Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް

އީރާނުގެ އިސް ލީޑަރުން އަވަހާރަކޮށްލުމާ ގުޅިގެން ދޭންފެށި ރައްދު ހަމަލާތަކުގައި، އެމެރިކާގެ 200 އަށްވުރެ ގިނަ ސިފައިން މަރުވެ، އަސްކަރީ ގިނަ ސާމާނުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުން ހާމަކޮށްފި. މި ހަމަލާތަކުގައި އެމެރިކާގެ ހަތިޔާރުގެ ރިޒާވްގެ 43 އިންސައްތަ ސުންނާފަތިވެފައިވާއިރު، އިޒްރޭލާއި އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތައް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި. އީރާނުން ދިން 58 ހަމަލާއާއެކު އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބިލިއަނުން ގެއްލުން ލިބިފައިވާތީ، އިތުރު އެހީ ހޯދުމަށް އެމެރިކާއާއި އިޒްރޭލުން ދަނީ މަސައްކަތް ކުރަމުން.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 16:47
އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ މީހެއްގެ ހަށިގަނޑު، އެ ސަރަހައްދުން އަނބުރާ އެމެރިކާއަށް ގެންދަނީ.

އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ މީހެއްގެ ހަށިގަނޑު، އެ ސަރަހައްދުން އަނބުރާ އެމެރިކާއަށް ގެންދަނީ. | ރޮއިޓާސް

ހިނގަމުންދާ ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރިއްޔާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ އަންދާޒާތަކެއް، އީރާނުގެ އިންޓެލިޖެންސް އިދާރާގެ އިސް އޮފިޝަލަކު އީރާނުގެ "ޕްރެސް ޓީވީ" އަށް ހާއްސަކޮށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވައިފިއެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގައި އެމެރިކާއަށް ގެއްލުނު ފުރާނަ އާއި މާއްދީ ގެއްލުންތަކުގެ ފުރިހަމަ އެސެސްމަންޓެއް، ސަރަހައްދުން ބޭރުގެ މަސްދަރުތަކުން އީރާނަށް ވަނީ ފޯރުކޮށްދީފައެވެ.

މި ރިޕޯޓުން ފާހަގަވި އެންމެ މުހިންމު ކަމަކީ، އެމެރިކާއާއި އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުގެ ރިޒާވް ނުވަތަ ހަތިޔާރުގެސްޓޮކް ވަރަށް ބޮޑަށް ހުސްވަމުންދާ ކަމެވެ. މިއީ އެ އޮފިޝަލް ސިފަކުރެއްވި ގޮތުގައި "ވަރަށް ސީރިއަސް" މައްސަލައެކެވެ.

އިންޓެލިޖެންސް މައުލޫމާތުތައް އިތުރަށް ތަފްސީލުކޮށްދެމުން އެ އޮފިޝަލް ވިދާޅުވީ، ހަނގުރާމައިގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ މަދުވެގެން 200 މީހުން މަރުވެ، 3،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރީ ސާމާނުތަކަށް ލިބުނު ގެއްލުންތައްވެސް އެހާމެ ބޮޑެވެ.

އެގޮތުން، އެމެރިކާގެ މިސައިލް ފޮނުވާ 150 ޕްލެޓްފޯމާއި، ޕެޓްރިއަޓް ވައިގެ ދިފާއީ ނިޒާމުގެ 23 ސިސްޓަމް ހަލާކުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ޖުމްލަ 37 މަތިންދާބޯޓާއި ހެލިކޮޕްޓަރު ވައްޓާލާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަތިޔާރުގެ ރިޒާވްގެ 43 އިންސައްތަ މިހާރު ވަނީ މުޅިން ސުންނާފަތިވެފައެވެ.

އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް މި ހަނގުރާމަ ފެށުނީ، ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ ބައެއް އިސް ކޮމާންޑަރުން އަވަހާރަކޮށްލުމަށް ދިން ފިނޑި ހަމަލާއާ ގުޅިގެންނެވެ.

ހަމަ އެ ދުވަސްވަރު ދިން ފުރަތަމަ ހަމަލާތަކުގައި، އެމެރިކާއާއި އިޒްރޭލުގެ އިއްތިހާދުން ގަސްދުގައި އީރާނުގެ ދެކުނުގެ ޕްރައިމަރީ ސުކޫލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި، ސުކޫލު ކުދިންގެ 170 އެއްހާ ކުދިން ވަނީ ޝަހީދުވެފައެވެ.

މިކަމުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން މިހާތަނަށް "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 58 ހަމަލާއެއް ދީފައިވެއެވެ. މި ހަމަލާތަކުގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އަސްކަރީ މަރުކަޒުތަކާއި، މުޅި ސަރަހައްދުގައި ފެތުރިފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރުމަށް އެމެރިކާއާއި އިޒްރޭލުގެ އޮފިޝަލުން ދެކޮޅު ހަދަމުންދިޔަ ނަމަވެސް، މި ގެއްލުންތަކުގެ އަގު ދިހަވަރަކަށް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް މިނިވަން މީޑިއާތަކާއި މުހައްލިލުން އަންދާޒާ ކުރެއެވެ.

ހާއްސަކޮށް، އީރާނުގެ އަމާޒަށް ވާސިލްވާ މިސައިލް ހަމަލާތަކުގައި އެމެރިކާއާއި އިޒްރޭލުގެ ދިފާއީ ނިޒާމުތަކާއި ރާޑަރުތައް މުޅިންހެން ސުންނާފަތިވެފައިވާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ތެލް އަވީވްގެ ސަރުކާރުން އިތުރު އަސްކަރީ އެހީއަށް އެދި އެމެރިކާގައި އާދޭސް ކުރަމުންދާއިރު، ވޮޝިންޓަނުން ދަނީ އެހީތެރިކަން ހޯދުމަށް ސަރަހައްދީ ބައިވެރިންގެ ކިބައިން އާދޭސް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއޮޕަރޭޝަން ޓްރޫ ޕްރޮމިސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

17 މާރިޗު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

17 މާރިޗު 2026
ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

17 މާރިޗު 2026
އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

17 މާރިޗު 2026
މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

17 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު