Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯގެ ޚިދުމަތްތައް

ވެމްކޯގެ ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސޭފްޓީއާ ގުޅޭ މައްސަލަތަކެއް އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ!

18 މާރިޗު 2026 | ބުދަ 10:25

ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލް، ފޯނު ނުވަތަ ސީދާ ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ހިއްސާ ކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މާރިޗު 2026 | ބުދަ 10:25
ވެމްކޯ ގެ މުވައްޒަފަކު ކުނި ނެގުމުގެ މަސައްކަތް ކުރަނީ

ވެމްކޯ ގެ މުވައްޒަފަކު ކުނި ނެގުމުގެ މަސައްކަތް ކުރަނީ | ރާއްޖެ އެމްވީ

ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވޭމްކޯ) ގައި ކުނި އުކާލުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި، ސިއްހަތާއި، އަދި މުވައްޒަފުންގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ހުރި މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށާއިފިއެވެ.

އެކަން އާންމުކޮށް އަންގާ އިއުލާނުކޮށްފައިވަނީ ބުދަ ދުވަހު އެ ކޮމިޝަނުން އާންމުކުރި ބަޔާނެއްގައެވެ. ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފަށާފައިވާ މައްސަލައެކެވެ.

ހަމައެއާއެކު، މި ތަހުގީގަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް އެ ކޮމިޝަނަށް ލިބިދީފައިވާ މެންޑޭޓުގެ ދަށުން ކުރިއަށްގެންދާ ތަހުގީގެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުންނާއި، މަސައްކަތްތެރިންގެ ޔޫނިއަންތައް ނުވަތަ މުވައްޒަފުން ތަމްސީލުކުރާ ފަރާތްތަކާއި، މިކަމާ ގުޅުންހުރި އެހެނިހެން ސްޓެކްހޯލްޑަރުންނާއި، މި ތަހުގީގާ ގުޅޭ މައުލޫމާތު އެނގިފައިވާ އާންމު ފަރާތްތަކަށް ވެސް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލް، ފޯނު ނުވަތަ ސީދާ ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.

މައުލޫމާތު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ކޮމިޝަނުން އިތުރަށް ބުނެފައިވަނީ މި ތަހުގީގަށް މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ވަނަވަރު ހާމަކުރަން ބޭނުންނުވާ ފަރާތްތަކަށް، ސިއްރު ހިފެހެއްޓޭނެ ގޮތަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އަދި މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރުވެރިކަން ކޮމިޝަނުން ކަށަވަރުކޮށްދޭނެ ކަމަށެވެ.

 މީގެ އިތުރުން، މި ތަހުގީގަށް މައުލޫމާތު ދިނުމާ ގުޅިގެން އެއްވެސް ފަރާތަކުން އެ މީހަކާ މެދު ބަދަލުހިފުމުގެ ފިޔަވަޅެއް އަޅައިފިނަމަ، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކޮމިޝަނުން އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

ވެމްކޯއެޗްއާރްސީއެމްކުލަބް ވެމްކޯ

އިތުރަށް ކިޔާލަން

13 މާރިޗު 2026

ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

13 މާރިޗު 2026
ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ
07 މާރިޗު 2026

މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!

07 މާރިޗު 2026
މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!
04 މާރިޗު 2026

ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި

04 މާރިޗު 2026
ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި
27 ފެބުރުއަރީ 2026

ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2026
ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
25 ފެބުރުއަރީ 2026

ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި

25 ފެބުރުއަރީ 2026
ވެމްކޯގެ މުވައްޒަފަކު މަރުވެ އެހެން މުވައްޒަފަކު މަރާ ހަނގުރާމަ ކުރަން ފެށުމުން އެޗްއާރުސީއެމުން އެތަނުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގަން ނިންމައިފި
24 ފެބުރުއަރީ 2026

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

24 ފެބުރުއަރީ 2026
ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ
24 ފެބުރުއަރީ 2026

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026
މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް
23 ފެބުރުއަރީ 2026

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ
21 ފެބުރުއަރީ 2026

"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"

21 ފެބުރުއަރީ 2026
"ރަމަޟާން މަހު ފަހު 10 އެއްގައި އިތުރުގަޑީގެ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެންނަކަން އަންގަނީ އަނގަބަހުން، މެމޯ އެއް ނުދޭ"
20 ފެބުރުއަރީ 2026

ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި

20 ފެބުރުއަރީ 2026
ޚަބަރުތަކުގައި ޖެހުމުން އެންމެ ފަހުން ވެމްކޯ މުވައްޒަފުންނަށް ރޯދަ އިނާތް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް