Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ލަރިޖާނީގެ ޖަނާޒާ ބުދަ ދުވަހު، އީރާން އިން ބަދަލު ހިފާނެ

އީރާންގެ ސިފައިންގެ އިސް ވެރިޔާ، އާމިރު ހާތިމް ވިދާޅުވީ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަވަހާރަ ކޮށްލުމުގެ ޖަވާބުގައި، އީރާން އިން ދޭނީ ހަރުކަށި އަދި ހިތާމަވެރި ރައްދެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 08:46
އިޒްރޭލް އިން އަވަހާރަ ކޮށްލި އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ

އިޒްރޭލް އިން އަވަހާރަ ކޮށްލި އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ | ރޮއިޓާސް

އިޒްރޭލްގެ ހަމަލާ ތަކުގައި އަވަހާރަ ވެފައިވާ އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީގެ ޖަނާޒާ ބުދަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އީރާން އިން އެކަމުގެ ބަދަކު ހިފާނެ ކަމުގެ އިންޒާރު ދީފި އެވެ. 

ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާ ދީ، އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ހާމަ ކުރީ އަންގާރަ ދުވަހު އެވެ. އޭގެ ފަހުން އީރާން އިން ވެސް ވަނީ، ލަރިޖާނީ އަވަހާރާވެފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. ލަރިޖާނީ އަކީ އީރާންގެ އަސްކަރިއްޔާގެ ތެރޭގައި ވެސް ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. 

ލަރިޖާނީ އަވަހާރަ ކޮށްލާފައިވާއިރު، ރައްދުގައި އީރާން އިން ވަނީ އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ. އީރާން އިން ދިން މިސައިލް ހަމަލާ ތަކެއްގައި، އިޒްރޭލްގެ ވެރި ރަށް ތެލް އަވީވްގައި ދެ މީހަކު މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒު ތަަކަށް ވެސް އީރާން އިން ހަމަލާ ދީފައިވެ އެވެ. 

އީރާންގެ ފާރިސް ނިއުސް އާއި ތަސްނީމް ނިއުސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި، އިޒްރޭލް އިން އަވަހާރަ ކޮށްލި އީރާންގެ ސެކިއުރިޓީ ޗީފް ލަރިޖާނީ އާއި، އައިއާރުޖީސީގެ ބަސީޖް ފޯސްގެ ކޮމާންޑަރު ގޮލާމްރޭޒް ސުލައިމާނީގެ ޖަނާޒާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ސުލައިމާނީ ވެސް އަވަހާރަ ކޮށްލާފައި ވަނީ އަންގާރަ ދުވަހު އެވެ. 

އީރާންގެ ސިފައިންގެ އިސް ވެރިޔާ، އާމިރު ހާތިމް ވިދާޅުވީ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަވަހާރަ ކޮށްލުމުގެ ޖަވާބުގައި، އީރާން އިން ދޭނީ ހަރުކަށި އަދި ހިތާމަވެރި ރައްދެއްގެ ގޮތުގައި ކަމަށެވެ. އީރާން އިން އެކަމުގެ ބަދަލު ނުހިފައި ދޫ ނުކުރާނެ ކަމަށާއި، ދުޝްމަނުންނަށް ރައްދު ދިނުމަކީ ވާޖިބެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އިޒްރޭލް އިން ލަރިޖާނީ އަވަހާރަ ކޮށްލާފައިވާއިރު، އެމެރިކާ އާއި އިޒްރޭލް އިން އެންމެ ފުރަތަމަ ދިން ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަވެފަ އެވެ. އީރާން އިން ޚާމަނާއިގެ ޖަނާޒާ ކުރިއަށް ގެންދަން ނިންމި ނަމަވެސް، ފަހުން ވަނީ އެކަން ފަސް ކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޢަލީ ލަރިޖާނީއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

އިތުރަށް ކިޔާލަން

18 މާރިޗު 2026

ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

18 މާރިޗު 2026
ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!
18 މާރިޗު 2026

ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

18 މާރިޗު 2026
ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ
18 މާރިޗު 2026

ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

18 މާރިޗު 2026
ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
18 މާރިޗު 2026

ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި

18 މާރިޗު 2026
ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި
18 މާރިޗު 2026

އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

18 މާރިޗު 2026
އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު