Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިތުރު ހުއްދައެއް ހޯދުމަކާ ނުލައި، އީރާންގެ އިސްވެރިންނަށް ހަމަލާ ދިނުމަށް އިޒްރޭލްގެ އަސްކަރިއްޔާ އަށް އަންގައިފި

އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ކާޓްޒް ހާމަ ކުރެއްވި ގޮތުގައި، އީރާންގެ ސަރުކާރާއި، އެ ޤައުމުގެ އަސްކަރިއްޔާގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ އިޚްތިޔާރު އިޒްރޭލްގެ އަސްކަރިއްޔާ އަށް ދިނުމަށް އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނިންމަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 11:11
އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ކާޓްޒް

އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ކާޓްޒް | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، އިތުރު އެއްވެސް ހުއްދައެއް ހޯދުމުކާ ނުލައި، އީރާންގެ އިސްވެރިންނަށް ހަމަލާ ދިނުމުގެ ފުރިހަމަ ހުއްދަ އިޒްރޭލްގެ އަސްކަރިއްޔާ އަށް ދީފައިވާ ކަމަށް އެ ޤައުމުގެ ޑިފެންސް މިނިސްޓަރު އިޒްރާއީލް ކާޓްޒް ވިދާޅުވެއްޖެ އެވެ.

އިޒްރޭލް އިން މި ނިންމުން ނިންމާފައި ވަނީ، އީރާންގެ އިސްވެރިންނަށް އަމާޒުކޮށް އިޒްރޭލް އިން ހަމަލާ ތަކެއް ދެމުން އަންނާތީ، އޭގެ ރައްދުގައި އީރާން އިން ވެސް ވަރުގަދަ ހަމަލާ ތަކެއް ދެމުން އަންނަ ވަގުތެއްގަ އެވެ. 

އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ކާޓްޒް ހާމަ ކުރެއްވި ގޮތުގައި، އީރާންގެ ސަރުކާރާއި، އެ ޤައުމުގެ އަސްކަރިއްޔާގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ އިޚްތިޔާރު އިޒްރޭލްގެ އަސްކަރިއްޔާ އަށް ދިނުމަށް އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނިންމަވައިފަ އެވެ. މި ނިންމުމާ އެކު، ކޮންމެ ފަހަރަކު ވަކި ވަކިން ސަރުކާރުގެ ހުއްދަ ހޯދުމަކާ ނުލައި، އަމާޒު ކުރެވޭ އީރާންގެ އޮފިޝަލުން އަވަހާރަ ކޮށްލުމުގެ ފުރުސަތު އިޒްރޭލްގެ އަސްކަރިއްޔާ އަށް އޮންނާނެ އެވެ. 

މީގެ ކުރިން އިޒްރޭލް އިން ބޭރު ޤައުމު ތަކުގެ އިސްވެރިންނަށް އަމާޒުކޮށް ހިންގާ މިފަދަ އޮޕަރޭޝަން ތަކަކީ ސަރުކާރުގެ އެންމެ މަތީ ފަންތިން ވަކި ވަކިން ހުއްދަ ތަކެއް ހޯދައިގެން ކުރިއަށް ގެންދާ ކަމެކެވެ. ނަމަވެސް، އައު ސިޔާސަތުގެ ދަށުން މި އިޖުރާއަތްތައް އުނި ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މިއީ އީރާންގެ އަސްކަރީ ޤާބިލުކަން ކުޑަ ކުރުމަށް އިޒްރޭލް އިން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައިވެ އެވެ. 

ފާއިތުވި ދުވަސް ތަކުގައި އިޒްރޭލް އިން ވަނީ އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އާއި، އައިއާރުޖީސީގެ ބަސީޖް ފޯސްގެ ކޮމާންޑަރު ގޮލާމްރޭޒް ސުލައިމާނީ އަވަހާރަ ކޮށްލައިފަ އެވެ. މި ދެ ބޭފުޅުން ވެސް އަވަހާރަ ކޮށްލާފައި ވަނީ، އެ ބޭފުޅުންނަށް އަމާޒުކޮށް އިޒްރޭލް އިން ދިން ޓާގެޓު ހަމަލާތަކެއްގަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއިލް ކާޓްޒްބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

18 މާރިޗު 2026
އީރާންގެ އިންޓެލިޖެންސް މިނިސްޓަރަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އީރާންގެ އިންޓެލިޖެންސް މިނިސްޓަރަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

18 މާރިޗު 2026
ލަރިޖާނީގެ ޖަނާޒާ ބުދަ ދުވަހު، އީރާން އިން ބަދަލު ހިފާނެ

ލަރިޖާނީގެ ޖަނާޒާ ބުދަ ދުވަހު، އީރާން އިން ބަދަލު ހިފާނެ

18 މާރިޗު 2026
ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

18 މާރިޗު 2026
ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

18 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު