Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާާމަ

އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

އަލް ޖަޒީރާ އަށް ދެއްވި އިންޓަވިޔުއެއްގައި އަރާގްޗީ ވިދާޅުވީ، އީރާންގެ އިސްވެރިންނާއި ލީޑަރުން އަވަހާރަ ވުމަކީ އީރާންގެ ސަރުކާރަށް އެއްވެސް ފަސް ޖެހުމެއް އަންނާނެ ކަމެއް ނޫންކަމަށް. އަރާގްޗީ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލަށް މި ނުކުތާ އަދި ވެސް ނުވިސްނޭ ކަމަށާއި. އެކަމާ ހައިރާާންވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 04:24
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ އިސް ލީޑަރުން އަވަހާރަ ކުރަމުން ގެންދިޔަ ނަމަވެސް، އީރާނަކީ ވަރުގަދަ ސިޔާސީ ނިޒާމެއް އޮތް ޤައުމެއް ކަމަށާއި، އެއްވެސް ކަމެއްގައި ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އަރާގްޗީ މިހެން ވިދާޅުވެފައި ވަނީީ، އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އާއި، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަސީޖް ފޯސްގެ ކޮމާންޑަރު ގޮލާމްރޭޒް ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނިކޮށެވެ. އީރާން އިން ވަނީ މި ދެ ބޭފުޅުން ވެސް އަވަހާރަވެފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. 

އަލް ޖަޒީރާ އަށް ދެއްވި އިންޓަވިޔުއެއްގައި އަރާގްޗީ ވިދާޅުވީ، އީރާންގެ އިސްވެރިންނާއި ލީޑަރުން އަވަހާރަ ވުމަކީ އީރާންގެ ސަރުކާރަށް އެއްވެސް ފަސް ޖެހުމެއް އަންނާނެ ކަމެއް ނޫންކަމުގައެވެ. އަރާގްޗީ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލް އަށް މި ނުކުތާ އަދި ވެސް ނުވިސްނޭ ކަމަށާއި، އެކަމާ ހައިރާާންވާ ކަމަށެވެ. 

އެގޮތުން އީރާނަކީ ވަރުގަދަ ސިޔާސީ ނިޒާމެއް އޮތް ޤައުމެއް ކަމަށާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާއީ މުއައްސަސާތައް ވަރަށް ބާރުވެރިކޮށް ޤާއިމު ކޮށްފައިވާ ޤައުމެއް ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު އަރާގްޗީ ވިދާޅުވީ، ކޮންމެ ފަރުދަކީ ވެސް ނުފޫޒެއް އޮންނަ ފަރުދެއް ކަމަށާއި، ކޮންމެ މީހަކު އެ މީހެއްގެ ދައުރު އަދާ ކުރާ ކަަމަށެވެ. 

ތަކުރާރުކޮށް އަރާގްޗީ ވިދާޅުވެފައި ވަނީ އީރާންގެ ސިޔާސީ ނިޒާމަކީ ވަރަށް ބާރުވެރި ނިޒާމެއް ކަމަށާއި، އެއް ފަރުދަކު ނެތިގެން ދިޔުމަކީ ެ ނިޒާމަށް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ވަރަށް ފުރިހަމަ އަށް ދެއްވާ ކަމަށް ވެސް އަރާގްޗީ ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ އަދި ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަ ކޮށްލައިފަ އެވެ. އޭގެ އިތުރުން އިސް ކޮމާންޑަރުން ތަކެއް ވެސް އަވަހާރަ ކޮށްލާފައިވާއިރު، ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނީ އަންގާރަ ދުވަހު އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޢަލީ ލަރިޖާނީއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

18 މާރިޗު 2026

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

18 މާރިޗު 2026
ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި
17 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް

17 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 200 މީހުން މަރުވެއްޖެ: އިންޓެލިޖެންސް
17 މާރިޗު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

17 މާރިޗު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި
17 މާރިޗު 2026

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

17 މާރިޗު 2026
ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް
17 މާރިޗު 2026

ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

17 މާރިޗު 2026
ލަރިޖާނީ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު