Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނަތަންޔާހޫ

ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ

އީރާނުގެ ހަމަލާތަކުގައި ނަތަންޔާހޫއަށް ގެއްލުމެއް ލިބިފައިވާ ކަމަށް ފެތުރޭ އަޑުތައް ދޮގުކުރުމަށް އޭނާގެ އޮފީހުން އާންމުކުރި ވީޑިއޯއަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ވީޑިއޯއެއްކަން ހާމަވުމާއެކު ގިނަ ބައެއްގެ މެދުގައި ސުވާލުތައް ވަނީ އިތުރުވެފައި. މި ވީޑިއޯގައި ހުރި ފަންނީ އުނިކަންކަމާއި ހަގީގަތާ ހިލާފު މަންޒަރުތަކުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ މެދު އުފެދިފައިވާ ޝައްކުތައް ވަނީ ކުރިއަށްވުރެ ވަރުގަދަވެފައި. މިކަމާ ގުޅިގެން ނަތަންޔާހޫ މިހާރު ހުރި ތަނަކާއި އޭނާގެ ހާލަތާ މެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުން.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 03:57
2026 މާރިޗު 15 ވަނަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި، ނަތަންޔާހޫގެ މަރާ ގުޅޭގޮތުން ފެތުރެމުންދާ އަޑުތަކަށް ސީދާ ރައްދުދީފައިވޭ. ކޮފީ ތައްޓަކާ އެކު އޭނާ ވަނީ ދެ އަތްޕުޅު ދައްކަވާލައްވައި، ކޮންމެ އަތްޕުޅެއްގައި ފަސް އިނގިލި ހަމައަށް ހުރިކަން ދައްކާފައި.

2026 މާރިޗު 15 ވަނަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި، ނަތަންޔާހޫގެ މަރާ ގުޅޭގޮތުން ފެތުރެމުންދާ އަޑުތަކަށް ސީދާ ރައްދުދީފައިވޭ. ކޮފީ ތައްޓަކާ އެކު އޭނާ ވަނީ ދެ އަތްޕުޅު ދައްކަވާލައްވައި، ކޮންމެ އަތްޕުޅެއްގައި ފަސް އިނގިލި ހަމައަށް ހުރިކަން ދައްކާފައި. | ސްކްރީން އިމޭޖް

ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދިނުމުގެ ގޮތުން ނެރުނު އާ ވީޑިއޯއަކީ ފޭކެއްކަން ސާބިތުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ސޯޝަލް މީޑިއާ ގައި ވާހަކަތައް ފެތުރޭން ފެށުމުން އެއީ ދޮގެއްކަން ދެއްކުމަށް އެންމެ ފަހުން އާންމުކުރި ވީޑިއޯއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއެއްކަން ސާބިތުވެ އަނެއްކާ ވެސް އޭނާ ދުނިޔޭގައި ހުރި ކަމާ މެދު ޝައްކުތައް އުފައްދާ އިތުރު ސުވާލުތައް ސޯޝަލް މީޑިއާ ގައި ވަނީ އާންމުވެފަ އެވެ.

ނަތަންޔާހޫއަށް ވީގޮތަކާ މެދު ފެތުރެމުންދާ އަޑުތައް ދޮގުކުރުމަށްޓަކައި، ހާމަ ކުރި ވީޑިއޯ އާންމު ކުރީ އޭނާގެ އޮފީހުންނެވެ. މީގެ ކުރިން އާންމުކުރި ވީޑިއޯއަކީ ވެސް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ވަގުތުން ސާބިތުވެފައިވާތީ، މި ފަހަރުގެ ވީޑިއޯ އާންމުކުރީ އޭނާ މަރުވެފައިވާ ކަމަށް ނުވަތަ އަނިޔާވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ނިމުމެއް ގެނައުމަށް ކަމަށް ބެލެވެ އެވެ.

އީރާނުން ދިން މިސައިލް ހަމަލާތަކުގައި ނަތަންޔާހޫ މަރުވެފައި ނުވަތަ ޒަޚަމްވެފައިވާ ކަމަށް ބުނެ އިބްރާނީ ބަހުންނާއި އިނގިރޭސި ބަހުން ޚަބަރު ފަތުރާ ވަސީލަތްތަކުގައި ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ. އަދި އޭނާގެ އޭއައި ވީޑިއޯއެއް ފެނުމާއެކު މި ޝައްކުތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ޝައްކުތައް ފިލުވައިލުމަށް އެންމެ ފަހުން އާންމުކުރި ވީޑިއޯއަކީ ވެސް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްކަން ސާބިތުވުމާ ގުޅިގެން، އަދި ވެސް އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުން ސުވާލު އުފައްދަމުންދަނީ ނަތަންޔާހޫ މަރުވީތޯ، ނުވަތަ އޭނާ ސިއްރު ރައްކާތެރި ތަނެއްގައި ފިލައިގެން އުޅެނީތޯއެވެ. ނުވަތަ އޭނާ ފަށާފައިވާ ބޭކާރު ހަނގުރާމައެއްގެ ތެރެއިން އޭނާ ފިލާ ހުރެގެން އިޒްރޭލުގެ ރައްޔިތުންނާއި އެމެރިކާގެ އަސްކަރިއްޔާ ގުރުބާން ކުރަނީތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

އެންމެ ފަހުން އާންމުކުރި ވީޑިއޯއަކީ އޭއައި ވީޑިއޯއެއްކަން އެނގޭ އެންމެ ސާފު އެއް ހެއްކަކީ، ވީޑިއޯއިން ފެންނަ ކޮފީ ތަށި އެއްކޮށް ފުރިފައި ހުރި ނަމަވެސް، ތަށި އަރިކޮށްލާ އިރު ވެސް އޭގެއިން ތިއްކެއްގެ މިންވަރު ވެސް ބޭރުނުވުމެވެ. އަދި ނަތަންޔާހޫ ކޮފީ ބޮމުންދާއިރު ވެސް ތަށީގައި ހުރި ކޮފީ މަދުނުވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ވީޑިއޯއިން ފެންނަ ނަތަންޔާހޫގެ ސިފައަށް އަންނަ ބަދަލުތަކަކީ ވެސް މިއީ ފޭކް ވީޑިއޯއެއްކަން އަންގައިދޭ ހެއްކެކެވެ. ޚާއްސަކޮށް އޭނާގެ މޫނު އެއްފަރާތުން ފެންނައިރު، އެ މަންޒަރުތައް އޭނާގެ އަސްލު ފޮޓޯތަކާ އަޅާކިޔުމުން އެއީ ސައްހަ ވީޑިއޯއެއް ނޫންކަން ސާފުވެއެވެ.

ނަތަންޔާހޫގެ ވީޑިއޯއަކީ ފޭކެއްކަން ސާބިތުކޮށްދިނުމަށްޓަކައި، ބައެއް މީހުން ވަނީ ހަމަ އެ ބައްޓަމަށް އޭއައި ބޭނުންކޮށްގެން އަމިއްލަ ވީޑިއޯތައް އުފައްދާފައެވެ. މިގޮތުން އާންމުކޮށްފައިވާ އެއް ވީޑިއޯއެއްގައި ނަތަންޔާހޫގެ ބަދަލުގައި ފެންނަނީ އީރާނުގެ އައު ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ އެވެ.

ބެންޖަމިން ނަތަންޔާހޫއާޓިފިޝިއަލް އިންޓެލިޖެންސްއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

17 މާރިޗު 2026

އީރާން ފުނޑާލެވިއްޖެ ނަމަ އިޒްރޭލުގެ މެނޫ ގައި ދެން އޮތީ ތުރުކީވިލާތްބާ؟

17 މާރިޗު 2026
އީރާން ފުނޑާލެވިއްޖެ ނަމަ އިޒްރޭލުގެ މެނޫ ގައި ދެން އޮތީ ތުރުކީވިލާތްބާ؟
17 މާރިޗު 2026

ކުރިއަށް އޮތް މަދުވެގެން ތިން ހަފުތާއަށް އީރާނަށް ހަމަލާ ދިނުން ކުރިއަށް ގެންދިއުމުގެ ތަފްސީލީ ރޭވުންތަކެއް އެބަހުރި ކަމަށް އިޒްރޭލުން ބުނެފި

17 މާރިޗު 2026
ކުރިއަށް އޮތް މަދުވެގެން ތިން ހަފުތާއަށް އީރާނަށް ހަމަލާ ދިނުން ކުރިއަށް ގެންދިއުމުގެ ތަފްސީލީ ރޭވުންތަކެއް އެބަހުރި ކަމަށް އިޒްރޭލުން ބުނެފި
17 މާރިޗު 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި

17 މާރިޗު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު ދެންމުމަށް ސައުދީން ހިތްވަރުދޭ ކަމަށް ބުނި ރިޕޯޓް ދޮގުކޮށްފި
17 މާރިޗު 2026

ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން

17 މާރިޗު 2026
ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ މުއާމަލާތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތަކަކީ ކަނޑައެޅިގެން ދޮގެއް: އީރާން
17 މާރިޗު 2026

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި

17 މާރިޗު 2026
ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު