެ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ބޮޑު ވަޒީރު ވިދާޅުވީ މެދު އިރުމަތީގެ ސަރަހައްދުގައި އިނގިރޭސިވިލާތުގެ އެތައް ހާސް ރައްޔިތުންނެއް ދިރި އުޅެމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން ބޮޑު ވަޒީރު ވިދާޅުވީ ހަނގުރާާމައިގެ އެއްވެސް ބޭނުމަކަށް، އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ ނުދެއްވާނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ވިދާޅުވީ އިނގިރޭސިވިލާތުން ނިންމާނީ އެ ޤައުމުގެ ރައްޔިތުންނާއި، ޤައުމުގެ ރައްކާތެރި ކަމުގެ ނިންމުން ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތައް ވެސް ހަނގުރާމައިގެ ބޭނުމަށް ދޫ ނުކުރައްވާނެ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

Your browser does not support the video tag.
ެެ

އެމެރިކާ އާއި އިނގިރޭސިވިލާތަކީ ޒަމާނުއްސުރެ ވެސް ގާތް އަދި އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމެވެ. ނަމަވެސް، މެދު އިރުމަތީގެ މަސްރަަހަށް ބުރޫ އަރާނެ ހަނގުރާމައެއްގައި ބައިވެރި ނުވާނެ ކަމަށް، ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އީރާނާ ދެކޮޅަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ނަމަވެސް، އިނގިރޭސިވިލާތުގެ ސަރުކާރުން އެ ހުއްދަ ދީފައި ނުވެ އެވެ. އެކަމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޮޑު ވަޒީރު ސްޓާމާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫކޭ-ޔޫއެސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި

ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި

18 މާރިޗު 2026
އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

18 މާރިޗު 2026
ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

18 މާރިޗު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

17 މާރިޗު 2026
ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

17 މާރިޗު 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު