Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކުރިއަށް އޮތް މަދުވެގެން ތިން ހަފުތާއަށް އީރާނަށް ހަމަލާ ދިނުން ކުރިއަށް ގެންދިއުމުގެ ތަފްސީލީ ރޭވުންތަކެއް އެބަހުރި ކަމަށް އިޒްރޭލުން ބުނެފި

މި ހަނގުރާމަ އާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު އުފުލެމުންދާތީ، އެ މަގު ހުޅުވުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ދަނީ ބާރުއަޅުއްވަމުން. ނަމަވެސް، ވިލާތުގެ ބައެއް ގައުމުތަކުން މި ހަނގުރާމައިގެ ތެރެއަށް ސީދާ ވަނުމަށް ފަސްޖެހެމުންދާއިރު، އީރާނުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އެދި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށް.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 02:23
އީރާނުގެ އިސްނާ ނިއުސް އެޖެންސީން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 5 ވަނަ ދުވަހު އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ގުމް ސިޓީއަށް އެއްވެފައިވާ މީހުން.

އީރާނުގެ އިސްނާ ނިއުސް އެޖެންސީން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 5 ވަނަ ދުވަހު އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ގުމް ސިޓީއަށް އެއްވެފައިވާ މީހުން. | ގެޓީ އިމޭޖަސް

އިޒްރޭލުން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ކުރިއަށް އޮތް މަދުވެގެން ތިން ހަފުތާއަށް ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ތަފްސީލީ ރޭވުންތަކެއް އެބަހުރި ކަމަށް އެ ގައުމުން ހޯމަ ދުވަހު ބުނެފިއެވެ. 

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާރު ތިން ހަފުތާ ވެފައިވާއިރު، މި ހަނގުރާމަ ނިމޭނެ ވަކި ތާރީޚެއް އަދި ނޭނގެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ކައްކާ ގޭހުގެ 20 އިންސައްތަ އުފުލާ މުހިންމު މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުވެ، ތެލުގެ އަގު އުފުލި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އަނެއްކާވެސް އިންތިހާއަށް އުފުލިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވަނީ، ކަނޑުދަތުރުފަތުރުގެ މި މުހިންމު މަގު އަލުން ހުޅުވުމަށް އެހީތެރިވުމަށް ގައުމުތަކުގެ ކޯލިޝަނެއް އުފެއްދުމަށް ގޮވާލައްވާފައެވެ. އަދި ވޮޝިންޓަނަށް އެހީތެރިވުމަށް ނޭޓޯގެ މެންބަރު ގައުމުތަކުން ފަސްޖެހޭނަމަ، އެ އިއްތިހާދަށް ކުރިމަތިވާނީ "ވަރަށް ގޯސް" މުސްތަގުބަލެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ނަދާވް ޝޯޝާނީ ބުނީ، ކުރިއަށް އޮތް ތިން ހަފުތާއަށް އީރާނާ ދެކޮޅަށް ކުރިއަށްގެންދާނެ އަސްކަރީ އޮޕަރޭޝަންތަކުގެ ތަފްސީލީ ރޭވުންތައް އެބަހުރި ކަމަށާއި، އޭގެ ފަހުން ވެސް ކުރިއަށްދާނެ އިތުރު ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެ ގައުމުގެ އަމާޒަކީ އީރާނުގެ ބެލިސްޓިކް މިސައިލް އޮނިގަނޑާއި، ނިއުކްލިއާ މަރުކަޒުތަކާއި، ސަލާމަތީ ނިޒާމަށް ހަމަލާދީ، އިޒްރޭލަށް ނުރައްކާ ކުރުމުގެ ގާބިލުކަން އީރާނުގެ ކިބައިން ނައްތާލުމެވެ.

"އަހަރެމެން ބޭނުންވަނީ މި ސަރުކާރަކީ ވީހާވެސް ބަލިކަށި ބައެއްކަން ކަށަވަރުކުރަން. އަދި އެމީހުންގެ ސަލާމަތީ ބާރުތަކުގެ ހުރިހާ ގޮފިތަކަކާއި ހުރިހާ ގާބިލުކަމެއް ނައްތާލަން،" ޝޯޝާނީ ބުނެފައިވެ އެވެ.

110،000 އަށްވުރެ ގިނަ ރިޒާވް ސިފައިން ނެރެފައިވާ އިޒްރޭލު އަސްކަރިއްޔާއިން ބުނީ، އީރާނުގެ އެތެރޭގައި ހަމަލާދޭންޖެހޭ އެތައް ހާސް އަމާޒެއް އަދިވެސް އެބަހުރި ކަމަށެވެ.

އީރާނުގެ ސެމީ އޮފިޝަލް ސްޓޫޑަންޓް ނިއުސް ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުން ހަނގުރާމަ ހުއްޓާލުމަށް އެދިފައި ނުވާނެ ކަމަށާއި، އެމެރިކާއާއެކު އެއްވެސް މެސެޖެއް ބަދަލުކޮށްފައި ނުވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ.

އަންގާރަ ވިލޭރޭ އިޒްރޭލުގައި، އީރާނުން ފޮނުވާލި މިސައިލްތަކުގެ ސަބަބުން އިންޒާރުދޭ ސައިރަންގެ އަޑު ވަނީ ގުގުމާލާފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، ތެލް އަވީވްގެ ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ވައިގެ މަގުން ތެޔޮ އެޅުމަށް ބޭނުންކުރާ މަރުކަޒުތައް ހިމެނޭ ކަމަށެވެ.

ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތައް ވަނީ އެތައް ގަޑިއިރަކަށް މެދުކަނޑާލާފައެވެ. އެއީ އެއާޕޯޓާ ކައިރީގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒަކަށް ޑްރޯން ހަމަލާއެއްދީ، އޭގެ ސަބަބުން އުޑުމައްޗަށް ކަޅު ދުންތައް އަރަން ފެށުމާ ގުޅިގެންނެވެ. ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުން އެއް ގަޑިއިރު ތެރޭގައި 34 ޑްރޯން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ. މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަނެއްކޮޅުން ހޯމަ ދުވަހު ތެލުގެ އަގު ވަނީ އުފުލިފައެވެ. ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 1 އިންސައްތައަށް ވުރެ މައްޗަށް ގޮސް، 104.50 ޑޮލަރަށް ވަނީ އަރާފައެވެ. 

އާދީއްތަ ދުވަހު ފްލޮރިޑާއިން ވޮޝިންޓަނަށް އެއާ ފޯސް ވަންގައި ދަތުރުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ގަލްފުގެ ތެލަށް ބޮޑަށް ބަރޯސާވާ ގައުމުތަކުން ހޯރްމޫޒް ކަނޑުއޮޅި ހިމާޔަތްކުރުމަށް އެހީތެރިވާންޖެހޭނެ ކަމަށެވެ.

ޓްރަމްޕް ގެ ގޮވާލުމަށް ތަރުހީބެއް ނުލިބުނު

ހަފުތާ ބަންދުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މިކަމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ހޯމަ ދުވަހު ވިދާޅުވީ، އީރާނާއެކު ކުރާ ހަނގުރާމައެއްގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމަށެވެ. 

ޖަޕާނުން ބުނީ ޓްރަމްޕްގެ ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުން އަސްކަރީ މަނަވަރުތައް ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ. އަދި އީރާނުގެ ހަމަލާތަކުން ޔޫއޭއީ ދިފާއުކުރުމަށް އަސްކަރީ މަތިންދާބޯޓާއި މިސައިލް ފޮނުވާނެ ކަމަށް ބުނި އޮސްޓްރޭލިއާއިން ވެސް ބުނީ އެ ގައުމުގެ ކަނޑުގެ ސިފައިން ނުފޮނުވާނެ ކަމަށެވެ.

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ވަނީ އީރާނު ހަނގުރާމައިގެ އެއްވެސް އަސްކަރީ ހަރަކާތެއްގައި، އަދި ކަނޑުއޮޅި ހުޅުވުމުގެ މަސައްކަތުގައި ވެސް ޖަރުމަނުން ބައިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ. "މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން، މިއީ އަހަރެމެން ފެށި ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް އާދީއްތަ ދުވަހު ފައިނޭންޝަލް ޓައިމްސްއަށް ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޗައިނާއިން އެހީތެރިނުވާނަމަ، މި މަހުގެ ފަހުކޮޅު ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވަފާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ހޯމަ ދުވަހު ބާއްވާ ބައްދަލުވުމުގައި، މެދުއިރުމަތީގައި އޮތް ކުޑަ އަސްކަރީ މިޝަން ވަރުގަދަކުރުމާ މެދު މަޝްވަރާ ކުރައްވާނެއެވެ. ނަމަވެސް، ބަންދުވެފައިވާ ހޯރްމޫޒް ކަނޑުއޮޅިއާ ހަމައަށް އެ މިޝަންގެ ދައުރު ފުޅާކުރުމަށް ނިންމާނެ ކަމަށް ނުބެލެވޭ ކަމަށް ޑިޕްލޮމެޓުންނާއި އޮފިޝަލުން ބުނެއެވެ.

އަނެއްކޮޅުން ހިޒްބުالله އާއި ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އިޒްރޭލުން ލުބުނާނާއި ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިޒްރޭލު އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނީ، ލުބުނާނުގެ ދެކުނުގައި ހިޒްބުالله އިން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް އެއްގަމު މަގުން އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ.

ހޯރްމޫޒް ކަނޑުއޮޅިއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

17 މާރިޗު 2026
ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

17 މާރިޗު 2026
ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި

17 މާރިޗު 2026
އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގުބޮޑު ކުރުން: ޕެޓްރޯލް ލީޓަރެއް 26.81ރ އަދި ޑީސަލް ލީޓަރެއް 28.94ރ. އަށް

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގުބޮޑު ކުރުން: ޕެޓްރޯލް ލީޓަރެއް 26.81ރ އަދި ޑީސަލް ލީޓަރެއް 28.94ރ. އަށް

16 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު