Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި

ޓްރަމްޕްއާ މުޚާތަބު ކުރައްވައި މާޓިން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަކީ ވަަރަށް ހިތް ހެޔޮ ބޭފުޅެއް ކަމަށާއި، ސްޓާމާއާ އޮތް ގުޅުން ޓްރަމްޕް އަށް ރަނގަޅު ކުރެވޭނެ ކަމަށް މާޓިން ވިދާޅުވި. މީގެ ކުރިން ވެސް ޓްރަމްޕް އާއި ސްޓާމާއާ ދެމެދު ވަރަަށް ރަނގަޅު ގުޅުމެއް އޮތްް ކަމަށް ވެސް މާޓިން ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 06:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އަޔަލެންޑުގެ ބޮޑު ވަޒީރު މައިކަލް މާޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އަޔަލެންޑުގެ ބޮޑު ވަޒީރު މައިކަލް މާޓިން | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަށް ނުރުހުން އަމާޒު ކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވުމުން، ސްޓާމާގެ ދިފާއުގައި އަޔަލެންޑުގެ ބޮޑު ވަޒީރު މައިކަލް މާޓިން ވާހަކަ ދައްކަވައިފި އެވެ. 

ސެއިންޓް ޕެޓްރިކްސް ދުވަހުގެ ހަފްލާ އަށް އަންގާރަ ދުވަހު މާޓިން ވަނީ ވައިޓް ހައުސް އަށް ވަޑައިގެން، ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކުގައި އިނގިރޭސިވިލާތުން ބައިވެރިވެފައި ނުވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. 

އެގޮތުން ދެ ވަނަ ބޮޑު ހަނގުރާމައިގެ އިނގިރޭސިވިލާތުގެ ލީޑަރެއް ކަމަށްވާ ވިންސްޓަން ޗާޗިލްގެ ބުދަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ސްޓާމާ އަކީ ޗާޗިލްއެއް ނޫން ކަމަށެވެ. ނަމަވެސް، ހަމަ އެ ވަގުތުގެ ތެރޭގައި މާޓިން ވަނީ ޓްރަމްޕްގެ ވާހަކަފުޅުގެ ތެރެއަށް ވަންނަވައިފަ އެވެ. އެ ވަގުތު ނޭޓޯ އަށް ފާޑު ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަ ވަރަށް ގިނަ ވަގުތަށް ދެމިގެން ގޮސްފައިވެ އެވެ. 

ޓްރަމްޕްގެ ވާހަކަ ތަކަށް ރައްދު ދެއްވައި މާޓިން ވިދާޅުވީ، ކޯކްގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއި، އޭނާގެ ވަޒީރުންނާ އެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެއާ އެކު މާޓިން ވިދާޅުވެފައި ވަނީ އަޔަލެންޑް އާއި، އިނގިރޭސިވިލާތުގެ ގުޅުން ރަނގަޅު ކުރުމަށް ސްޓާމާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. ހަމަ އެއާ އެކު، މީގެ ކުރިން ޓްރަމްޕް ވަނީ ސްޓާމާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި ކަމަށް ވެސް މާޓިން ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ޓްރަމްޕްއާ މުޚާތަބު ކުރައްވައި މާޓިން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަކީ ވަަރަށް ހިތް ހެޔޮ ބޭފުޅެއް ކަމަށާއި، ސްޓާމާއާ އޮތް ގުޅުން ޓްރަމްޕް އަށް ރަނގަޅު ކުރެވޭނެ ކަމަށް މާޓިން ވިދާޅުވި އެވެ. މީގެ ކުރިން ވެސް ޓްރަމްޕް އާއި ސްޓާމާއާ ދެމެދު ވަރަަށް ރަނގަޅު ގުޅުމެއް އޮތްް ކަމަށް ވެސް މާޓިން ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި މާޓިން ވާހަކަ ދައްކަވާފައިވާއިރު، އެކަމުގެ ސަބަބުން މީޑިއާ ތަކުގެ ކުރިމަތީގައި ޓްރަމްޕް އަށް ބޮޑު ލަދުވެތި ކަމެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެެވެ. 

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫކޭ-ޔޫއެސްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމައިކަލް މާޓިން

އިތުރަށް ކިޔާލަން

18 މާރިޗު 2026

އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

18 މާރިޗު 2026
އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް
18 މާރިޗު 2026

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

18 މާރިޗު 2026
ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި
17 މާރިޗު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

17 މާރިޗު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި
17 މާރިޗު 2026

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

17 މާރިޗު 2026
ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް
17 މާރިޗު 2026

އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

17 މާރިޗު 2026
އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު